އިންތިހާބުގައި ވާދަކުރަން ޕީއެންސީން ނިންމައިފި
މިއަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރަން އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީން މިއަދު ނިންމައިފި އެވެ. ރިޔާސީ އިންތިހާބުގައި ވާދަކުރަން އެ ޕާޓީން ނިންމީ މިއަދު ބޭއްވި އެ ޕާޓީގެ މަޝްވަރާ މަޖިލީހުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ޕާޓީގެ މަޝްވަރާ މަޖިލީހުގެ 47 މެންބަރުންގެ ތެރެއިން 44 މެންބަރުން ވަނީ އެ ނިންމުމަށް ތާއީދުކޮށްފައެވެ. ޕީއެންސީގެ ރިޔާސީ ޓިކެޓަށް ވާދަކުރުމުގެ ފުރުސަތު މިއަދު މެންދުރު 2:00 އާ ހަމައަށް ހުޅުވާލާފައި...