މާލޭ ސިޓީގެ މޭޔަރު ޑރ. މުޙައްދު މުޢިއްޒު އަށް މަރުގެ އިންޒާރުދިން މައްސަލައެއް ފެންމަތިވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ނައިބު ރައީސެއްގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ ޑރ. މުއިއްޒަށް މަރުގެ އިންޒާރު ދީފައިވަނީ ކާކުކަން ނޭނގޭ މީހަކު ރާއްޖޭނެ ބޭރުގެ ނަންބަރަކުން ކުރި މެސެޖެއްގައެވެ.

Ad
rt

މި މެސެޖު ކޮށްފައި ވަނީ މުޢިއްޒުގެ އަނބިކަނބަލުން ސާޖިދާގެ ފޯނަށް ކަމަށް މައުލޫމާތު ލިބެއެވެ.

މުޢިއްޒަށް މަރުގެ އިންޒާރު ދިން މައްސަލައެއް ފެންމަތިވެފައި މިވަނީ އިދިކޮޅު ކޯލިޝަންގެ ރިޔާސީ ޓިކެޓާމެދު އެ ކޯލިޝަންގެ މެދުގައި ހޫނު ނަހުސެއް ހިނގަމުންދާ ވަގުތެއްގައެވެ.

އިދިކޮޅު ލީޑަރ ޔާމީން އަބުދުލްޤައްޔޫމަށް ވެރިކަމަށް ކުރިމަތި ނުލެވޭނެ ހާލަތެއް މެދުވެރިވެއްޖެނަމަ، ޕީޕީއެމްގެ ރިޔާސީ ޓިކެޓް ހޯދަން މުޢިއްޒު މަސައްކަތް ކުރައްވާކަމަށް އަޑުތައް ފެތުރިފައިވާއިރު، ޓިކެޓްގެ މައްސަލާގައި ޕީޕީއެމްގެ ލީޑާޝިޕްގެ ބައެއް ބޭފުޅުން ގެންދަވަނީ މުޢިއްޒާ ދެކޮޅަށް މަސައްކަތް ކުރައްވަމުންނެވެ.

މުޢިއްޒަކީ އިދިކޮޅު ކޯލިޝަންގެ ސެނެޓްގެ ބޮޑު ކޮންޓްރޯލެއް ގެންގުޅުއްވާ ބޭފުޅެއްކަމަށް ވެސް އަޑުތައް ވަނީ ފެތުރިފައެވެ.