މިއަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރަން އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީން މިއަދު ނިންމައިފި އެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރަން އެ ޕާޓީން ނިންމީ މިއަދު ބޭއްވި އެ ޕާޓީގެ މަޝްވަރާ މަޖިލީހުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ޕާޓީގެ މަޝްވަރާ މަޖިލީހުގެ 47 މެންބަރުންގެ ތެރެއިން 44 މެންބަރުން ވަނީ އެ ނިންމުމަށް ތާއީދުކޮށްފައެވެ.
ޕީއެންސީގެ ރިޔާސީ ޓިކެޓަށް ވާދަކުރުމުގެ ފުރުސަތު މިއަދު މެންދުރު 2:00 އާ ހަމައަށް ހުޅުވާލާފައިވާއިރު، އެ ޕާޓީގެ ކެންޑިޑޭޓް ކަނޑައަޅަން މިއަދު ހަވީރު 4:00 ގައި ބައްދަލުވުމެއް ބޭއްވުމަށް ވަނީ ނިންމާފަ އެވެ.
ޕީއެންސީން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ އެ ޕާޓީ ހިމެނޭ ކޯލިޝަންގެ މައި ޕާޓީ، ޕީޕީއެމްގެ ކެންޑިޑޭޓް ކުރީގެ ރައީސް ޔާމީން އަބުދުލްޤައްޔޫމްގެ ކެންޑިޑެސީ ބަލައި ނުގަތުމަށް އިލެކްޝަން ކޮމިޝަނުން ނިންމުމުން އެ މައްސަލަ ސުޕްރީމް ކޯޓަށް ވައްދާފައި ވަނިކޮށެވެ.
ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ މުއްދަތު އަންނަ ހޯމަ ދުވަހު ހަމަވާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!