ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ރިޔާސީ ކެންޑިޑޭޓް، ޤާސިމް އިބްރާހީމްގެ ދެކުނު ކެމްޕޭންގެ އޮފީހެއް ރޭ ހުޅުމާލޭގައި ހުޅުވައިފިއެވެ.

މި އޮފީސް ހުޅުއްވައިދެއްވީ ދެކުނު ކެމްޕޭން މެނޭޖަރު، ޖޭޕީ ލީޑަރގެ ސްޕެޝަލް އެންވޯއީ އިލްހާމް އަޙްމަދެވެ.

Ad
rt

މިއޮފީހަކީ ދެކުނު ކެމްޕެއިން ހަރަކާތްތައް ފުޅާކޮށް، ވަރުގަދަކުރުމަށާއި ވަކިން ހާއްސަކޮށް ހުޅުމާލޭގައި އެ ޕާޓީގެ ހަރަކާތްތައް ފުޅާކޮށް އަޑުހަރުކުރުމަށް ހުޅުވި އޮފީހެއް ކަމަށް މައުލޫމާތު ލިބެއެވެ.

ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް އެ ޕާޓީގެ ލީޑަރ ޤާސިމްގެ ކެމްޕޭން އިންތިޒާމްކޮށްފައި ވަނީ ރާއްޖެ ދެ ބަޔަކަށް ބަހާލައި އުތުރާއި، ދެކުނު ކެމްޕޭން މެނޭޖަރުން އައްޔަންކޮށް އެ ބޭފުޅުންގެ ބެލުމުގެ ދަށުންނެވެ.

މިގޮތުން މާލޭ ސިޓީގެ ހުޅުމާލެ ހިމެނެނީ ދެކުނު ކެމްޕޭންގެ ދަށުގައެވެ. ދެކުނު ކެމްޕޭނުން އަންނަނީ ހުޅުމާލޭގައި ފުޅާދާއިރާއެއްގައި ދޮރުން ދޮރަށް ހިންގުމުގެ ހަރަކާތް ވެސް ހިންގަމުންނެވެ.

މީގެ އިތުރުން ދެކުނާއި އުތުރުގެ ކެމްޕޭން ޓީމުތައް އަތޮޅު ތަކުގައި ވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ.