ރާއްޖޭގައި އެންމެފަހުން ވުޖޫދުވި ސިޔާސީ ޕާޓީ "ދަ ޑިމޮކްރެޓްސް" ގެ ރިޔާސީ ޕްރައިމަރީ ފެށިގެން ކުރިއަށް އެބަދެއެވެ.
އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން ފެށީ މިއަދު މެންދުރު ފަހު 14:00 ގައެވެ. މި ޕްރައިމަރީގެ ވޯޓުލުން މިއަދު ހަވީރު 18:00 އާއި ހަމައަށް ކުރިއަށް ގެންދަން އެ ޕާޓީން ވަނީ ނިންމާފައެވެ.
މިއަދު ކުރިއަށްދާ ދަ ޑިމޮކްރެޓްސްގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް އެކަންޏެވެ.
އެ ޕާޓީން ބުނެފައިވާގޮތުގައި މިއަދު އެ ޕާޓީއަށް ވަންނަ މެންބަރުންނަށް ވެސް މިއަދުގެ ޕްރައިމަރީގައި ވޯޓުލުމުގެ ފުރުސަތުދޭނެއެވެ.
ދަ ޑިމޮކްރެޓިކްސް ރަޖިސްޓްރީކޮށް، އިލެކްޝަން ކޮމިޝަން (އީސީ)ގެ ދަފުތަރުގައި މި ޕާޓީ ހިމަނާފައިވަނީ މި ޖުލައި މަހުގެ 12 ގައެވެ. މި ޕާޓީއަކީ ނަޝީދުގެ އަރިސް ބޭފުޅުންތަކެއް އިސްވެ ތިއްބަވާ އުފައްދާފައިވާ ޕާޓީއެކެވެ. އެ ޕާޓީގެ ފައުންޑާ އަކީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް އެވެ.
މިއަހަރުގެ ރިޔާސީ އިންތިޚާބު އޮންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!