އަޅުގަނޑާއި ނޫމަޑި މައްސަލަ އާއި ގުޅުވައި ދެއްކީ ބުހުތާނު ދޮގު ވާހަކަތަކެއް: ފަތުހީ
ރާއްޖެ ޓީވީން ގެނެސްދިން ޕްރޮގްރާމެއްގައި އޭނާ އާއި ނޫމަޑި މައްސަލައާއި ގުޅުވައި ދެއްކީ ބުހުތާނު ދޮގު ވާހަކަތަކެއް ކަމަށާއި، އެކަމާ އޭނާ އާއި އެއްވެސް ގުޅުމެއްނެތް ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް ވަޒީރު އަދި ގާނޫނީ ވަކީލު މޫސާ ފަތުހީ އާދަމް ވިދާޅުވެއްޖެއެވެ. ރައީސް ޔާމީން ސަރުކާރުގައި ދާޚިލީ ވުޒާރާގެ ނައިބު ވަޒީރުކަން ވެސް ކުރައްވާފައިވާ ފަތުހީ މިހެން ވިދާޅުވީ މިއަދު ”އެކްސް”ގައި ކުރެއްވި ޕޯސްޓެއްގައެވެ. ރާއްޖެ ޓީވީން […]