މާލޭ، މާފަންނު ވީބީ ފިހާރައިންް ކޯސްޓް ކިރުދަޅެއް ވަގަށް ނަގައިގެން ފިލަން އުޅުނު ވަގަކު ހިފަހައްޓައި ފުލުހުންނާ ހަވާލުކޮށްފިއެވެ.

މިރޭ 21:50 ހާއިރު ހިނގި މި ހާދިސާގެ މަންޒަރު ދުށް މީހަކު ''ތިލަދުން'' އަށް ބުނީ ވަގު ކަލޭގެ 2500ގ ގެ ކޯސްޓް ކެލްސިއަމް ދަޅެއް ފިހާރަ ހަރުން ނަގައިގެން ގޮސް ފުރަތަމަ ހުއްޓުނީ ފައިސާ ދައްކަން ކިއުގަ ކަމަށެވެ.

Ad
rt

އޭނާ ހުއްޓުނީ ކިއުގެ ދެ ވަނަ އަށެވެ. އަދި ތިރީސް ސިކުންތެއްހާއިރު ކިއުގައި މަޑުކޮށްލުމަށްފަހު، އަވަސް ހަރަކާތާއެކު ފިހާރަ ދޮޅު ހުޅުވައި ނުކުންނަން ދިމާކުރިވަގުތު ފިހާރައިގެ ސޭޓަކަށް އިން އަންހެން ކުއްޖެއް ''މިއޮއް ކިރު ދަޅު ހިފައިގެން ފިލަނީއޭ'' ބުނެ ހަރު އަޑުން ވަނީ ހަޅޭއް ލަވައިގެންފައެވެ. ހަމަ އެވަގުތު އެ ފިހާރާގައި މަސައްކަތްކުރާ ބަންގްލަދޭޝް ބައެއް މުވައްޒަފުން އެ ދިމާއަށް ދުއްވައި ގަތެވެ.

ވަގުކަލޭގެ އަތުން ކިރު ދަޅު އަތުލާފައި، ފޮޓޯ: ތިލަދުން

ވަގުކަލޭގެ ދުވެފައި ފިހާރައިން ނުކުތްއިރު އޭނާ އާއި ވާގިވެރިވާ މީހާ ސައިކަލު ސްޓާޓްކޮށްގެން ފިހާރަ ދޮރުމައްޗަށްވާހެން އިނެވެ. ވީބީގެ ބިދޭސީ މުވައްޒަފުންނަށް ވަގުކަލޭގެއާއި ހަމައަށް ފޯރީ އޭނާ ސައިކަލަކަށް އެރިތަނާ އެވެ.

ވަގުކަލޭގެ އަރުވައިގެން ސައިލް ދުއްވާލި ނަމަވެސް ވީބީގެ ދެ މުވައްޒަފަކު ވެގެން ވަނީ ވަގު ކަލޭގެ ގައިގާ ބައްދައި ސައިކަލު ހުއްޓުވާފައެވެ. އަދި ވަގުކަލޭގެ ސައިކަލުން ބޭލުމަށްފަހު އޭނާ އަތުން ވަނީ ކިރުދަޅު އަތުލުލާފައެވެ.

ވަގުކަލޭގެ ސައިކަލުން ބޭލިއިރު ވެސް ވަރަށް ގަދަ ދެއްކިއެވެ. ކިރު ދަޅު އަތުލިޔަ ނުދޭން ވެސް އޭނާ ވަރަށް މަސައްކަތް ކުރިއެވެ. ނަމަވެސް ވީބީގެ ދެ މުވައްޒަފަކުވެގެން ވަގުކަލޭގެއާއި އޭނާގެ ބައިވެރިޔާގެ ރޭވުން ނާކާމިޔާބުކޮށްލައި، ވަގުކަލޭގެ ގަދަކަމުން ވަނީ ފިހާރައަށް ވައްދާފައެވެ.

އެވަގުތު ފިހާރަ ތެރޭގައި އާދައިގެ ހެދުމުގައި ފުލުހުންގެ އޮފިސަރެއް ކަމަށް ބެލެވޭ މީހަކު ވެސް ހުއްޓެވެ. އަދި އެމީހާ ގުޅުމުން ދެ މިނެޓެއްހާއިރު ތެރޭ ފުލުހުން ވަނީ އެތަނަށް އެޓެންޑްވެ، ވަގުކަލޭގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ވަގުކަލޭގެ ސައިކަލުން ބޭލުމުން އޭނާގެ ބައިވެރިޔާ ވަނީ މަޑުނުކޮށް ވަގުތުން ސައިކަލުގައި ފިލާފައެވެ.