ކަންނެލި މަސްވެރިއެއްގެ ލޮލުގައި މަހަކުން ޖެހި އިއްޔެ އަނިޔާވެއްޖެއެވެ.
މި ހާދިސާ ހިނގާފައި ވަނީ މަސްވެރިކަމަށް ނުކުމެ އުޅުނު "އަލްޙަމްދު" ނަމަކަށް ކިޔާ ކަންނެލި ދޯންޏެއްގައެވެ.
އެމްއެންޑީއެފުން ވިދާޅުވީ، މި ހާދިސާގެ ޕޯޓު އިއްޔެ ހަވީރު 16:20 ހާއިރު އެ އިދާރާގެ ކޯސްޓްގާޑަށް ލިބުނު ކަމަށެވެ.
މަސްވެރިޔާގެ ލޮލުގައި މަހަކުން ޖެހުނީ އޭނާ ހުރި ދޯނި، ކ. ކާށިދޫގެ އިރުން 13 ނޯޓިކަލް މޭލު ބޭރުގައި މަސްވެރިކަން ކުރަމުން ދަނިކޮށް ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއްވައެވެ.
މި މަޢުލޫމާތު ލިބުމާއެކު، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންގެ ސީ އެމްބިއުލާންސް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
މި ގޮތުން އެ މަސްވެރިޔާ ހުރި ދޯނި އޮތް ސަރަހައްދަށް ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންގެ ސީ އެމްބިއުލާންސް ގޮސް އަނިޔާ ލިބުނު މީހާ ވަނީ އިއްޔެ އިރު އޮއްސި 18:25 ހާއިރު ޅ. ނައިފަރު ހޮސްޕިޓަލަށް ގެންގޮސްދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!