ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ވަކި އޮފީހެއް ރަސްމީކޮށް މިރޭ ހުޅުވައިފިއެވެ.
މި އޮފީސް ހުޅުއްވައިދެއްވީ އެކަމަށް ބޭއްވި ރަސްމިއްޔާތުގައި ޕީއެންސީގެ ރައީސް، ރައީސް ޑރ. މުހައްމަދު މުޢިއްޒު އެވެ.
މި އޮފީސް ހުޅުއްވައި ދެއްވުމަށްފަހު ރައީސް މުޢިއްޒު ވަނީ ޖާގަ ތަނަވަސް އޮފީހެއް ޕާޓީއަށް ހަމަޖެހިގެން ދިޔުމަކީ ޕާޓީގެ މަސައްކަތް ފުޅާކުރުމަށް މަގުފަހިވެގެންދާނެ ކަމެއްކަން ފާހަގަ ކުރައްވާފައެވެ.
މީގެ އިތުރުން ރައީސް ވަނީ އެކަމުގައި ޝާމިލްވި އެންމެހާ ބޭފުޅުންނަށް ޚާއްސަ ޝުކުރެއް ދަންނަވާފައެވެ.
ޕީއެންސީގެ އާ އޮޮފީސް ހުޅުވީ ހ. ސީޓްރެކްގެ ހަތްވަނަ ފަންގިފިލާގަ އެވެ.
ޕީއެންސީގެ އޮފީސް ކުރިން ހިންގަމުން އައީ ޕީޕީއެމް އޮފީހާއެކުގައި އެއް އިމާރާތެއްގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!