ހުޅުމާލެ ފޭސް 2 ގައި ހުންނަ ހިޔާ ޓަވަރެއްގެ އެޕާޓްމަންޓެއްގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީފިއެވެ.
ފުލުހުން މިރޭ ބުނީ ހިޔާ ފްލެޓެއްގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާކަމުގެ ރިޕޯޓު ލިބިގެން ފުލުހުން މިހާރު ސީނުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
މިކަން ހިނގާފައި ވަނީ އެޗް6 ގެ އެޕާޓްމަންޓެއްގައެވެ.
''އަނިޔާވި މީހާ ވަނީ ހޮސްޕިޓަލަށް ގެންގޮސްފައި'' ފުލުހުން ބުންޏެވެ.
މި ހަމަލާގައި އަނިޔާވެފައި ވަނީ ދިވެހި ފިރިހެނަކަށް ކަަމަށް ވެސް ފުލުހުން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!