މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (07:30 އިން 13:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,452 Stories
2,996 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

ސިފައިންނާއި ފުލުހުންގެ ފުލެޓުތަކުގެ ކުލި ދެއްކުން ފަސްކޮށްދީފި
Raajje

ސިފައިންނާއި ފުލުހުންގެ ފުލެޓުތަކުގެ ކުލި ދެއްކުން ފަސްކޮށްދީފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ފުލުހުންނާއި ސިފައިންގެ ފުލެޓުތަކުގެ ކުލި ދެއްކުން ފަސްކޮށްދެއްވައިފިއެވެ. ރައީސް އެގޮތައް ނިންމަވާފައިވާކަން ހާމަކުރެއްވީ ރައީސް އޮފީހުގެ ތަރުޖަމާނުގެ ފަރާތުން މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އަންޑަރ ސެކްރެޓެރީ ފޮރ ޕަބްލިކް ޕޮލިސީ ފިރުޒުލް ޢަބްދުﷲ ޚަލީލް އެވެ. ރައީސް މުޢިއްޒުގެ ސަރުކާރުގެ ފުރަތަމަ 14 ދުވަހުގެ މަގުޗާޓު، ”ހަފުތާ 14”ގައި ހިމެނިފައިވާ ކަންކަންމުގެ ތެރެއިން ފުރަތަމަ ހަތަރު ހަފުތާގައި ކުރުމަށް ކަނޑައަޅާފައިވާ ކަންކަމާގުޅ...

ހަންގޭރީން 25 ސްކޮލާޝިޕްގެ ފުރުސަތު
Raajje

ހަންގޭރީން 25 ސްކޮލާޝިޕްގެ ފުރުސަތު

ހަންގޭރީގައި ކިޔެވުމަށް، 25 ސްކޮލާޝިޕްގެ ފުރުސަތު، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ. މި ސްކޮލާޝިޕްތަކަށް ހުޅުވާލައި، އެ ވުޒާރާއިން ކޮށްފައިވާ ޢިލާނެއްގައި ބުނީ، ސްކޮލާޝިޕްގެ މި ފުރުސަތުތަކުގެ ދަށުން، ބެޗްލަާސް ޑިގްރީ އަށް ކިޔެވުމުގެ 8 ފުރުޞަތު، މާސްޓާސް ޑިގްރީއަށް 14 ފުރުޞަތު އަދި ޑޮކްޓޯރަލް ޑިގްރީ (ޕީ.އެޗް.ޑީ ނުވަތަ ޑީ.އެލް.އޭ) އަށް ކިޔެވުމުގެ 3 ފުރުޞަތަށް ހުޅުވާލާފައިވާ ކަމަށެވެ. މި ސްކޮލާޝިޕްތަކަށް ކުރިމަތިލުމަށް ފުރިހަމަވާންޖެހޭ...

މާފުށީ ޖަލުގެ ޔުނިޓެއްގެ ދެ ވިންގެއް އާންމު ޖަލެއްގެ ގޮތުގައި ކަނޑައަޅައިފި
News

މާފުށީ ޖަލުގެ ޔުނިޓެއްގެ ދެ ވިންގެއް އާންމު ޖަލެއްގެ ގޮތުގައި ކަނޑައަޅައިފި

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާ އިން، ކ. މާފުށީ ޖަލުގެ ޔުނިޓް 12 ގެ ވިންގ 1، އަދި ވިންގ 2 އަކީ އާންމު ޖަލެއްގޮތުގައި ކަނޑައަޅައިފިއެވެ. އެކަން އަންގައި އެ ވުޒާރާއިން ކުރި ޢިއުލާނެއްގައި ބުނީ ކ. މާފުށީ ޖަލުގެ ޔުނިޓް 12 ގެ ވިންގ 1، އަދި ވިންގ 2 އަކީ މީހުން ބަންދުކޮށްފައި ބޭތިއްބުމަށް ތައްޔާރުކޮށްފައިވާ ތަނެއްގައި ހުންނަންޖެހޭ ޝަރުތުތައް ފުރިހަމަވާ ތަނެއް ކަމަށެވެ. އެހެންކަމުން ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނުގެ […]

ކުރީގެ ސީޕީ ހުސެން ވެސް މޭޔަރު ކަމަށް ފޯމު ހުށަހަޅައިފި
Raajje

ކުރީގެ ސީޕީ ހުސެން ވެސް މޭޔަރު ކަމަށް ފޯމު ހުށަހަޅައިފި

މާލޭ ސިޓީގެ މޭޔަރު ހޮވުމަށާއި، ސިޓީ ކައުންސިލްގެ ތިން މެންބަރެއް ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގައި ކުރީގެ ރައީސް އަބުދުﷲ ޔާމީންގެ ތާއީދާއެކު ވާދަކުރާ ކުރީގެ ޕޮލިސް ކޮމީޝަނަރު ހުސެއިން ވަހީދާއި ކައުންސިލަރުކަމަށް ވާދަކުރާ ތިން ކެންޑިޑޭޓުން އިއްޔެ އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ފޯމު ހުށަހަޅައިފިއެވެ. މި ބޭފުޅުންނަކީ މިހާރު އުފެއްދުމުގެ މަރުހަލާގައި އޮތް ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އަށް ސޮއިކުރައްވާފައިވާ، އެ ޕާޓީ އުފެއްދުމުގެ މަސައްކަތުގައި ރައީސް ޔާމީން އަރިހުގައި އިސްކޮށް އުޅުއް...

ނައިބު ރައީސް، ދެ ޤައުމަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
Raajje

ނައިބު ރައީސް، ދެ ޤައުމަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

ނައިބު ރައީސް، ޙުސައިން މުޙައްމަދު ލަޠީފް، ޗައިނާ އަދި ސްވިޒަރލެންޑްއަށް ކުރެއްވި ރަސްމީ ދަތުރުފުޅު މިއަދު ނިންމަވާލައްވައިފިއެވެ. މި ދަތުރުފުޅަށްފަހު ނައިބު ރައީސް ރާއްޖެ ވަޑައިގަތީ މިއަދު ހެނދުނުއެވެ. ނައިބު ރައީސް އެނބުރި ވަޑައިގެންނެވުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްޞަ މުޝީރު އަބުދުއްރަޙީމް ޢަބުދުﷲ (އަދުރޭ) އާއި ސަރުކާރުގެ ބައެއް ވަޒީރުންނެވެ. 4 ޑިސެމްބަރު 2023 ގައި ނައިބު ރައީސް ފުރަތަމަ ވަޑައިގަތީ “ޗައިނާ-އިންޑިއަނ...

ހުރާ އައްޔަ ފުޓްސަލް ފިއެސްޓާގެ ޗެމްޕިއަންކަން ޖޯކާސްއިން ހޯދައިފި
Sports

ހުރާ އައްޔަ ފުޓްސަލް ފިއެސްޓާގެ ޗެމްޕިއަންކަން ޖޯކާސްއިން ހޯދައިފި

ދިވެހި ފުޓްބޯޅަ ލެޖެންޑް، ކުރީގެ މަޝްހޫރު ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިޔާ ޢަލީ ޝިޙާމް (ހުރާ އައްޔަ) އިންތިޒާމްކޮށްގެން އައްޔަގެ ރަށް، މާލެ އަތޮޅު ހުރާގައި ”ހުރާ އައްޔަ ފުޓްސަލް ފިއެސްޓާ” ގެ ނަމުގައި ކުރިއަށް ގެންދިޔަ ފޯރިގަދަ ފުޓްސަލް މުބާރާތުގެ ޗެންޕިއަންކަން ޓީމް ޖޯކާސްއިން ހޯދައިފިއެވެ. މި މުބާރާތުގެ ތަށި ޓީމް ޖޯކާސްއިން ހޯދީ ފައިނަލް މެޗުގައި ތަޖުރިބާކަރު މޮޅު ކުޅުންތެރިންތަކެއް ހިމެނޭ ޓީމް ތުރީޑީ އާއި ދެކޮޅަށް ކުޅެ މެޗު ފުރިހަމަ ވަގުތުގައި 3-2 ގެ ނަތީޖާ […]

ސްޓޭޓް މިނިސްޓަރުކަމަށް އިތުރު 13 ބޭފުޅަކު ޢައްޔަނު ކުރައްވައިފި
Raajje

ސްޓޭޓް މިނިސްޓަރުކަމަށް އިތުރު 13 ބޭފުޅަކު ޢައްޔަނު ކުރައްވައިފި

ރައީސް ޑރ. މުހައްމަދު މުޢިއްޒު ސްޓޭޓް މިނިސްޓަރުންގެ މަގާމަށް އިތުރު 13 ބޭފުޅަކު މިއަދު ޢައްޔަނު ކުރައްވައިފިއެވެ. މިއަދު ޢައްޔަނުކުރެއްވި ސްޓޭޓް މިނިސްޓަރުންނަށް މަގާމުގެ ފަތްކޮޅު ދެއްވުމަށް ބޭއްވި ރަސްމިއްޔާތު އޮތީ މިއަދު ރައީސް އޮފީހުގައެވެ. މިގޮތުން، ރައީސް މިއަދު ޢައްޔަނުކުރެއްވި ސްޓޭޓް މިނިސްޓަރުންނަކީ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް – ޝެރީނާ ޢަބްދުއްޞަމަދު، ސ. މަރަދޫ، ސަނީޑޭލް. މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިނޭންސް – ޒިދުނާ އިބްރާހީމް، ސ. ހުޅުދޫ، ޖަމްނާ. […]

ސައިފު ވެސް މޭޔަރުކަމަށް ފޯމު ހުށަހަޅައިފި
News

ސައިފު ވެސް މޭޔަރުކަމަށް ފޯމު ހުށަހަޅައިފި

މާލޭގެ މޭޔަރުކަމުގެ ބައި-އިލެކްޝަންގައި ވާދަކުރެއްވުމަށްޓަކައި ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް، ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހް، އިލެކްޝަން ކޮމިޝަނަށް މިއަދު ފޯމު ހުށަހަޅައިފިއެވެ. ސައިފުގެ އިތުރުން މާލޭ ސިޓީ ކައުންސިލަށް ތިން ކައުންސިލަރުން ހޮވާ ބައި-އިލެކްޝަންގައި ވާދަކުރުމަށް ޑިމޮކްރެޓްސްގެ ތިން ކެންޑިޑޭޓަކު ވަނީ މިއަދު ފޯމު ހުށަހަޅާފައެވެ. މި ބައި-އިލެކްޝަން ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމާފައި ވަނީ، އަންނަ ޖެނުއަރީ 13 ވަނަ ދުވަހުއެވެ. މާލޭގެ މޭޔަރު...

އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ފާސްކޮށްފި
Raajje

އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ފާސްކޮށްފި

2024 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. މިބަޖެޓް މަޖިލީހަށް ފޮނުވީ 31 އޮކްޓޯބަރު 2023 ގައެވެ. އޭރު މާލީ ވަޒީރު އިބްރާހީމް އަމީރު މަޖިލީހަށް މި ބަޖެޓް ހުށަހަޅުއްވައި ދެއްވީ 14 ނޮވެމްބަރު 2023 ގައެވެ. މަޖިލީހުގައި ބަޖެޓް މަސައްކަތް ކުރިއަށް ގެންދެވުމަށްފަހު ބަޖެޓު ކޮމެޓީން ފާސްކުރި ބަޖެޓަށް މިއަދު ތަޅުމުގައި ވޯޓަށް އަހާފައިވާއިރު އެ ބަޖެޓް ފާސްވީ ވޯޓުގައި ބައިވެރިވި 68 މެންބަރުންގެ އިއްތިފާގުންނެވެ. 2024 ވަނަ އަހަރަށް ލަފާކޮށް […]

ޑިފެންސް ފޯސްގެ ވައިސް ޗީފަކަށް އިބްރާހީމް ޙިލްމީ
Raajje

ޑިފެންސް ފޯސްގެ ވައިސް ޗީފަކަށް އިބްރާހީމް ޙިލްމީ

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމަށް ބްރިގޭޑިއަރ ޖެނެރަލް އިބްރާހީމް ޙިލްމީ މިއަދު ޢައްޔަން ކުރައްވައިފިއެވެ. އެމްއެންޑީއެފުން ބުނީ ރައީސް އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑރ. މުޙައްމަދު މުޢިއްޒު، ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމަށް ބްރިގޭޑިއަރ ޖެނެރަލް އިބްރާހީމް ޙިލްމީ މިއަދު ޢައްޔަން ކުރައްވާފައިވާ ކަމަށެވެ. ބްރިގޭޑިއަރ ޖެނެރަލް އިބްރާހީމް ޙިލްމީ ސިފައިންގެ ވައިސް ޗީފަކަށް ޢައްޔަނު ކުރެއްވިއިރު، ކުރިން އެ މަޤާމުގައި ހުންނެވީ މޭޖަރ […]

ކުޅުދުއްފުށީ ބަހާދަރު ބޯޓު ފަރަށް އަރައިފި
Raajje

ކުޅުދުއްފުށީ ބަހާދަރު ބޯޓު ފަރަށް އަރައިފި

ކުޅުދުއްފުށީ ސިޓީގެ ބަހާދަރު ބޯޓު ރޭ ނ. ދެކަނަންފަރު ކައިރިން ފަރަށް އަރައިފިއެވެ. އެމްއެންޑީއެފުން ބުނީ މި ބޯޓު ފަރަށް އެރީ މާލެއިން ފުރައިގެން ހދ. ކުޅުދުއްފުށީ ސިޓީ އަށް ދަތުރުކުރަމުން ދަނިކޮށް ކަމަށެވެ. ފަރަށް އެރިއިރު ބޯޓުގައި 10 ފަޅުވެރިންނާއި، ހަ އަންހެނުންނާއި، ހަ ކުޑަކުދިން ހިމެނޭހެން ޖުމްލަ 58 މީހުންނާ އެކު ދަތުރުކުރަމުންދިޔަ އެވެ. ބަހާދަރު ބޯޓު، ނ. ދެކަނަންފަރު ކައިރިން ފަރަށް އަރައިގެން އުޅޭ ކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް […]

ނަޝީދު ސިޔާސީ މަސައްކަތުން ފެޔަށް ޖެހިވަޑައިގެން ބޭރުގެ ވަޒީފާއަކަށް
Raajje

ނަޝީދު ސިޔާސީ މަސައްކަތުން ފެޔަށް ޖެހިވަޑައިގެން ބޭރުގެ ވަޒީފާއަކަށް

ކުރީގެ ރައީސް މުޙައްމަދު ނަޝީދު ސިޔާސީ މަަސައްކަތާއި ފެޔަށް ޖެހިވަޑައިގެން ބޭރުގެ ޖަމާއަތެއްގެ ވަޒީފާއަކަށް ވަޑައިގަންނަވަން ނިންމަވާފައިވާކަން މިރޭ ހާމަކުރައްވައިފިއެވެ. ސިޔާސީ މަސައްކަތްޕުޅާއި ދުރައްޖެހިވަޑައިގެން ބޭރުގެ ވަޒީފާ އަކަށް ވަޑައިގަންނަވަން ނިންމެވިކަން ނަޝީދު ހާމަކުރެއްވީ މިރޭ އާންމު ކުރެއްވި ބަޔާނެއްގައެވެ. ނަޝީދު ވިދާޅުވިގޮތުގައި އެމަނިކުފާނު ވަނީ ސިޔާސީ މަސައްކަތާއި ފެޔަށް ޖެހިވަޑައިގަންނަވާފައެވެ. އަދި ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ވެސް ވާދަ ނުކުރައްވާނެކަމަށް ވަނީ ވިދާ...

މަސްތުވާތަކެތީގެ މައްސަލާގައި ޖަލުގައި ބަންދުކޮށްފައި ހުރި މީހަކު މަރުވެއްޖެ
Raajje

މަސްތުވާތަކެތީގެ މައްސަލާގައި ޖަލުގައި ބަންދުކޮށްފައި ހުރި މީހަކު މަރުވެއްޖެ

ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލާގައި މާފުށީ ޖަލުގައި ބަންދުކޮށްފައި ހުރި ބިދޭސީ ގައިދީއަކު މަރުވެއްޖެއެވެ. މޯލްޑިވްސް ކަރެކްޝަންސް ސާވިސަސް (އެމްސީއެސް) އިން ބުނީ، އެއީ މާފުށީ ޖަލުގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި ސްވިޓްޒަލެންޑްގެ ރައްޔިތެއް ކަމަށެވެ. އުމުރުން 59 އަހަރުގެ ޕީޓާ ތޯމަސް ޑަސް ކިޔާ މި މީހާ ކުއްލިއަކަށް ހޭނެތިގެން އޭނާ ހުންނަ ގޮޅީތެރެއަށް ވެއްޓުމުން، އޭނާ މާފުށީ ޖަލުގެ މެޑިކަލް ސެންޓަރަށް ވަގުތުން ގެންގޮސް ވަނީ ސީޕީއާރް ދީފައިކަމަށް ކަރެކްޝަނުން ބުންޏ...

މާލޭ މޭޔަރުކަމަށް ވާދަކުރައްވަން އާޒިމް ފޯމު ހުށަހަޅުއްވައިފި
Raajje

މާލޭ މޭޔަރުކަމަށް ވާދަކުރައްވަން އާޒިމް ފޯމު ހުށަހަޅުއްވައިފި

މާލޭ ސިޓީގެ މޭޔަރު ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޓިކެޓްގައި ވާދަކުރައްވާ އާދަމް އާޒިމް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް މިއަދު ފޯމު ހުށަހަޅުއްވައިފި އެވެ. އާޒިމްގެ އިތުރުން ސިޓީ ކައުންސިލްގެ ތިން މެންބަރެއް ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގެ އެމްޑީޕީ ތިން ކެންޑިޑޭޓުން ވެސް މިއަދު ވަނީ އީސީ އަށް ފޯމު ހުށަހަޅާފައެވެ. އެމްޓީސީސީގެ ކުރީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް އާއި އެމްޑީޕީގެ އަނެއް ތިން ކެންޑިޑޭޓުން މި […]

ޖޭއެސްސީގެ މެންބަރުކަމަށް ގާނޫނީ ވަކީލު އަލީ ޢައްޔަނުކޮށްފި
Raajje

ޖޭއެސްސީގެ މެންބަރުކަމަށް ގާނޫނީ ވަކީލު އަލީ ޢައްޔަނުކޮށްފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ދިވެހިރާއްޖޭގެ ޤާނޫނީ ދާއިރާގެ މެންބަރުކަމަށް، ޢަލީ ޢަބްދުއްލަޠީފް، (ގއ. ވިލިނގިލި، ބީޗުހައުސް) މިއަދު ޢައްޔަނުކުރައްވައިފިއެވެ. ޢަލީ ޢަބްދުއްލަޠީފް މި މަގާމަށް ޢައްޔަނުކުރައްވާފައިވަނީ މިކަމަށްޓަކައި މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ. ޢަލީ ޢަބްދުއްލަޠީފް، ޖޭއެސްސީގެ މެންބަރުކަމަށް ޢައްޔަނުކުރެއްވީ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނާއި، ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުގައިވާ ގޮތުގެމަތިން، ދިވެހ...