ހަންގޭރީގައި ކިޔެވުމަށް، 25 ސްކޮލާޝިޕްގެ ފުރުސަތު، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.
މި ސްކޮލާޝިޕްތަކަށް ހުޅުވާލައި، އެ ވުޒާރާއިން ކޮށްފައިވާ ޢިލާނެއްގައި ބުނީ، ސްކޮލާޝިޕްގެ މި ފުރުސަތުތަކުގެ ދަށުން، ބެޗްލަާސް ޑިގްރީ އަށް ކިޔެވުމުގެ 8 ފުރުޞަތު، މާސްޓާސް ޑިގްރީއަށް 14 ފުރުޞަތު އަދި ޑޮކްޓޯރަލް ޑިގްރީ (ޕީ.އެޗް.ޑީ ނުވަތަ ޑީ.އެލް.އޭ) އަށް ކިޔެވުމުގެ 3 ފުރުޞަތަށް ހުޅުވާލާފައިވާ ކަމަށެވެ.
މި ސްކޮލާޝިޕްތަކަށް ކުރިމަތިލުމަށް ފުރިހަމަވާންޖެހޭ ޝަރުތުތައް އެކަމަށް ހުޅުވާލައި އާންމުކުރި ޢިއުލާންގައި ހިމަނާފައިވާއިރު، މި ސްކޮލާޝިޕްތަކަށް އެ ވުޒާރާގެ "މައިއެޑިޔު" ޕޯޓަލް މެދުވެރިކޮށް އަދި ސްޓައިޕެންޑިއަމް ހަންގޭރިކަމްގެ ވެބްސައިޓު މެދުވެރިކޮށް 15 ޖަނަވަރީ 2024 ވާ ހޯމަ ދުވަހުގެ 11:00 ކުރިން (ސެންޓްރަލް ޔޫރަޕިއަން ޓައިމްގެ 14:00 ކުރިން) އޮންލައިން އެޕްލިކޭޝަން ހުށަހަޅަން ވަނީ ހުޅުވާލާފައެވެ.
ސްޓޫޑެންޓް ލޯނު ސްކީމަކަށް ހޮވިފައިވާ ކެންޑިޑޭޓުން ލޯނު އެގްރީމެންޓްގައި ސޮއިނުކުރާނަމަ މި ސްކޮލާޝިޕް ފުރުޞަތަށް އެޕްލިކޭޝަން ހުށަހެޅޭއިރު، އަދި ސްކޮލާޝިޕްއަށް ނޮމިނޭޓްވުމުން ލޯނުގެ ފުރުސަތު ދޫކޮށްލަންޖެހޭނެކަމަށް އެ ވުޒާރާއިން ބުނެފަވެއެވެ. މީގެ އިތުރުން އެހެން ސްކޮލާޝިޕަކަށް ހޮވިފައިވާ ކެންޑިޑޭޓަކު މި ސްކޮލާޝިޕް ފުރުޞަތަކަށް ނުހޮވޭނެ ކަމަށް ވެސް ބުނެފަވެއެވެ.
މި ސްކޮލާޝިޕްތަކަށް ކުރިމަތިލުމުގެ ސުން ގަޑިއަކީ 15 ޖަނަވަރީ 2024 ވާ ހޯމަ ދުވަހުގެ 11:00 ގެ ކުރިން (ސެންޓްރަލް ޔޫރަޕިއަން ޓައިމް 14:00 ގެ ކުރިން) އެވެ.
މި ސްކޮލާޝިޕްތަކަށް އެދި އެޕްލިކޭޝަން ހުށަހަޅަން ޖެހެނީ، https://myedu.egov.mv ޕޯޓަލް މެދުވެރިކޮށެވެ.
މި ސްކޮލާޝިޕްތަކާގުޅޭ އިތުރު މައުލޫމާތު ބޭނުންނަަމަ ގުޅަން ޖެހެނީ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާގެ 3026936 / 3026947 ނަންބަރު ފޯނަށެވެ. އަދި އެ ވުޒާރާ އީމެއިލް schol@mohe.gov.mv އަށް މެއިލް ކުރުމުން ވެސް މައުލޫމާތު ސާފުކޮށްދޭނެއެވެ. މީގެ އިތުރުން އެ ވުޒާރާގެ ވެބްސައިޓް www.mohe.gov.mv އިން ވެސް މައުލޫމާތު ލިބެން އެބަހުއްޓެވެ.
ޢިއުލާންގެ ލިންކް: Stipendium Hungaricum Scholarship 2024
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!