މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (13:30 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,452 Stories
3,005 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

ރޯދައަށް ކޮންމެ ގޭބީސީއަކަށް ސަރުކާރުން ހަނޑުލާއި ފުށް ހަދިޔާ ކުރަނީ
Raajje

ރޯދައަށް ކޮންމެ ގޭބީސީއަކަށް ސަރުކާރުން ހަނޑުލާއި ފުށް ހަދިޔާ ކުރަނީ

އަންނަ ރޯދަމަހަށް ދިވެހިރާއްޖޭގެ ކޮންމެ ގޭބީސީއަކަށް 10 ކިލޯގެ ހަނޑޫ ބަސްތާއަކާއި 10 ކިލޯގެ ފުށްބަސްތާއެއް ސަރުކާރުގެ ހަރަދުގައި ދިނުމަށް ނިންމަވާފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. މިމަހުގެ 7 އިން 13 އަށް ޗައިނާ އަށް ކުރެއްވި ފުރަންމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ރާއްޖެވަޑައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ވަނީ ސަރުކާރުގެ އަމާޒަކީ ވަކި ބަޔަކަށް ބަރޯސާނުވެ، އަމިއްލަ ފައި މައްޗަށް ތެދުވެފ...

މާލޭ މޭޔަރުކަމަށް އާޒިމް
Raajje

މާލޭ މޭޔަރުކަމަށް އާޒިމް

މާލޭގެ މޭޔަރަކު ހޮވުމަށް މިއަދު ބޭއްވި ބައި-އިލެކްޝަން އިދިކޮޅު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޓިކެޓްގައި ވާދަކުރެއްވި އާދަމް އާޒިމް ކާމިޔާބު ކުރައްވައިފިއެވެ. އާޒިމް، މާލޭ މޭޔަރު ގޮނޑި ކާމިޔާބުކުރައްވާފައިވާކަން މިހާތަނަށް ގުނުނު ފޮށިތަކުގެ ނަތީޖާއިން ދައްކައެވެ. މި ބައި-އިލެކްޝަންގައި ޖުމްލަ 55 ވޯޓު ފޮށި ބަހައްޓާފައިވާއިރު، މިހާތަނަށް ގުނި 41 ފޮށިން އާޒިމް ވަނީ 5,303 ވޯޓު ހޯއްދަވައިފައެވެ. އާޒިމް އާއި އެންމެ ގާތުން ވާދަކުރެއްވީ ސަރުކާރު ހިންގާ ފަރާތުން ވާދަކުރެއްވި ކުރީގެ ބަ...

އިތުރު އެހީތެރިކަމާއެކު ތައިލެންޑުންނާއި ޔޫއޭއީ އިން އާސަންދަ ލިބޭ ގޮތް ހަދަނީ
Raajje

އިތުރު އެހީތެރިކަމާއެކު ތައިލެންޑުންނާއި ޔޫއޭއީ އިން އާސަންދަ ލިބޭ ގޮތް ހަދަނީ

ގިނަ އަދަދެއްގެ ދިވެހިން މިހާރު ދަތުރުކުރަމުން އަންނަ ތައިލެންޑުންނާއި، އަރަބި އިސްލާމީ ޤައުމެއްކަމަށްވާ އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)އިން އާސަންދަ ލިބޭގޮތް ހައްދަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. މި މަހު 7 ވަނަ ދުވަހު ރައީސްގެ ދެކަނބަލުން، ސަރުކާރުގެ މަތީ ފަންތީގެ ވަފުދަކާއެކު ޗައިނާ އަށް ފެއްޓެވި ފުރަންމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ރާއްޖެވަޑައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ވަނ...

''ޗައިނާގެ ފަތުރުވެރިންގެ އަދަދު ދެގުނަކޮށް، އެ ޤައުމު އަލުން އެއްވަނަ މަންޒިލަށް ހެދޭނެ''
Raajje

''ޗައިނާގެ ފަތުރުވެރިންގެ އަދަދު ދެގުނަކޮށް، އެ ޤައުމު އަލުން އެއްވަނަ މަންޒިލަށް ހެދޭނެ''

ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ޗައިނާ ފަތުރުވެރިންގެ އަދަދު ދެގުނަކޮށް އެއްވަނަ މާކެޓަށް އެ ޤައުމު އަލުން ހެދޭގޮތަށް ކަންކަން ތަރުތީބުކުރެވިފައިވާ ކަަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، މި މަހު 7 ވަނަ ދުވަހު ރައީސްގެ ދެކަނބަލުން، ސަރުކާރުގެ މަތީ ފަންތީގެ ވަފުދަކާއެކު ޗައިނާ އަށް ފެއްޓެވި ފުރަންމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ރާއްޖެވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ. ރާއްޖެ ވަޑައިގެން، ލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއ...

ހަތަރެއް ޖެހުމާއި ހަމައަށް ވޯޓުލީ 26 އިންސައްތަ މީހުން
Raajje

ހަތަރެއް ޖެހުމާއި ހަމައަށް ވޯޓުލީ 26 އިންސައްތަ މީހުން

އިލެކްޝަންސް ކޮމިޝަން (އީސީ)އިން މިއަަދު ބާއްވާ ބައި-އިލެކްޝަންތަކުގައި މިއަދު ހަވީރު 16:00 އާއި ހަމައަށް ވޯޓު ލާފައި ވަނީ 26.08 އިންސައްތަ މީހުންނެވެ. މާލޭގެ މޭޔަރުގެ އިތުރުން މާލެ ސިޓީ ކައުންސިލްގެ މާފަންނު ދެކުނު ދާއިރާ، މާލެ ސިޓީ ކައުންސިލްގެ ހެންވޭރު ދެކުނު ދާއިރާ އަދި މާލެ ސިޓީ ކައުންސިލްގެ މެދު ހެންވޭރު ދާއިރާއަށް ކައުންސިލަރުން ހޮވަން ބާއްވާ މި ބައި-އިލެކްޝަންގެ ވޯޓުލުން ފެށީ ހެނދުނު 8:00 ގައެވެ. މީގެ އިތުރުން މ. މުލަކު އަންހެނުންގެ ތަރައްގީއަށް […]

ހުޅުމާލެ ސަހަރާ މިސްކިތުގެ ގޯތިތެރޭގައި ފެންހިންދާ ރަނގަޅު ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ: ޝުޖާއު
Raajje

ހުޅުމާލެ ސަހަރާ މިސްކިތުގެ ގޯތިތެރޭގައި ފެންހިންދާ ރަނގަޅު ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ: ޝުޖާއު

ހުޅުމާލެ ސަހަރާ މިސްކިތުގެ ގޯތިތެރޭގައި ފެންހިންދޭނެ ރަގަޅު ނިޒާމެއް ޤާއިމް ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެކަމަށް ހުޅުމާލެ ދާއިރާގެ ކައުންސިލަރު އަދި ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާޙީމް ޝުޖާއު ވިދާޅުވެއްޖެއެވެ. އާސަހަރާގައި އައު އިމާރާތްތަކެއް ހެދުމުގެ މަސައްކަތް ކުރަމުން އެތަނުގައި މީހުން ވަޅުލުން މިދިޔަ އަހަރު ހުއްޓައިލާ ހުޅުމާލޭ ސަހަރާއަށް ވަނީ ބަދަލުކޮށްފައެވެ. ރާއްޖެއަށް އިއްޔެ ކުރި ގަދަ ވިއްސާރާގައި ތިން އަށް އެންމެ ގިނަ ވާރޭ ވެހުނީ ހުޅުމާލޭއަށެވެ. ހުޅުމާލޭ ސަހަރާ މިސްކިތ...

ވޯޓުލާން ނުކުންނަ ނިސްބަތް ދަށް، މެންދުރު އެކަކާއި ހަމައަށް ވޯޓުލީ 14 އިންސައްތަ މީހުން
Raajje

ވޯޓުލާން ނުކުންނަ ނިސްބަތް ދަށް، މެންދުރު އެކަކާއި ހަމައަށް ވޯޓުލީ 14 އިންސައްތަ މީހުން

އިލެކްޝަންސް ކޮމިޝަން (އީސީ)އިން މިއަަދު ބާއްވާ ބައި-އިލެކްޝަންތަކުގައި މިހާތަނަށް ވޯޓުލާން ނުކުންނަ ނިސްބަތް ނިސްބަތުން ދަށްއިރު، މެންދުރު 13:00 އާއި ހަމައަށް ވޯޓުލާފައި ވަނީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންކުރެ 14.08 އިންސައްތަ މީހުންނެވެ. މާލޭގެ މޭޔަރުގެ އިތުރުން މާލެ ސިޓީ ކައުންސިލްގެ މާފަންނު ދެކުނު ދާއިރާ، މާލެ ސިޓީ ކައުންސިލްގެ ހެންވޭރު ދެކުނު ދާއިރާ އަދި މާލެ ސިޓީ ކައުންސިލްގެ މެދު ހެންވޭރު ދާއިރާއަށް ކައުންސިލަރުން ހޮވަން ބާއްވާ މި ބައި-އިލެކްޝަންގެ ވޯޓުލުން ފެށީ ހެނދުނު […]

ވޯޓު ލެއްވުމަށްފަހު އާޒިމާ އެދިވަޑައިގަތީ ވީހާވެސް އަވަހަކަށް ވޯޓުލުމުގެ ހައްގު އަދާކޮށްދިނުމަށް
Raajje

ވޯޓު ލެއްވުމަށްފަހު އާޒިމާ އެދިވަޑައިގަތީ ވީހާވެސް އަވަހަކަށް ވޯޓުލުމުގެ ހައްގު އަދާކޮށްދިނުމަށް

މާލޭ ސިޓީގެ މޭޔަރާއި، ތިން ކައުންސިލަރުން ހޮވުމަށް މިއަަދު ބާއްވާ ބައި-އިލެކްޝަންގައި ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓް ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝުކޫރު ވޯޓު ލައްވައިފިއެވެ. މާލޭގެ މޭޔަރުގެ އިތުރުން މާލެ ސިޓީ ކައުންސިލްގެ މާފަންނު ދެކުނު ދާއިރާ، މާލެ ސިޓީ ކައުންސިލްގެ ހެންވޭރު ދެކުނު ދާއިރާ އަދި މާލެ ސިޓީ ކައުންސިލްގެ މެދު ހެންވޭރު ދާއިރާއަށް ކައުންސިލަރުން ހޮވަން ބާއްވާ މި ބައި-އިލެކްޝަންގެ ވޯޓުލުން ފެށީ ހެނދުނު 8:00 ގައެވެ. ވޯޓުލެއްވުމަށްފަހު އާޒިމާ […]

މާލޭ މޭޔަރާއި ތިން ކައުންސިލަރުން ހޮވާ ބައި-އިލެކްޝަންގެ ވޯޓުލާން ފަށައިފި
Raajje

މާލޭ މޭޔަރާއި ތިން ކައުންސިލަރުން ހޮވާ ބައި-އިލެކްޝަންގެ ވޯޓުލާން ފަށައިފި

މާލޭ ސިޓީގެ މޭޔަރުގެ މަގާމަށާއި، ތިން ކައުންސިލަރުންގެ މަގާމަށް މީހުން ހޮވުމަށް މިއަަދު ބާއްވާ ބައި-އިލެކްޝަންގެ ވޯޓުލުން ފަށައިފިއެވެ. މާލޭގެ މޭޔަރުގެ އިތުރުން މާލެ ސިޓީ ކައުންސިލްގެ މާފަންނު ދެކުނު ދާައިރާ، މާލެ ސިޓީ ކައުންސިލްގެ ހެންވޭރު ދެކުނު ދާއިރާ އަދި މާލެ ސިޓީ ކައުންސިލްގެ މެދު ހެންވޭރު ދާއިރާއަށް ކައުންސިލަރުން ހޮވަން ބާއްވާ މި ބައި-އިލެކްޝަންގެ ވޯޓުލުން ފެށީ ހެނދުނު 8:00 ގައެވެ. ކުރިން 16:00 އާއި ހަމައަށް ވޯޓުލާ ނިންމަން އޮތް ނަމަވެސް އިއްޔެ […]

ރައްޔިތުންގެ މުދާ ސަލާމަތް ކުރުމަށް ސްޓެލްކޯގެ މުވައްޒަފުން ކުރާ މަސައްކަތަށް އެމްޑީގެ ޝުކުރު
Business

ރައްޔިތުންގެ މުދާ ސަލާމަތް ކުރުމަށް ސްޓެލްކޯގެ މުވައްޒަފުން ކުރާ މަސައްކަތަށް އެމްޑީގެ ޝުކުރު

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ވެރިރަށް މާލެއަށް ބޯ ކެރިވެހި ފެންބޮޑުވެފައިވާއިރު، ރައްޔިތުންގެ މުދަލާއި ތަންތަން ސަލާމަތްކުރުމަށް ސްޓެލްކޯގެ މުވައްޒަފުން މުރަމުންދާ މަސައްކަތަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެން ފަހުމީ ޝުކުރުއަދާކުރައްވައިފިއެވެ. ފަހުމީ ”އެކްސް”ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މާލެއަށް ކުރަމުންދާ ވިއްސާރައިގައި މިސްކިތްތަކާއި، ގެތަކުގެ އިތުރުން ރައްޔިތުންގެ މުދާ ސަލާމަތް ކުރުމަށް ސްޓެލްކޯގެ މުވައްޒަފުން ވަރުބަލިކަމެއްނެތި ކުރަމުންގެންދާ މަސައްކަތްތަކަށް ޝު...

ކޮމަންޑޫ އަށް އުދައަރައި ގޭގެއަށް ލޮނުވަދެ ގެއްލުންވެއްޖެ
Thiladhunmathi News

ކޮމަންޑޫ އަށް އުދައަރައި ގޭގެއަށް ލޮނުވަދެ ގެއްލުންވެއްޖެ

ށ. ކޮމަންޑޫ އަށް އުދައަރައި އެރަށު ބައެއް ގޭގެއަށް ލޮނުވަދެ ގެއްލުންވެއްޖެއެވެ. ކޮމަންޑޫ ކައުންސިލުން ބުނީ އެރަށަށް އުދައެރުމުގެ ސަބަބުން އާއްމު ރައްޔިތުންގެ ގޭގެއަށް ލޮނު ވަދެ ބޮޑެތިގެއްލުންތަކެއް ވަނީ ލިބިފަިއިއެވެ. ރައްޔިތުންގެ މުދަލާއި ގޯތިތެދޮރޮ ސަލާމަތް ކުރުމަށްޓައި ކައުންސިލާއި، ސަރޓް ޓީމް، އެމްޓީސީސީ، ޕޮލިސް އަދި އާއްމު ރައްޔިތުން ދަނީ މަސައްކަތް ކުރަމުން ކަމަށް ކޮމަންޑޫ ކައުންސިލުން ބުނެއެވެ. އެރަށަށް މިހާލަތު ދިމާވެފައިވާތީ، ރައްޔިތުންގެ މުދަލާއި ގޯތިތެދޮރޮ ސަލާމަތް ކުރުމަށްޓައި ކައުން...

ވިއްސާރާގައި ގެއްލުންވި ސްޓެލްކޯ މުވައްޒަފެއްގެ ގެއަށް އެމްޑީ
Business

ވިއްސާރާގައި ގެއްލުންވި ސްޓެލްކޯ މުވައްޒަފެއްގެ ގެއަށް އެމްޑީ

ވިއްސާރާގައި ގެއްލުންވި ސްޓެލްކޯ މުވައްޒަފެއްގެ ގެއަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ހުސެން ފަހުމީ ޒިޔާރަތް ކުރައްވައި އެ ގެއަށް ލިބުނު ގެއްލުންތައް ބައްލަވާލައްވައި މުވައްޒަފުގެ ޢާއިލާގެ ހާލު އޮޅުން ފިލުއްވައިފިއެވެ. ސްޓެލްކޯ އިން މިރޭ ބުނީ، މާލެއަށް ކުރަމުންދާ ވިއްސާރައިގައި ފެނުގެ ސަބަބުން ގެއްލުން ލިބުނު އެ ކުންފުނީގެ މުވައްޒަފެއްގެ ގެއަށް އެމްޑީ ފަހުމީ ޒިޔާރަތް ކުރައްވާފައިވާ ކަމަށެވެ. މި ޒިޔާރަތުގައި އެމްޑީއާއެކު އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަބުދުﷲ ނާޒިރު ވެސް ބައިވެރިވ...

ޒަރޫރީކަމެއްގައި ނޫނީ މާލޭގެ މަގުތަކުގައި ބޮޑެތި އުޅަނދު ނުދުއްވަން އެދިއްޖެ
Raajje

ޒަރޫރީކަމެއްގައި ނޫނީ މާލޭގެ މަގުތަކުގައި ބޮޑެތި އުޅަނދު ނުދުއްވަން އެދިއްޖެ

މާލޭގެ މަގުތައް އާންމު ހާލަތަކަށް އަންނަންދެން ބަރު އުޅަނދުތަކާއި، ހަތަރު ފުރޮޅުލީ އުޅަނދުތައް ޒަރޫރީ ބޭނުމެއްގައި ނޫނީ ނުދުއްވަން  ދިވެހި ފުލުހުންގެ ޚިދުމަތުން އެދިއްޖެއެވެ. ފުލުހުންގެ ޚިދުމަތުން މިރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވެ ގޭގެއަށް ފެންވަނުމުގެ ހާދިސާތައް ހިނގަމުން އަންނަ ކަމަށެވެ. އެހެންވެ މަގުތަކުގައި ފެންހިނދި މަގުތައް އާންމު ހާލަތަކަށް އަންނަންދެން ބަރު އުޅަނދުތަކާއި، ހަތަރު ފުރޮޅުލީ އުޅަނދުތައް ޒަރޫރީ ބޭނުމެއްގައި ނޫނީ ނުދުއްވ...

''މާލެ އާއި 4 ރަށެއްގައި ފެންބޮޑުވެފައިވޭ، 144 ގެއަކުން އެހީތެރިކަމަށް އެދިފައި''
Raajje

''މާލެ އާއި 4 ރަށެއްގައި ފެންބޮޑުވެފައިވޭ، 144 ގެއަކުން އެހީތެރިކަމަށް އެދިފައި''

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި މިހާތަނަށް މާލޭގެ އިތުރުން ހަތަރު ރަށެއްގައި ފެންބޮޑުވެ، 144 ގެއަކުން އެހީތެރިކަމަށް އެދިފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ. މިއަދު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ އަދާހަމަ ހާމަކުރަމުން އެންޑީއެމްއޭ އިން ބުނީ، މިރެއާއި ހަމައަށް މާލެ އާއި 4 ރަށެއްގައި ފެންބޮޑުވެގެން ރިޕޯޓުކޮށްފައިވާ ކަމަށެވެ. މާލޭގެ އިތުރުން ފެންބޮޑުވެގެން ރިޕޯޓުކޮށްފައިވާ ރަށްތަކަކީ، ތ. ގުރައިދޫ، ތ. ދިޔަމިގިލި، ލ. މާމެންދޫ، ދ ކުޑަހުވަދ...

މާދަމާ ބާއްވާ ބައި-އިލެކްޝަންތަކުގެ ވަގުތު އިތުރުކޮށްފި
Raajje

މާދަމާ ބާއްވާ ބައި-އިލެކްޝަންތަކުގެ ވަގުތު އިތުރުކޮށްފި

މޫސުން ގޯސްވުމުން މާދަމާ ބާއްވާ ބައި-އިލެކްޝަންތަކުގެ ވަގުތު އިތުރުކޮށްފިއެވެ. އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބުނީ މުޅި ރާއްޖޭގެ މޫސުން ގޯސްވެ ވިއްސާރަވެ، ވައިގަދަވެ އަދި ކަނޑުގަދަވުމުގެ ސަބަބުން ޢާންމު ދަތުރުފަތުރަށް ބުރޫއަރައި ވޯޓުލުމަށް މީހުން ނިކުތުމަށް ދަތިވާނެތީ، މާދަމާ ކުރިގެންދިއުމަށް ހަމަޖެހިފައިވާ ބައި އިލެކްޝަންތަކުގެ ވަގުތުން އެއް ގައިރު އިތުރުކޮށްފައިވާ ކަމަށެވެ. އީސީން ކުރިން ނިންމާފައި އޮތީ މާދަމާ ހަވީރު 4:00 ނިޔަލަށް ވޯޓުލުން ކުރިއަށް ގެންދާށެވެ. ނަމަވެސް މިހާރު އިތުރުކުރި އެއް...