މާލޭ ސިޓީގެ މޭޔަރާއި، ތިން ކައުންސިލަރުން ހޮވުމަށް މިއަަދު ބާއްވާ ބައި-އިލެކްޝަންގައި ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓް ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝުކޫރު ވޯޓު ލައްވައިފިއެވެ.
މާލޭގެ މޭޔަރުގެ އިތުރުން މާލެ ސިޓީ ކައުންސިލްގެ މާފަންނު ދެކުނު ދާއިރާ، މާލެ ސިޓީ ކައުންސިލްގެ ހެންވޭރު ދެކުނު ދާއިރާ އަދި މާލެ ސިޓީ ކައުންސިލްގެ މެދު ހެންވޭރު ދާއިރާއަށް ކައުންސިލަރުން ހޮވަން ބާއްވާ މި ބައި-އިލެކްޝަންގެ ވޯޓުލުން ފެށީ ހެނދުނު 8:00 ގައެވެ.
ވޯޓުލެއްވުމަށްފަހު އާޒިމާ ވަނީ ވީހާވެސް އަވަހަށް ނުކުންނަވައި ވޯޓުދިނުމުގެ ޙައްޤު އަދާކުރުމަށް އެދިވަޑައިގެންފައެވެ.

''އަޅުގަނޑު ހުރިހާ ބޭފުޅުންގެ ގާތުގައިވެސް މި އެދެނީ ވީހާވެސް އަވަހަކަށް ނުކުމެވަޑައިގެން ވޯޓު ލެއްވުމަށް. މިއީ ޑިމޮކްރެޓިކް ޕްރޮސެސްއެއް، އެހެހެންވީމަ ޕްރޮސެސްގައި ރައްޔިތުންގެ ހައްގެއް އަދި ޒިންމާއެއް ވީމަ، ޒިންމާ އަދާކޮށްދެއްވުމަށް އަޅުގަނޑުގެ ފަރާތުން ދަންްނަވާނީ.'' އާޒިމާ ވިދާޅުވެފަވެއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) ޢިއުލާންކޮށްފައިވާ ގޮތުގައި މި އަދުގެ ބައި-އިލެކްޝަންގެ ވޯޓުފޮށި ބަންދުކުރާނެ ގަޑިއަކީ ހަވީރު 17:00 އެވެ.
އާޒިމާ ވޯޓުލައްވާފައިވާއިރު، އެމްޑީޕީގެ ކެންޑިޑޭޓު އެމްޓީސީސީ، އެސްޓީއޯ އަދި އެމްޑަބްލިޔުއެސްސީގެ ކުރީގެ އެމްޑީކަމާއި ސީއީއޯކަން ކުރައްވާފައިވާ އާދަމް އާޒިމް އަދި މިނިވަން ކެންޑިޑޭޓް ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދު ވެސް މިހާރު ވަނީ ވޯޓު ލައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!