ށ. ކޮމަންޑޫ އަށް އުދައަރައި އެރަށު ބައެއް ގޭގެއަށް ލޮނުވަދެ ގެއްލުންވެއްޖެއެވެ.

ކޮމަންޑޫ ކައުންސިލުން ބުނީ އެރަށަށް އުދައެރުމުގެ ސަބަބުން އާއްމު ރައްޔިތުންގެ ގޭގެއަށް ލޮނު ވަދެ ބޮޑެތިގެއްލުންތަކެއް ވަނީ ލިބިފަިއިއެވެ.

Ad
rt

ރައްޔިތުންގެ މުދަލާއި ގޯތިތެދޮރޮ ސަލާމަތް ކުރުމަށްޓައި ކައުންސިލާއި، ސަރޓް ޓީމް، އެމްޓީސީސީ، ޕޮލިސް އަދި އާއްމު ރައްޔިތުން ދަނީ މަސައްކަތް ކުރަމުން ކަމަށް ކޮމަންޑޫ ކައުންސިލުން ބުނެއެވެ.

އެރަށަށް މިހާލަތު ދިމާވެފައިވާތީ، ރައްޔިތުންގެ މުދަލާއި ގޯތިތެދޮރޮ ސަލާމަތް ކުރުމަށްޓައި ކައުންސިލުން ވެސް ހަރަކާތްތެރިވަމުން އަންނާތީ ލިބުނު ގެއްލުމުގެ ތަފްސީލް އަދި ލިބޭގޮތެއް ނުވެއެވެ.

ކޮމަންޑޫ އަށް އުދައަރައި އެރަށު ބައެއް ގޭގެއަށް ލޮނުވަދެ ގެއްލުންތަކެއްވެފައިވާއިރު، މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް ބައެއް ރަށްތަކުގައި ފެންބޮޑުވެ، ބައެއް ގޭތަކުގެ މީހުން ވެސް ވަނީ އެހެން ތަންތަނަށް ބަދަލުވެފައެވެ.

މިގޮތުން މިހާތަނަށް ފެން ބޮޑުވެ، އާންމު ދިރިއުޅުމަށް ބުރާއަރާފައިވާ ރަށްތަކުގެ ތެރޭގައި ވެރިރަށް މާލެ ހިމެނޭހެން ތ. ގުރައިދޫ، ތ. ދިޔަމިގިލި، ލ. މާމެންދޫ، ދ ކުޑަހުވަދޫ، ލ. މާމެންދުއާއި އަދި ހިތަދޫ ހިމެނެއެވެ.

ރާއްޖޭގެ މޫސުމާބެހޭ ޤައުމީ އިދާރާ، މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން 9 ޖެނުއަރީގައި ބުނެފައިވާ ގޮތުގައި ރާއްޖޭގެ އިރުމަތީގައި އުފެދިފައިވާ ކޮޅިގަނޑު ރާއްޖެ ހުރަސްކޮށް އަރަބިކަނޑަށް ޖެހެމުންދާނެ ކަމަށް ނިމުތު ކުރެވޭތިވެ، މި މަހުގެ 10 އިން 12 އަށް ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް، ވައިގަދަވެ، ކަނޑުތައް ގަދަވާނެއެވެ.