މާލެއިން ޒުވާނަކު ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަންފަށައިފިއެވެ.
ގެއްލިގެން ހޯދަމުން ދަނީ އުމުރުން 25 އަހަރުގެ، މާލެ/މއ. ޕެރީހީލިއަން، އަކްރަމް ޢަދީލް ސަޢީދު އެވެ.
ފުލުހުން ވަނީ އޭނާ ހޯދުމަށް ޢާންމުންގެ އެހީތެރިކަމަށް އެދިފައެވެ.
‘’އަކްރަމް ޢަދީލް ސަޢީދު އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް މާރިޗް 25 ވަނަ ދުވަހު 19:22 އެހައިކަންހާއިރު ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުން’’ ފުލުހުން ބުނެފަވެއެވެ.
ޢާއިލާ އާއި ހަވާލާދީ ފުލުހުން ބުނާގޮތުގައި އަކްރަމް ޢަދީލް ސަޢީދު އެންމެ ފަހުން ފެނިފައިވަނީ މާރިޗް 23 ވަނަ ދުވަހުގެ 13:15 ހާއިރު، އޭނަ މިހާރު ދިރިއުޅޭ، ހުޅުމާލެ ފޭސް 2، އެޗް 15 އިންނެވެ.
އަކްރަމް ޢަދީލް ސަޢީދުގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަން ނަންބަރު 3035336 އަށް ގުޅައި އެކަން ހިއްސާކޮށްދިނުމަށް ފުލުހުން ވަނީ އެދިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!