ކާށިދޫގައި އަލިފާނުގެ ހާދިސާއެއް ހިނގައި ދޯނިތަކެއް އަނދައި ހުލިވެއްޖެއެވެ.
މިހާދިސާއާއި ގުޅޭގޮތުން އެމްއެންޑީއެފުން ބުނީ، ކ.ކާށިދޫ އެއްގަމަށް އެހެލާފައި އޮތް ދޯނިތަކެއްގައި އަލިފާން ރޯވެގެން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުން ހަރަކާތްތެރިވެފައިވާ ކަމަށެވެ.
''މި ހާދިސާގައި އެންމެ ފުރަތަމަ 00:56 ހާއިރު މަޢުލޫމާތު ލިބިފައިވަނީ އެ ރަށުގައި ވަކިންހުރި އޮޑިހަރުގެއެއްގައި އެހެލާފައިހުރި ދޯނިތަކެއްގައި އަލިފާން ރޯވެ އަދަމުންދާކަމަށް، އިތުރު ސަރަހައްދަކަށް އަލިފާން ފެތުރުމުގެ ފުރުސަތު ކުޑަކަމަށް'' އެމްއެންޑީއެފުން ބުންޏެވެ.
އެހެން ނަމަވެސް އެސަރަހައްދާއި މާދުރުނޫން ހިސާބެއްގައި ހުރި ރުއްތަކަށް އަލިފާނުގެ އަސަރު ކޮށް އިތުރު ސަރަހައްދުތަކަށް ފެތުރުުގެ ކުޑަ ފުރުސަތެއް އޮތްކަމުގެ މަޢުލޫމާތު ރޭ މެންދަމު 01:24 ހާއިރު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބުނުކަމަށް އެ އިދާރާއިން ބުނެއެވެ.
އެ މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުން އެ ރަށަށް ދިއުމަށް އެކޯ 949 (އަލިފާން ނިއްވާ ލޯންޗުގައި) ގައި 01:48 ހާއިރު ދަތުރު ފަށައި، ފަތިހު 04:40 ހާއިރު އެ ސަރަހައްދަށް ދިޔަކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.
''އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުން އެ ސަރަހައްދިަށް ދިޔައިރު އަލިފާން ރޯވި ދޯނިތައް ވަނީ އެއްކޮށް އަނދާ ހުލިވެފައި، އޭރުވެސް އަލިފާނުގެ އަސަރު ހުރުމުން ފަޔަރ ފައިޓަރުންގެ ވަނީ މިއަދު ހެނދުނު 06:24 ހާއިރު އަލިފާންގަނޑު އެއްކޮށް ނިއްވާލާފައި'' އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފުން ބުނިގޮތުގައި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ނަމަވެސް އެ ރަށު އެއްގަމަށް އެހެލާފައި އޮތް ބޮޑު ދެ ދޯންޏާއި ކުޑަ ދެ ދޯނި ވަނީ މި ހާދިސާގައި އެއްކޮށް އަނދާ ހުލިވެފައިކަމަށް އެ އިދާރާއިން މައުލޫމާތު ދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!