މާލޭގެ ސަލްޓަން ޕާކުގައި ހަރުކޮށްފައި ހުރި ބޯޑުތަކަށް ގެއްލުންދީފިއެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ، ސަލްޓަންް ޕާކުގައި ހަރުކޮށްފައި ހުރި ބޯޑުތަކަށް ރޭގެ ވަގުތެއްގައި ބަޔަކު ގެއްލުން ދީފައިވާ ކަމަށެވެ.

Ad
rt

އެހެންވެ، އެކަން ކުރި ބަޔަކު ހޯދުމުގެ މަސައްކަތް ފުލުހުންނާއި ގުޅިގެން މިހާރު ކުރަމުން އަންނަކަމަށް ވެސް ސިޓީ ކައުންސިލުން ބުންޏެވެ.

ސިޓީ ކައުންސިލުން ހާމަކުރި ފޮޓޯތަކުން ފެންނަ ގޮތުގައި ސަލްޓަން ޕާކުގައި ހަރުކޮށްފައި ހުރި ބޯޑުތަކަށް ގެެއްލުން ދިން ބަޔަކު ވަނީ އެތާ ހުރި ބޯޑުތައް ހަލާކުކޮށް ބިންމައްޗަށް އުކައިލައިފައެވެ.

ސަލްޓަންޕާކަކީ ގިނަ ބަޔަކު ހިތް އުފާކޮށްލަން ގޮސްއުޅޭ ތަނެކެވެ. ޚާއްސަ ގޮތެއްގައި އެއީ ހަވީރު ގަޑީގައި ބެލެނިވެރިން ދަރިން ގޮވައިގެން ވަގުތު ހޭދަކޮށްލުމަށް މާލޭގައި ގޮސް އުޅޭ އެއް ޕާކެވެ.

އެތަނަކީ ސިޓީ ކައުންސިލުން ސައުވީސް ގަޑިއިރު ބަލަހައްޓަމުން އަންނަ ތަނެއް ވެސް މެއެވެ.