ވައިގެ މަގުން ރާއްޖެ އައި ފަސިންޖަރެއްގެ ލަގެޖުން 5 ކިލޯ އަށްވުރެ ގިނަ ޑްރަގް އަތުލައިގެންފިއެވެ.
މޯލްޑިވްސް ކަސްޓަމްސް އިން ބުނީ މި މަހުގެ 12 ވަނަ ދުވަހު ރާއްޖެ އައި ފަސެންޖަރެއްގެ ލަގެޖުން މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ.
އެ ފަސިންޖަރަކީ ޕާކިސްތާނަށް ނިސްބަތްވާ އުމުރުން 56 އަހަރުގެ ފިރިހެނެކެވެ.
އޭނާގެ ލަގެޖުން 5.30 ކިލޯގެ މަސްތުވާތަކެތި ހޯދައި، އަތުލައިގެންފައިވާކަމަށް ކަސްޓަމްސް އިން ބުނެއެވެ.
އެމީހާ އަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު މަގުން ރާއްޖެ އަށް ދަތުރުކުރި މީހެކެވެ.
ކަސްޓަމްސް އިން މީގެ ކުރީން ވެސް އެކިފަހަރުމަތީން ވަނީ ރާއްޖެ އެތެރެކުރާން މަސައްކަތްކުރާ މަސްތުވާތަކެތި އަތުލައިގެންފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!