ކުޅުދުއްފުށީގެ ގެއެއްގައި އަލިފާންރޯވެ ބޮޑެތި ގެއްލުންތަކެއް ވެއްޖެ

GJmUBHYbcAAC-on

ކުޅުދުއްފުށީ ސިޓީގެ ގެއެއްގައި އަލިފާންރޯވެ ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

އެމްއެންޑީއެފުން ބުނިގޮތުގައި ކުޅުދުއްފުށީ ސިޓީގައި އަލިފާން ރޯވެފައި ވަނީ އެ ސިޓީގެ "ސިގްނަލް" ނަމަކަށް ކިޔާ ގެއެއްގައެވެ.

އެ ގޭގައި ރޯވިކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ހދ.ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނަށް ލިބުނީ މިއަދު މެންދުރު 13:17 ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މި މައުލޫމާތު ލިބުމުން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ހދ.ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނަށް ލިބުމާއެކު، އެ ފަޔަރ ސްޓޭޝަންގެ ފަޔަރފައިޓަރުން އެ ސަރަހައްދަށް ގޮސް، އަލިފާން ނިވުމުގެ މަސައްކަތްކޮށް، އަލިފާން ނިއްވާލެވިފައިވަނީ 14:12 ހާއިރު ކަމަށް ވެސް އެ އިދާރާއިން ބުނެފަވެއެވެ.

''މި ހާދިސާގައި އެެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވިނަމަވެސް އެ ގެއަށް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފައި'' އެމްއެންޑީއެފުން ބުންޏެވެ.

މި ހާދިސާއާއި ގުޅިގެން ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނީ ކުޅުދުށްފުށި ސިޓީ ސިގްނަލް ގޭގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގައި އެގޭގައި ދިރިނޫޅެވޭވަރަށް އެގެއަށް ގެއްލުން ލިބިފައިވާކަމަށެވެ. އެހެންވެ އެގޭގައި ދިރިއުޅުނު އާއިލާއަށް ސިޓީ ކައުންސިލް އާއި ގުޅިގެން އެހީތެރިކަން ފޯރުކޮށްދެމުން އަންނަކަމަށް ވެސް އެ އިދާއިން ބުނެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި