މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ބ. އަތޮޅުން ފެށިގެން ވ. އަތޮޅަށް (07:00 އިން 11:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު Over the country އަށް (07:00 އިން 12:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,458 Stories
3,681 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

ހައިވޭގައި ކުޑަކުއްޖަކަށް ސައިކަލް ދުއްވަން ދިން މީހާ ފުލުހަށް ހާޒިރުކޮށް ތަހުގީގު ކުރިއަށް
Raajje

ހައިވޭގައި ކުޑަކުއްޖަކަށް ސައިކަލް ދުއްވަން ދިން މީހާ ފުލުހަށް ހާޒިރުކޮށް ތަހުގީގު ކުރިއަށް

ސިނަމާލޭ ބްރިޖުގެ ހައިވޭގައި ކުޑަކުއްޖެއްގެ އަތަށް ސައިކަލް ދުއްވަން ދިން މީހާ، ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް، އެ މައްސަލަ ތަހުގީގުކުރަމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ. ސިނަމާލޭ ބްރިޖުގެ ހައިވޭގައި ސައިކަލް ދުއްވާފައި ދިޔަ މީހަކު ކުޑަކުއްޖަކަށް ސައިކަލް ދުއްވަން ދީގެން ދުއްވާ މަންޒަރު ފެންނަ ވީޑިއޯއެއް އިއްޔެ ވަނީ މީސްމީޑިއާގައި އާންމުވެފައެވެ. އެ ވީޑިއޯގައި ފެންނަނީ ފިރިހެނަކު ސައިކަލުގެ ކުރިއަށް ކުޑަ ކުއްޖަކު ލައިގެން ދުއްވާފައި ދާއިރު އެ ކުއްޖާ ހުންގާނުގައި ހިފަހައްޓައިގެން އިން މަންޒ...

ށ.އަތޮޅުން ފެށިގެން ފ.އަތޮޅަށް ރީނދޫ ސަމާލު، ވިލާގަނޑުގައި 50 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ!
Thiladhunmathi News

ށ.އަތޮޅުން ފެށިގެން ފ.އަތޮޅަށް ރީނދޫ ސަމާލު، ވިލާގަނޑުގައި 50 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ!

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ށ. އަތޮޅުން ފެށިގެން ފ. އަތޮޅަށް ރީނދޫ ސަމާލު ނެރެފިއެވެ. ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން  ށ. އަތޮޅުން ފެށިގެން ފ. އަތޮޅާއި ދެމެދު ސަރަހައްދުތަކަށް ރީނދޫ ސަމާލު ނެރެފައި ވަނީ މިރޭ 19:00 އިން ފެށިގެން 23:00 އާއި ހަމައަށެވެ. މެޓް އޮފީހުގެ ސަމާލުގެ މެސެޖުގައި ބުނެފައިވާ ގޮތުން ސަމާލުގެ ވަގުތުގައި އެ އަތޮޅުތަކަށް ގަޑިއަކު 25 މޭލާއި 30 މޭލާއި […]

އުލިގަމު ބަނދަރު އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތް ނިންމާލައިފި
Thiladhunmathi News

އުލިގަމު ބަނދަރު އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތް ނިންމާލައިފި

ހއ. އުލިގަމު ބަނދަރު އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އުލިގަމުގެ ބަނދަރަށް ދިމާވެފައިވާ މައްސަލަ ހައްލުކޮށް ޒަމާނީ ފެންވަރުގެ ބަނދަރެއް ތަރައްގީކުރުމަށް ސަރުކާރުން އެމްޓީސީސީއާއި ހަވާލުކުރެއްވީ 18 ޖުލައި 2023 ގައިއެވެ. އެ ކުންފުނިން މިއަދު ބުނީ، އުލިގަމު ބަނދަރު ތަރައްޤީކުރުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ ދަށުން، އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތް މިހާރު...

''ޒިނޭއަކީ ހަލާކާއި ބަލިމަޑުކަން ހިމެނޭ ހަޑިމުޑުދާރު ޢަމަލެއް''
Column

''ޒިނޭއަކީ ހަލާކާއި ބަލިމަޑުކަން ހިމެނޭ ހަޑިމުޑުދާރު ޢަމަލެއް''

ޒިނޭއަކީ އެ ކަމުގައި ހަލާކާއި ބަލިމަޑުކަން ހިމެނޭ ހަޑިމުޑުދާރު، ޙަރާމްވެގެންވާ ޢަމަލެއްކަން މިއަދުގެ ހުކުރު ޚުޠުބާގައި ހަނދާންކޮށްދީފިއެވެ. މިއަދުގެ ޚުޠުބާގެ މަޢުލޫއަކީ ”ޒިނޭކުރުމާއި ފާޙިޝް ޢަމަލުތަކުގެ ނުބައިކަން” އެވެ. މިއަދުގެ ޚުތުބާގެ މުހިންމު ބައެއް ބައިތައް ތިރީގައި ހިމަނާލާފައި އެވަނީ އެވެ. އެންމެ ނުރައްކާތެރި ފާޙިޝް ޢަމަލަކީ ޒިނޭ ﷲ تعالى މުސްލިމުންގެ މައްޗަށް ހުރިހައި ބާވަތެއްގެ ބަދުއަޚްލާޤީ ޢަމަލުތަކާއި ފާޙިޝް ޢަމަލުތައް ޙަރާމްކުރައްވައިފައިވާއިރު، އެންމެ ނުރައްކާތެރި ފާޙިޝް ޢަމަލަކީ ޒި...

ޓްރާންސްފޯމަރ އެނަރޖައިޒް ކޮށްނިންމައި ކަރަންޓް ކެނޑުނު ސަރަހައްދުތަކަށް ކަރަންޓްދީފި
Raajje

ޓްރާންސްފޯމަރ އެނަރޖައިޒް ކޮށްނިންމައި ކަރަންޓް ކެނޑުނު ސަރަހައްދުތަކަށް ކަރަންޓްދީފި

ގްރޭޓާމާލެ އިންޓަރކަނެކްޝަން ގްރިޑްގައި ހިމެނޭ މައި ޓްރާންސްފޯމަރުތަކުގެ ތެރެއިން، ޓްރާންސްމިޝަން ޓްރާންސްފޯމަރެއް އެނަރޖައިޒްކުރުމުގެ ތެރެއިން ކަރަންޓް ކެނޑުނު ސަރަހައްދުތަކަށް ކަރަންޓް ދީފައިވާކަމަށް ސްޓެލްކޯއިން ބުނެފިއެވެ. ސްޓެލްކޯއިން އިއްޔެ ބުނެފައި ވަނީ ގްރޭޓާ މާލޭ އިންޓަރކަނެކްޝަން ގްރިޑް ނެޓްވޯކުގައި ކޮންމެހެން ކުރަންޖެހޭ މުހިންމު މަސައްކަތެއް ކުރުމަށް މިއަދު ހެނދުނު 6:00 އިން 7:00 އަށް މާލެ އާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ވަގުތުކޮޅަކަށް ކަރަންޓް ކެނޑުން އެކަށީގެންވާ ކަމެއްކަމަށ...

''ނަތީޖާ ނެރެދޭ މީހަކަށްވުމުގައި ނަފުސާނީ ޤާބިލުކަން ބޮޑު ދައުރެއް އަދާކުރޭ''
Raajje

''ނަތީޖާ ނެރެދޭ މީހަކަށްވުމުގައި ނަފުސާނީ ޤާބިލުކަން ބޮޑު ދައުރެއް އަދާކުރޭ''

ނަތީޖާ ނެރެދޭ މީހަކަށްވުމުގައި އިންސާނާގެ ނަފުސާނީ ޤާބިލުކަން ބޮޑު ދައުރެއް އަދާކުރާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ބައިނަލްއަޤުވާމީ ފެންވަރުގައި ފާހަގަ ކުރަމުންދާ ދުނިޔޭގެ ނަފުސާނީ ދުޅަހެޔޮކަމުގެ ދުވަހާ ގުޅިގެން، “އެކްސް” ގައި އިއްޔެ ކުރެއްވި ޕޯސްޓެއްގައެވެ. ރައީސް ވިދާާޅުވީ، ސަލާމަތް ޞިއްޙަތުގެ ދެބައިކުޅަ އެއްބަޔަކީ ނަފުސާނީ ދުޅަހެޔޮކަން ކަމަށެވެ. ރައީސް ވިދާޅުވެފައިވާގޮތުގައި އުފެއްދުންތެރި، މުރާލި އަދި ނަތީޖާ ނެރެދޭ މީހަކަށްވުމުގައި އިންސާނާގެ...

މޯލްޑިވިއަނުން ފުނަދޫ ދަތުރުތައް އަލުން ފަށައިފި
Raajje

މޯލްޑިވިއަނުން ފުނަދޫ ދަތުރުތައް އަލުން ފަށައިފި

މިއަދު މެދުކަނޑާލި މޯލްޑިވިއަން އިން ށ.ފުނަދޫއަށް ކުރަމުން އައި ޝެޑިއުލް ދަތުރުތައް އަލުން ފަށައިފިއެވެ. މޯލްޑިވިއަން ފުނަދޫ އެއާޕޯޓަށް ކުރަމުން އައި ޝެޑިއުލް ދަތުރުތައް މެދުކަނޑާލީ ޓެކްނިކަލް މައްސަލައަކާއި ގުޅިގެންނެވެ. އެ ކުންފުނިން އެކަން ހާމަކުރީ މިއަދު ހެނދުނު 11:28 ގައެވެ. އެއަށްފަހު މިރޭ 19:25 ގައި އެ ކުންފުނިން ބުނީ ކުރިއެކޭ އެއްގޮތައް އެ ކުންފުނިން ފުނަދޫ އަށް ކުރަމުން އަންނަ ދަތުރުތައް ފަށާފައިވާ ކަމަށެވެ. މޯލްޑިވިއަން އިން ފުނަދޫ ދަތުރުތައް މެދުކަނޑާލައިފި މައުލޫމާތު ލިބިފައިވާ ގޮތުގ...

މަގު ހުރަސްކުރަން އުޅުނު ކުޑަ ކުއްޖެއްގެގައިގާ ސައިކަލުންޖެހި އެކްސިޑެންޓްވެއްޖެ
Raajje

މަގު ހުރަސްކުރަން އުޅުނު ކުޑަ ކުއްޖެއްގެގައިގާ ސައިކަލުންޖެހި އެކްސިޑެންޓްވެއްޖެ

މާލޭގައި މަގު ހުރަސްކުރަން އުޅުނު ކުޑަ ކުއްޖެއްގެގައިގާ ސައިކަލުންޖެހި އެކްސިޑެންޓްވެއްޖެއެވެ. ފުލުހުން ބުނިގޮތުގައި މަގު ހުރަސްކުރަން އުޅުނު ކުޑަ ކުއްޖެއްގެ ގައިގާ ސައިކަލަކުން ޖެހި އެކްސިޑެންޓް ހިނގައިގެން ރިޕޯޓު ލިބިފައިވަނީ މިއަދު 15:40 ހާއިރު ކަމަށެވެ. މި ހާދިސާގައި އަނިޔާވީ 3 އަހަރުގެ ކުޑަ ކުއްޖަކަށެވެ. އެކުއްޖާ މަގު ހުރަސް އުޅުނީ މާލޭ މަޖިދީމަގު ވިލާމާޓު ކައިރީ ކަފިހި ހުރަސް މަތިންނެވެ. ފުލުހުން ބުނީ ސައިކަލުންޖެހި އެ ކުއްޖާވެއްޓި ނިތްކުރިމަތި ދުޅަވެފައިވާ ކަމަށެވެ. ‘’އެ ކުއްޖާ ވަނީ […]

އިންޑިއާ ދަތުރުފުޅަށްފަހު ރައީސްގެ ދެކަނބަލުން ރާއްޖެ ވަޑައިގެންފި
Raajje

އިންޑިއާ ދަތުރުފުޅަށްފަހު ރައީސްގެ ދެކަނބަލުން ރާއްޖެ ވަޑައިގެންފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު އަވަށްޓެރި އިންޑިއާ އަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށްފަހު މިއަދު ރާއްޖެ ވަޑައިގެންފިއެވެ. އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދަޢުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ. އަދި މިއީ ރައީސް އިންޑިއާއަށް ކުރެއްވި ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ. މި މަހުގެ 6 ވަނަ ދުވަހު ފެއްޓެވި މި ދަތުރުފުޅު މިއަދު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެންނެވުމުން ރައީސްގެ ދެކަނބަލުންނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުޙަބާ ދެ...

ވަގަށް ނަގާފައިވާ ޕިކަޕް ބެޓެރީ ތަކަކާއެކު ދެ މީހަކު ހައްޔަރު
Raajje

ވަގަށް ނަގާފައިވާ ޕިކަޕް ބެޓެރީ ތަކަކާއެކު ދެ މީހަކު ހައްޔަރު

ވަގަށް ނަގާފައިވާ ޕިކަޕް ބެޓެރީ ތަކަކާއެކު މާލެއިން ދެ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ މިއަދު ހެނދުނު 6:54 ހާއިރު ދުއްވާފައި ދިޔަ ޕިކަޕެއްގައި ތިބި ބަޔަކާމެދު ޝައްކުވެގެން އެ ޕިކަޕް ހުއްޓުވައި ބަލާފާސްކޮށްފާއިވާ ކަމަށެވެ. ފަރީދީ މަގާއި، ޗާންދަނީ މަގާއި ގުޅޭ ހިސާބުން މި ޕިކަޕް ހުއްޓުވައި ބެލިއިރު ވަގަށް ނަގާފައިވާކަމަށް ތުހުމަތުކުރެވޭ 12 ޕިކަޕް ބެޓެރި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. މި މައްސަލާގައި އެ ޕިކަޕްގައި ތިބި އަލީ އަހްސަން 32އ، މާކަރީ […]

''އެއްބަސްވީ ފެންނަން އޮންނާނެ އެއްޗަކަށް، އެހެން ޤައުމެއްގެ ސިފައިން ދެނެއް ނުތިބޭނެ''
Raajje

''އެއްބަސްވީ ފެންނަން އޮންނާނެ އެއްޗަކަށް، އެހެން ޤައުމެއްގެ ސިފައިން ދެނެއް ނުތިބޭނެ''

ދިވެހިރާއްޖެއާއި އިންޑިއާ ޢަމަލުކުރަން އެއްބަސްވެ ޢިއުލާންކޮށްފައިވާ “ވިޝަން ފޯ ކޮމްޕްރިހެންސިވް ޕާޓްނާޝިޕް އޮން އިކޮނޮމިކް އެންޑް މެރިޓައިމް ސެކިއުރިޓީ”އަކީ އަކުރުން ފިއްޔަށް ލިޔެފައި އޮތް ފެންނަން އޮންނާނެ އެއްޗެއް ކަމަށާއި، އެހެން ޤައުމެއްގެ ސިފައިން ދެން ރާއްޖޭގައި ނުތިބޭނެކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ އެމަނިކުފާނު މިހާރު އިންޑިއާއަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން  ބެންގަލޫރުގައި ދިރިއުޅޭ ދިވެހިންނާއެކު ރޭ ބޭއްވެވި ބައްދަ...

ޚާރިޖީ ސިޔާސަތު ކުރިއަށް ދާނީ ދައްކާ ވާހަކައާއި އެއްގޮތަށް: ރައީސް
Raajje

ޚާރިޖީ ސިޔާސަތު ކުރިއަށް ދާނީ ދައްކާ ވާހަކައާއި އެއްގޮތަށް: ރައީސް

މަސައްކަތްކުރާގޮތް ފެންނާނެކަމަށާއި، ޚާރިޖީ ސިޔާސަތު ކުރިއަށް ދާނީ ދައްކާ ވާހަކައާއި އެއްގޮތަށްކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ އެމަނިކުފާނު މިހާރު އިންޑިއާއަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން  ބެންގަލޫރުގައި ދިރިއުޅޭ ދިވެހިންނާއެކު ރޭ ބޭއްވެވި ބައްދަލުކޮށްލެއްވުމުގައި ވާހަކަ ދައްކަވަމުންނެވެ. މި ބައްދަލުވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، އިންޑިއާާާ އާއި ރާއްޖެއާއި ދެ ޤައުމުގެ ގުޅުން ވަރުގަދަކޮށް އޮވެ، މި ސަރަހައްދު...

މަޖީދީމަގުގައި އަނިޔާތަކަކާއެކު އޮތް މީހަކު ފެނިއްޖެ
Raajje

މަޖީދީމަގުގައި އަނިޔާތަކަކާއެކު އޮތް މީހަކު ފެނިއްޖެ

މާލޭގެ މަޖީދީމަގުގައި އަނިޔާތަކަކާއެކު އޮތް މީހަކު ފެނިއްޖެއެވެ. ފުލުހުން މިއަދު ބުނީ މާލޭގެ މަޖީދީމަގުގައި ހުންނަ ”ސޮރީ ބޯއީ” ފިހާރަ ކައިރީ އަނިޔާތަކާއެކު ފިރިހެނަކު އޮތްކަމަށް ރޭ 1:25 ހާއިރު ފުލުހުންނަށް ރިޕޯޓްލިބިފައިވާ ކަމަށެވެ. އެއީ ދިވެއްސެއްކަމަށާއި، އެމީހާ އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދިނުމަށްފަހު ހެނދުނު 6:19 ގައި ދޫކޮށްލާފައިވާކަމަށް ފުލުހުން ބުންޏެވެ. މި މައްސަލަ ތަހްގީގުކުރަމުން އަންނަކަމަށް ވެސް ފުލުހުން ބުންޏެވެ. ”އެމްވީ ކްރައިސިސް” އަދި ”އެކްސިޑެންޓް އިން މޯލްޑިވްސް”ގެ މީސްމީޑި...

ރާއްޖޭގެ ބޮޑުބަޔަކަށް ނެރެފައިވާ މޫސުމީ ސަމާލުގެ ވަގުތު އިތުރުކޮށްފި
Raajje

ރާއްޖޭގެ ބޮޑުބަޔަކަށް ނެރެފައިވާ މޫސުމީ ސަމާލުގެ ވަގުތު އިތުރުކޮށްފި

މޫސުން ގޯސްވާނެކަމަށް ލަފާކޮށް، ރާއްޖޭގެ ބޮޑު ބަޔަކަށް ނެރެފައިވާ ރީނދޫ ސަމާލާއި، ހުދު ސަމާލުގެ ވަގުތު އިތުރުކޮށްފިއެވެ. މޫސުމާބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ރީނދޫ ސަމާލު ނެރެފައި ވަނީ ހއ. އަތޮޅުން ފެށިގެން ވ. އަތޮޅު ހިމެނޭ ސަރަހައްދުތަކަށެވެ. މި ސަމާލުގެ ވަގުތު ކުރިން ދީފައި އޮތީ މިއަދު ހެނދުނު 7:00 އާއި ހަމައަށެވެ. ނަމަވެސް މިހާރު މިވަގުތު ވަނީ ހެނދުނު 11:00 އާއި ހަމައަށް އިތުރުކޮށްފައެވެ. މި ސަމާލުގެ ވަގުތުގައި […]

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު
Raajje

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު

މުޅި ރާއްޖެއަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް، ހުދު ސަމާލު ނެރެފިއެވެ. މޫސުމާބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ނެރުނު ސަމާލުގެ މެސެޖުގައި، މި ސަމާލުގެ ވަގުތުގައި މުޅި ރާއްޖެއަށް ވެސް އާންމުގޮތެއްގައި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހި ޖެހޭނެކަމަށް ލަފާކޮށްފައިވެއެވެ. މީގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް ވަނީ ލަފާކޮށްފައެވެ. މި ސަމާލުގެ ވަގުތު ދީފައި ވަނީ މިރޭ 19:30 އިން […]