މާލޭގައި މަގު ހުރަސްކުރަން އުޅުނު ކުޑަ ކުއްޖެއްގެގައިގާ ސައިކަލުންޖެހި އެކްސިޑެންޓްވެއްޖެއެވެ.
ފުލުހުން ބުނިގޮތުގައި މަގު ހުރަސްކުރަން އުޅުނު ކުޑަ ކުއްޖެއްގެ ގައިގާ ސައިކަލަކުން ޖެހި އެކްސިޑެންޓް ހިނގައިގެން ރިޕޯޓު ލިބިފައިވަނީ މިއަދު 15:40 ހާއިރު ކަމަށެވެ.
މި ހާދިސާގައި އަނިޔާވީ 3 އަހަރުގެ ކުޑަ ކުއްޖަކަށެވެ. އެކުއްޖާ މަގު ހުރަސް އުޅުނީ މާލޭ މަޖިދީމަގު ވިލާމާޓު ކައިރީ ކަފިހި ހުރަސް މަތިންނެވެ.
ފުލުހުން ބުނީ ސައިކަލުންޖެހި އެ ކުއްޖާވެއްޓި ނިތްކުރިމަތި ދުޅަވެފައިވާ ކަމަށެވެ.
‘’އެ ކުއްޖާ ވަނީ އައިޖީއެމްއެޗް އަށް ގެންގޮސްފައި’’ ފުލުހުން ބުނެފަވެއެވެ.
މި ހާދިސާގައި ސައިކަލް ދުއްވާފައި ވަނީ ލައިސަންސަ އޮންނަ ދިވެހި ފިރިހެނެއްކަމަށް ވެސް ފުލުހުން ބުނެއެވެ.
މި މައްސަލަ ތަހްގީގު ކުރަމުން އަންނަކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!