ވަގަށް ނަގާފައިވާ ޕިކަޕް ބެޓެރީ ތަކަކާއެކު މާލެއިން ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މިއަދު ހެނދުނު 6:54 ހާއިރު ދުއްވާފައި ދިޔަ ޕިކަޕެއްގައި ތިބި ބަޔަކާމެދު ޝައްކުވެގެން އެ ޕިކަޕް ހުއްޓުވައި ބަލާފާސްކޮށްފާއިވާ ކަމަށެވެ.
ފަރީދީ މަގާއި، ޗާންދަނީ މަގާއި ގުޅޭ ހިސާބުން މި ޕިކަޕް ހުއްޓުވައި ބެލިއިރު ވަގަށް ނަގާފައިވާކަމަށް ތުހުމަތުކުރެވޭ 12 ޕިކަޕް ބެޓެރި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލާގައި އެ ޕިކަޕްގައި ތިބި އަލީ އަހްސަން 32އ، މާކަރީ ލައިޓް، ސ.މަރަދޫފޭދޫ އާއި މުހައްމަދު ނީޒާދު 43އ، އަނަސް، ސ.ފޭދޫ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!