މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ށ. އަތޮޅުން ފެށިގެން ފ. އަތޮޅަށް ރީނދޫ ސަމާލު ނެރެފިއެވެ.
ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ށ. އަތޮޅުން ފެށިގެން ފ. އަތޮޅާއި ދެމެދު ސަރަހައްދުތަކަށް ރީނދޫ ސަމާލު ނެރެފައި ވަނީ މިރޭ 19:00 އިން ފެށިގެން 23:00 އާއި ހަމައަށެވެ.
މެޓް އޮފީހުގެ ސަމާލުގެ މެސެޖުގައި ބުނެފައިވާ ގޮތުން ސަމާލުގެ ވަގުތުގައި އެ އަތޮޅުތަކަށް ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެއެވެ. އަދި ލާގަނޑުގައު ގަޑިއަކު 50 މޭލަށް ވައި ގަދަވެ، ކަނޑުތައް ގަދަވާނެކަމަށް ވަނީ ލަފާކޮށްފައެވެ.
މެޓުން ށ. އަތޮޅުން ފެށިގެން ފ. އަތޮޅަށް ރީނދޫ ސަމާލު ނެރެފައި މިވަނީ ކުރިން ރ.އަތޮޅުން ފެށިގެން ވ. އަތޮޅަށް ވެސް ރީނދޫ ސަމާލު ނެރުމަށްފަހުއެވެ. އެ ސަރަހައްދުތަކަށް ނެރުނު ސަމާލުގެ ވަގުތު މިރޭ 19:00 އަށް ވަނީ ހަމަވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!