މަސައްކަތްކުރާގޮތް ފެންނާނެކަމަށާއި، ޚާރިޖީ ސިޔާސަތު ކުރިއަށް ދާނީ ދައްކާ ވާހަކައާއި އެއްގޮތަށްކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ އެމަނިކުފާނު މިހާރު އިންޑިއާއަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ބެންގަލޫރުގައި ދިރިއުޅޭ ދިވެހިންނާއެކު ރޭ ބޭއްވެވި ބައްދަލުކޮށްލެއްވުމުގައި ވާހަކަ ދައްކަވަމުންނެވެ.
މި ބައްދަލުވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، އިންޑިއާާާ އާއި ރާއްޖެއާއި ދެ ޤައުމުގެ ގުޅުން ވަރުގަދަކޮށް އޮވެ، މި ސަރަހައްދުގެ ރައްކާތެރިކަމާއި އަމާންކަން ބޭއްވިގެންދާ ގޮތަށް ކަންތައްތައް ބައްޓަންވެގެން ދިއުމަކީ ވެސް ދިވެހި ޤައުމަށް އޭގެ އެންމެ ފައިދާހުރި ގޮތްކަމަށެވެ.
''އަޅުގަނޑު މަސައްކަތްކުރާގޮތް ފެންނާނެ، ދައްކާ ވާހަކައާއި އެއްގޮތަށް ޚާރިޖީ ސިޔާސަތު ކުރިއަށް ދާނީ، އިންޑިއާ އަކީ އަޅުގަނޑުމެންނާ ވަރަށް ގާތް ގުޅުމެއް އޮތް ޤައުމެއް، ޒަމާންވީ، އެތައް ގަރުނެއްވެފައިވާ ގާތް ޤައުމެއް، ޑިޕްލޮމެޓިކް ގުޅުން ގާއިމުވިތާ މި އަންނަ އަހަރަށް 60 އަހަރު،'' ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އިންޑިއާއިއެކު ޚާރިޖީ ގުޅުން ގާއިމުވެ ވޭތުވި 60 އަހަރު ތެރޭގައި އިންޑިއާއި ދިވެހި ޤައުމަށް އެކި ކަންކަމުގައި އެހީތެރިވެފައިވާކަން އެއީ އަޅުގަނޑުމެންނަށް އިނގޭ ކަންތައްތައް ކަމަށެވެ.
''އަޅުގަނޑުމެންނަށް ބޮޑުވެގެން ދިޔަ ކޮންމެ ހާލަތެއްގައި، އަޅުގަނޑުމެންނަށް އެހީތެރިކަން ބޭނުންވި ކޮންމެ ވަގުތެއްގައި، އެންމެ ފުރަތަ އިސްކަންދިން ޤައުމަކަށްވާނީ އަދި ބައެއް ފަހަރު އެންމެ ފުރަތަމަ އިސްކަންދިން ޤައުމަކަށް ވެސް ވަނީ އިންޑިއާ މި ޙަޤީޤަތް، އަޅުގަނޑުމެންނާ އެންމެ ކައިރި އަވަށްޓެރިޔާ،'' ރައީސް ވިދާޅުވެފަވެއެވެ.
އެހެންކަމުން ދިވެހިރާއްޖެއަށް، ޤައުމަށް، ދިވެހި ރައްޔިތުންނަށް އެކި ކަންކަމުގައި އެންމެ ފަހިވާނެގޮތަށް ކަންކަން ބައްޓަން ކުރުމުގައި ދެ ޤައުމުގެ ގުޅުން ވަރުގަދަވެގެން ދިޔުމަކީ އަދި އަބަދުވެސް އެ ގޮތުގައި އޮތުމަކީ ދިވެހި ޤައުމުގެ ހައްގުގައި އެމަނިކުފާނު އެ ދުވަހު ޢިއުލާންކުރެއްވި ސިޔާސަތުގެ ދަށުން ކުރިއަށްދާނެގޮތް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެއީ އެކަން އޮންނަންވާނެގޮތް ކަމަށް ވެސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!