ރައީސުލްޖުމްހޫރިއްޔާއަށް ޚާއްޞަކޮށްފައިވާ ގެކޮޅު، މުލީއާގޭ ބަޖެޓުން ރައީސުލްޖުމްހޫރިއްޔާގެ ބޭނުންފުޅަށް ކޮށްފައިވާ ޚަރަދެއް ކަމަށް ބުނެ ފަތުރަނީ ބުހުތާނު ދޮގެއްކަމަށް މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް އިޤްބާލް އާދަމް މިއަދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅުގެ ކަންކަން އިސްކޮށް ބަލަހައްޓަވާ އިޤްބާލް މިހެން ވިދާޅުވެފައި ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މި ޕޯސްޓްގައި ވަޒީރު ވިދާޅުވެފައިވާގޮތުގައި ތޭރަ އޮންލައިންގެ ފަރާތުން 2025 އޭޕްރީލު 11ވަނަ ދުވަހު މުލީއާގޭ ބަޖެޓުން ރައީސުލްޖުމްހޫރިއްޔާގެ ބޭނުންފުޅަށް ކޮށްފައިވާ ޚަރަދެއް ކަމަށް ބުނެ ފަތުރާފައިވާ މި ޚަބަރަކީ ކަނޑައެޅިގެން ބުހުތާނު ދޮގެކެވެ.
މިއާއިއެކު ވަޒީރު ވަނީ ޙަޤީޤަތާއި ޚިލާފް މިފަދަ ދޮގު ޚަބަރުތައް ނުފެތުރުމަށް ގޮވާލަަށްވާފައެވެ.
ތޭރަ އޮންލައިންގެ ފަރާތުން 2025 އޭޕްރީލު 11ވަނަ ދުވަހު މުލީއާގޭ ބަޖެޓުން ރައީސުލްޖުމްހޫރިއްޔާގެ ބޭނުންފުޅަށް ކޮށްފައިވާ ޚަރަދެއް ކަމަށް ބުނެ ފަތުރާފައިވާ މި ޚަބަރަކީ ކަނޑައެޅިގެން ބުހުތާނު ދޮގު! ޙަޤީޤަތާއި ޚިލާފް މިފަދަ ދޮގު ޚަބަރުތައް ނުފެތުރުމަށް ގޮވާލަމެވެ. pic.twitter.com/ih8HEBou4A
— Iqbal Adam (@IqeyAdam) April 11, 2025
ވަޒީރު ވިދާޅުވިގޮތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންފަހުން ފަރިއްކޮޅަށް ހިނގާ ޚަރަދަކީ މިހާތަނަށް ރައީސުލްޖުމްހޫރިއްޔާއަކު ވެރިކަމާއި ހަވާލުވެވަޑައިގެންފަހުން މިކަމަށް ހިނގާ އެންމެ ކުޑަ ޚަރަދެވެ.
މިދުވަސްވަރު އަންނަނީ ރައީސުލްޖުމްހޫރިއްޔާއަށް ދައުލަތުގެ ފަރާތުން ލިބިދޭ އިނާޔަތްތަކާއި ގުޅުވައި އެކިކަހަލަ ވާހަކަތައް ފަތުރަމުންކަން ފާހަގަކޮށްލެވެއެވެ. މިފަދަ އިނާޔަތްތަކަކީ ކޮންމެ ރައީސެއްގެ ވެރިކަމުގައި ވެސް ލިބިދެވޭ އިނާޔަތްތަކެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!