ޕައިލެޓްކަން ކިޔަވަން ފިލިޕީންސްގައި ހުރި ހދ. ހަނިމާދޫ ކުއްޖަކަށް އަނިޔާވެގެން ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަކަމަށް މައުލޫމާތު ލިބިއްޖެއެވެ.

އަނިޔާވެފައި ވަނީ ހދ. ހަނިމާދޫ/ފަހި ރޯދި، އަބުދުލް މާނިއު އަށެވެ.

Ad
rt

މާނިއުގެ ޢާއިލާގެ ފަރާތުން ''ތިލަދުން'' އަށް މައުލޫމާތު ދިން ގޮތުގައި މާނިއުއަށް ލިބުނު އަނިޔާގައި ޒަޚަމްވެގެން މިހާރު އަންނަނީ ހޮސްޕިޓަލްގައި ފަރުވާދެމުންނެވެ.

ޓެސްޓްތަކެއް ހެދުމަށްފަހު ސާޖަރީއަކަށް ތައްޔާރުވަމުން އަންނަކަމަށް ވެސް މައުލޫމާތު ލިބެއެވެ.

މާނިއުއަށް އަނިޔާވެ ޒަޚަމްވީ ޓްރެއިނިން ހެެދުމަށް މަތިންދާ ބޯޓު ދުއްވުމަށްފަހު ފޭބި ވަގުތު ބޮލަށް އެނބުރުން އަރައިގެން ބޯޓުގެ ބުރަފައްޗާ ދިމާއަށް ދެވިގެން ބުރަފަތީގައި ޖެހިގެންކަމަށް މައުލޫމާތު ލިބެއެވެ.

މިއަދު ހެނދުނު ހިނގި މި އެކްސިޑެންޓުގައި މާނިއުގެ ކޮލު ކަށިގަނޑާ ދިމާލުން ޒަޚަމްވެފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

މާނިއު ޕައިލެޓްކަން ކިޔަވަމުންދާތާ މިހާރު ދެ އަހަރެއްހާ ދުވަސް ވެއްޖެއެވެ. މި ނޫހުގެ ފަރާތުން މާނިއުއަށް އަވަސް ޝިފާއަކަށް އެދެމެވެ.