ވިލާ ފައުންޑޭޝަންގެ ޗެއާމަން އަދި ރައްޔިތުންގެ މަޖިލިސް މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމްގެ އެހީގައި އދ.މާމިގިލީގައި އަޅާ ފުލުހުންގެ މަރުކަޒު ބިނާކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށް އެތަނުގެ ބިންގާ އިއްޔެ އަޅައިފިއެވެ.

މިކަމަށް މާމިގިލީގައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، ފުލުހުންގެ މަރުކަޒު ބިނާކުރުމުގެ އެއްބަސްވުމުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ސޮއިކުރައްވައި، ބިންގާ އަޅުއްވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއުއެވެ. ވިލާ ފައުންޑޭޝަންގެފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޗެއާމަން އަދި ރައްޔިތުންގެ މަޖިލިސް މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމްއެވެ.

Ad
rt

ފުލުހުންގެ ޚިދުމަތުން ބުނިގޮތުގައި މިތަނަކީ ގާސިމް އިބްރާހީމްގެ ހިލޭ އެހީގެ ދަށުން ބިނާކޮށްދެއްވާ މަރުކަޒެކެވެ.

ޤާސިމްގެ އެހީގައި މާމިގިލީގައި އަޅާ ފުލުހުންގެ މަރުކަޒުގެ އެއްބަސްވުމުގައި ސޮއިކުރެއްވުން

މި މަރުކަޒު ބިނާކުރަނީ އޮފީސް އިމާރާތާއި، ފުލުހުންގެ އެކަމޮޑޭޝަން އަދި މެސްރޫމް ވެސް ހިމެނޭ ގޮތަށެވެ.

މި އިމާރާތް ނިންމައި ފުލުހުންނާ ހަވާލުކުރުމަށް ހަމަޖެހިފައިވަނީ 10 އޭޕްރިލް 2025 ފެށިގެން އެއް އަހަރު ދުވަހުގެ ތެރޭގައެވެ.

ޤާސިމް ވަނީ ދާދިފަހުން މާމިގިލީގައި މިސްކިތެއް ވެސް ބިނާކޮށްދެއްވާފައެވެ. އަދި އެރަށުގައި މިހާރު ވެސް ޤާސިމް ދެ މިސްކިތެއް ބިނާކޮށްދެއްވަމުން އެބަގެންދަވައެވެ.