ރައީސް، މަސް ގަންނަ އަގު 20ރ. އަށް މަތިކޮށްދޮށްދޭނެކަމުގެ ޔަޤީންކަން ދެއްވައިފި
މަސް ގަންނަ އަގު 20 ރުފިޔާއަށް މަތިކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދެއްވައިފިއެވެ. ރައީސް މި ޔަގީންކަން ދެއްވީ މިއަދު ކެޔޮޅުންނާއެކު ކުރިއަށްގެންދެވި ބައްދަލަވުމުގައެވެ. ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވުނު މި ބައްދަލުވުމުގައި، ކެޔޮޅުން ވަނީ ސަރުކާރުގެ ވަޢުދާ އެއްގޮތަށް މަހުގެ އަގު 20 ރުފިޔާއަށް ބަދަލުކޮށްދިނުމަށް އެދިފައެވެ. މީގެ އިތުރުން، މިފްކޯއިން ތެޔޮ ލިބުމުގެ އިންތިޒާމު ފަސޭހަކުރުމަށާއި، މަސްކިރުމުގައި ޑިޖިޓަލް ކަށި ބޭނުންކުރުމަށް ބަދަލުކުރުމަށާއި، މަސ...