މިޤައުމުގެ ކޮންމެ އަކައިންޗިއެއް ބަހަލައްޓާނީ އަމިއްލައަށް: ރައީސް
ދިވެހިރާއްޖެ އަކީ ފަޚުރުވެރި މިނިވަން ޤައުމެއް ކަމަށާއި މިޤައުމުގެ ކޮންމެ އަކައިންޗިއެއް ބަހަލައްޓާނީ ދިވެހިން އަމިއްލައަށް ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރާ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ދިވެހި ސިފައިންނާއި ފުލުހުންނާ މުޚާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މިނިވަންދުވަހެއްގައި، ސިފައިންނާއި ފުލުހުން އެކުގައި ރައީސަކު ބޭއްވެވި މިފަދަ ފުރަތަ ޖަލްސާގަައި ދެއްވި ވާހަކަފުޅުގައި ރައީސް ވަނީ ސަރުކާރުން ދިވެހި...