ދިވެހި ފުލުހުންގެ ޚިދުމަތުން ފ. ނިލަންދޫގައި ހިންގި މަސްތުވާތަކެތީގެ ތިން އޮޕަރޭޝަނެއްގައި ޖުމްލަ 9 މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މައުލޫމާތުދިން ގޮތުގައި، މި އޮޕަރޭޝަންތަކުގެ ތެރެއިން އެއް އޮޕަރޭޝަނަކީ ނިލަންދޫ ގެއެއްގައި މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މި މަހުގެ 16 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި، ކޯޓު އަމުރެއްގެ ދަށުން އެ ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވެއެވެ.

Ad
rt

މި މައްސަލައާ ގުޅިގެން އެވަގުތު އެގޭގައި ތިބި، އެކި ރަށްރަށަށް ނިސްބަތްވާ ނުވަ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެ ނުވަ މީހުންނަކީ،

  • މުޙައްމަދު ވިސާލު (19އ) އއ. ރަސްދޫ / ދޫގަސް،
  • މުޝްހަފް މުފީދު (22އ) ލ.ގަން، ތުނޑި. ހެދޭކުރި،
  • އިބްރާހީމް ލޫޠް (20އ) ނ. ލަންދޫ / ފިނިވާގެ،
  • ޢަލީ ނަވާފު (21އ) ތ. ގުރައިދޫ / ފަޒާ،
  • އަޙްމަދު އަބާން ޢަލީ (20އ) ސ. ހިތަދޫ / ގާފިލާ،
  • ޢަބްދުﷲ ލައިޝަމް (20އ) ހދ. ނޮޅިވަރަންފަރު / އަންނާރުގެ،
  • އަޙްމަދު ޢުޘްމާން (20އ) ސ. މީދޫ /ޝީން ،
  • އިބްރާހީމް ނައްފާޒް (26އ) މާލެ / ދަފްތަރު ނަންބަރު ދރ 1438،
ޑްރަގް މައްސަލާގައި ހައްޔަރުކުރި 9 ީހުންގެ ތެރެއިން ހަތަރު މީހުން، ފޮޓޯ: ޕޮލިސް

ހައްޔަރުކުރެވުނު މީހުންގެ މުއްދަތު ޖެހުމަށް ކޯޓަށް ހާޟިރުކުރުމުން އޭގެތެރެއިން އެކަކު ދޫކޮށްލާފައިވާއިރު، 19 އަހަރުގެ މުޙައްމަދު ވިސާލު 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފަވެއެވެ. އަދި އެހެން ހަތް މީހުން 10 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މީގެއިތުރުން، ނިލަންދޫއަށް މަސްތުވާތަކެތި އެތެރެކުރާކަމުގެ މައުލޫމާތާ ގުޅިގެން ހިންގި އެހެން އޮޕަރޭޝަނެއްގައި، ނިލަންދޫ ބަނދަރުމަތިން 19 އަހަރުގެ މުޙައްމަދު މާނިޢު ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 6 ސެލޯފިންކޮޅު ފެނި، އޭނާ ވެސް ވަނީ 10 ދުވަހަށް ބަންދުކޮށްފައެވެ.

މި ދެ މައްސަލަ ވެސް މިހާރު ދަނީ ނިލަންދޫ ޕޮލިސް ސްޓޭޝަނުން ތަޙުޤީޤުކުރަމުންނެވެ.