މައި ޚަބަރަށް ދިޔުމަށް

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,448 Stories
2,699 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

48 ގަޑިއިރު ތެރޭ މާލޭގެ 501 ތަނެއް ބަލާފާސްކޮށްފި
Raajje

48 ގަޑިއިރު ތެރޭ މާލޭގެ 501 ތަނެއް ބަލާފާސްކޮށްފި

‏ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި މާލޭގެ 501 ތަނެއް ބަލާފާސްކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނީ، މާލޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގައި ގޭންގް ކްރައިމް ސަޕްރެޝަން ޑިޕާރޓްމަންޓުން ހާއްސަ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ. މިގޮތުން ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި މާލޭގެ 501 ސަރަހައްދެއް ބަލައިފާސްކޮށް، 129 އިންޓަރެކްޝަން ހަދާފައިވާކަމަށް ފުލުހުން ބުންޏެވެ. މި އޮޕަރޭޝަންގެ އިތުރު ފަތްސީލު ފުލުހުން އަދި ހާމައެއް ނުކުރެއެވެ. ގޭންގް ކްރައިމ...

މިދިޔަ ދެ އަހަރު ތެރޭ ސިޔާސީ ހައްޔަރީން ނުތިބޭނެ: ރައީސް
Raajje

މިދިޔަ ދެ އަހަރު ތެރޭ ސިޔާސީ ހައްޔަރީން ނުތިބޭނެ: ރައީސް

މި ސަރުކާރުގެ މިދިޔަ ދެ އަހަރު ތެރޭ ސިޔާސީ ހައްޔަރީން ފެނިފައިނުވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީން) މާލޭގެ އާޓިފިޝަލް ބީޗް ސަރަހައްދުގައި ރޭ ބޭއްވި ބޮޑު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވިގޮތުގައި، ޤައުމީ ދިފާޢީ ނިޒާމު ހަރުދަނާކުރައްވަނީ، ރައްކާތެރިކަން އިތުރުކުރެއްވުމަށް ކަމަށެވެ. އަދި ދާޚިލީ ހަމަޖެހުމަށްވެސް މުހިންމު މަސައްކަތ...

އިސްރާއީލް ފިޔަވައި އެހެން ހުރިހާ ޤައުމަކަށް ރާއްޖެއިން މަރުޙަބާކިޔާނަން: ރައީސް
Raajje

އިސްރާއީލް ފިޔަވައި އެހެން ހުރިހާ ޤައުމަކަށް ރާއްޖެއިން މަރުޙަބާކިޔާނަން: ރައީސް

އިސްރާއީލް ފިޔަވައި އެހެން ހުރިހާ ޤައުމަކަށް ދިވެހިރާއްޖެއިން މަރުޙަބާކިޔާނެމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީން) މާލޭގެ އާޓިފިޝަލް ބީޗް ސަރަހައްދުގައި ރޭ ބޭއްވި ބޮޑު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި ވަނީ، ސަރުކާރުގެ ހުރިހާ ސިޔާސަތެއް ބިނާކުރައްވާފައިވާ މައިގަނޑު ތިން ދާއިރާ ކަމުގައިވާ ހަމަޖެހުން، ތަރައްޤީ އަދި ރައްކާތެރިކަމުގެ މައްޗަށްކަމަށް ވިދާޅުވެފައެވެ. އަދި...

މަހްލޫފާއި އިމާދު ލަތީފް ޕީއެންސީ އަށް
Raajje

މަހްލޫފާއި އިމާދު ލަތީފް ޕީއެންސީ އަށް

އެމްޑީޕީ ސަރުކާރުގެ ކުރީގެ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފާއި، ތަޖުރިބާކާރު ނޫސްވެރިޔާ އިމާދު ލަތީފް، ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް މިރޭ ސޮއިކުރަށްވައިފިއެވެ. 10 އަހަރު އެމްޑީޕީގެ މެމްބަރެއް ގޮތުގައި ހުންނެވުމަށްފަހު މަހްލޫފް އެ ޕާޓީން ވަކިވެވަޑައިގަތީ 8 ސެޕްޓެމްބަރު 2025 ގައެވެ. އަދި އޭނާ ވަނީ ސަރުކާރާއި ގުޅެން އުޅޭކަމުގެ އިޝާރާތެއް އެއިރު ދެއްވާފައެވެ. ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރުކަން ވެސް ދެ ދައުރަކު ކުރަށްވާފައިވާ މަހްލޫފް ޕީއެންސީ އަށް...

ގިނަ އަދަދެއްގެ މީހުންނާއެކު ޕީއެންސީގެ ބޮޑު ޖަލްސާ ފަށައިފި
Raajje

ގިނަ އަދަދެއްގެ މީހުންނާއެކު ޕީއެންސީގެ ބޮޑު ޖަލްސާ ފަށައިފި

ގިނަ އަދަދެއްގެ މީހުންނާއެކު ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ބޮޑު ޖަލްސާ މާލޭގެ އާޓިފިޝަލް ބީޗުގައި ފަށައިފިއެވެ. ”ދިވެހިންގެ ރާއްޖެ ޖަލްސާ” ނަމުގައި މިހާރު ފަށާފައިވާ މި ޖަލްސާގައި އެތައް ސަތޭކަ ބަޔަކު އަންނަނީ ބައިވެރިވަމުންނެވެ. މި ޖަލްސާގައި މުޅި އާޓިފީިޝަލް ބީޗު ސަރަހައްދު ވަނީ ސަރުކާރުގެ ސަޕޯޓަރުންނާ އެކު ފުރާލާފައެވެ. މި ޖަލްސާގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ޕީއެންސީގެ ސަޕޯޓަރުން އަންނަނީ ބައިވެރިވަމުންނެވެ. މި ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި […]

ކަންނެލި މަސްވެރީންގެ ކަންބޮޑުވުންތަކަށް ދެމެހެއްޓެނިވި ހައްލެއް ނުލިބޭނަމަ ސިނާޢަތް ނެތި ހިނގައިދާނެ: ބީކޭއެމްޔޫ
Raajje

ކަންނެލި މަސްވެރީންގެ ކަންބޮޑުވުންތަކަށް ދެމެހެއްޓެނިވި ހައްލެއް ނުލިބޭނަމަ ސިނާޢަތް ނެތި ހިނގައިދާނެ: ބީކޭއެމްޔޫ

ކަންނެލި މަސްވެރިންގެ ދިގުދެމިފައިވާ ކަންބޮޑުވުންތަކަށް ދެމެހެއްޓެނިވި އަދި ހަރުދަނާ ހައްލެއް ނުހޯދިއްޖެނަމަ، ދިވެހިރާއްޖޭގެ މި މުހިންމު މަސްވެރިކަމުގެ ސިނާޢަތް ނެތިދިއުމުގެ ބިރު ބޮޑުވެފައިވާ ކަމަށް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން ( ބީކޭއެމްޔޫ )އިން ބުނެފިއެވެ. ބީކޭއެމްޔޫ އަކީ ބޮޑުކަންނެލި މަސްވެރިކަމުގެ ސިނާޢަތާއި މަސްވެރިންގެ ޙައްޤުތައް ޙިމާޔަތްކޮށް، ސިނާޢަތް ކުރިއަރުވާ ދެމެހެއްޓުމަށް މަސައްކަތްކުރާ ޔޫނިއަނެކެވެ. އެ ޔޫނިއަނުން ނެރުނު ބަޔާނެއްގައި ބުނީ މި ސިނާޢަތް ކުރިއެރުވުމަށްޓަކައި ސަރުކާ...

އައިހަމް އެފްއޭއެމާއި ގައުމީ ޓީމާއި ސަޕޯޓަރުންގެ ކިބައިން މަޢާފަށް އެދިއްޖެ
Thiladhunmathi News

އައިހަމް އެފްއޭއެމާއި ގައުމީ ޓީމާއި ސަޕޯޓަރުންގެ ކިބައިން މަޢާފަށް އެދިއްޖެ

ހއ. އުތީމުން އުފެދުނު ކުޅަދާނަ ފުޓްބޯޅަ ކުޅުންތެރިޔާ، މިޑްފީލްޑަރު، އަހުމަދު އައިހަމް (ފަތޯ) ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި ސަޕޯޓަރުންގެ ކިބައިން މަޢާފަށް އެދިއްޖެއެވެ. އެފްއޭއެމް އިން ވަނީ 10 އޮކްޓޯބަރު 2025 ގައި އައިހަމް ގައުމީ ސްކޮޑުން ބާކީކޮށްފައެވެ. އެކަން ހާމަކޮށް އެދުވަހު ނެރުނު ބަޔާނެއްގައި އެ އިދާރާއިން ބުނީ އައިހަމް ހުއްދަ ހޯދުމެއްނެތި ފުޓްސަލް މުބާރާތެއްގައި ކުޅެފައިވާކަމަށެވެ. އަދި އެ ދުވަހު އޮތް ގައުމީ ޓީމުގެ ޕްރެކްޓިސް ސެޝަނުގައި ވެސް ބައިވެރިވެފައިނުވާކަމަ...

ހުތުބާއިން ޙަދީޘު ޖިބުރީލުގެ ނަމުން މަޝްހޫރުވެފައިވާ ޙަދީޘްފުޅު
Column

ހުތުބާއިން ޙަދީޘު ޖިބުރީލުގެ ނަމުން މަޝްހޫރުވެފައިވާ ޙަދީޘްފުޅު

މިއަދު ރާއްޖޭގައި ގެނެސްދިން ހުކުރު ހުތުބާގެ މައިގަނޑު ބިނާކޮށްފައި ވަނީ ”ނަބަވީ ޙަދީޘްފުޅުތަކުގެ ތެރެއިން ޙަދީޘު ޖިބުރީލުގެ ނަމުން މަޝްހޫރުވެފައިވާ ޙަދީޘްފުޅު”ގެ މައްޗަށެވެ. މި ހުތުބާގައި އަލިއަޅުވާލާފައި ވަނީ ”ތައުޙީދުގެ މަތީގައި ދަރީން ތަރުބިޔަތުކުރުން” މި މައުޟޫއަށެވެ. މި ރިޕޯޓުގައި މި ޙަދީޘްފުޅުގެ މުހިންމުކަމާއި، މުޖުތަމަޢަށް އޭގެ ފައިދާ ކުރާނެ ގޮތްތަކާއި، މި ޙަދީޘްފުޅުން ލިބޭ ފިލާވަޅުތަކުގެ މައްޗަށް ބަލާލެވޭނެއެވެ. ޙަދީޘު ޖިބުރީލުގެ ނަމުން މަޝްހޫރުވެފައިވާ ޙަދީޘްފުޅުނަބަވީ ޙަދީޘްފުޅުތަކުގެ...

އިހަވަންދޫ ކޮޅަށް 6 ގޯލުޖަހައި ހއ.އަތޮޅުގެ ޗެމްޕިއަންކަން ދިއްދޫ ހޯދައިފި
Thiladhunmathi News

އިހަވަންދޫ ކޮޅަށް 6 ގޯލުޖަހައި ހއ.އަތޮޅުގެ ޗެމްޕިއަންކަން ދިއްދޫ ހޯދައިފި

އަތޮޅުތެރޭގެ ޓީމުތައް ދިވެހި ޕްރިމިއާ ލީގުން ޖާގަ ދިނުމުގެ ފުރަތަމަ މަރުހަލާގައި ކުޅޭ ބީއޭއެމްއެލް އެޓޯލް ޗެމްޕިއަންޝިޕްގެ ހއ. އަތޮޅުގެ މުބާރާތުގެ ޗެމްޕިއަންކަން ދިއްދޫ ހޯދައިފިއެވެ. މި މުބާރާތުގެ ހއ. އަތޮޅުން ބައިވެރިވީ އެ އަތޮޅުގެ ވެރިރަށް ދިއްދޫ އާއި އިހަވަންދޫ އެވެ. އެހެންވެ މި މުބާރާތުގެ ޗެމްޕިއަންޓީމު ކަނޑައެޅީ ދެ މެޗު ކުޅެގެންނެވެ. މިގޮތުން ފުރަތަމަ މެޗު ކުޅެފައި ވަނީ 9 އޮކްޓޯބަރު 2025 ގައި އިހަވަންދޫގައެވެ. އެ މެޗު ދިއްދޫ ކާމިޔާބުކުރީ 1-3 އިންނެވެ. […]

"ހެލްތު އެކްސްޕޯ 2025" ފަށައިފި
Raajje

"ހެލްތު އެކްސްޕޯ 2025" ފަށައިފި

ދުޅަހެޔޮ ޖީލެއް ބިނާކުރުމަށްޓަކައި އާންމުން ހޭލުންތެރިކުރުމަށް ޞިއްޙީ ވުޒާރާއިން އިސްނަގައިގެން ބާއްވާ “ހެލްތު އެކްސްޕޯ 2025” މިއަދު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ފަށައިފިއެވެ. މި އެކްސްޕޯ ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދެވެ. “ދުޅަހެޔޮ ޖީލަކަށް އެންމެން އެކުގައި” މި ޝިއާރުގެ ދަށުން ކުރިއަށްދާ މި އެކްސްޕޯގެ މައިގަނޑު މަޤްޞަދަކީ، ދުޅަހެޔޮ މުޖުތަމަޢުއެއް ބިނާކުރުމަށް ބޭނުންވާ ޞިއްޙީ އާދަތަކާއި، އެކަމާގުޅޭ މައުލޫމާތު އާންމުންނާ ހިއްސާކުރުމެވެ. މި އެކްސްޕޯ...

ހަމައެކަނި ރަށަށް ނިސްބަތްވާ ކުޅުންތެރިން ހިމަނައިގެން ހަނިމާދޫ ހޯދީ ބޮޑު ކާމިޔާބީއެއް: ފިރާގް
Thiladhunmathi News

ހަމައެކަނި ރަށަށް ނިސްބަތްވާ ކުޅުންތެރިން ހިމަނައިގެން ހަނިމާދޫ ހޯދީ ބޮޑު ކާމިޔާބީއެއް: ފިރާގް

އަތޮޅުތެރޭގެ ޓީމުތައް ދިވެހި ޕްރިމިއާ ލީގުން ޖާގަ ދިނުމުގެ ފުރަތަމަ މަރުހަލާގައި ކުޅޭ ބީއޭއެމްއެލް އެޓޯލް ޗެމްޕިއަންޝިޕްގެ ހދ. އަތޮޅުގެ މުބާރާތުގައި ހަމައެކަނި ހަނިމާދޫ ކުޅުންތެރިން ހިމަނައިގެން ކުޅުނު ހަނިމާދޫ ޓީމުން ހޯދި ނަތީޖާއަކީ ބޮޑު ކާމިޔާބެއްކަމަށް ހަނިމާދޫ ކައުންސިލްގެ ނައިބު ރައީސް ފިރާގް މުޙައްމަދު ވިދާޅުވެއްޖެއެވެ. 11 ނޮވެމްބަރު 2025 ގައި ކުޅުނު މި މުބާރާތުގެ ފައިނަލްގައި 3-1 ކުޅުދުއްފުށީ އަތުން ބަލިވުމުން ހަނިމާދޫ އަށް ވަނީ ޗެމްޕިއަންކަން ގެއްލިފައެވެ. ޗެމްޕިއަންކަން ގެއްލުނު ނަމަވެސ...

އެމްއެންޔޫގައި ހިންގާ ނޫސްވެރިކަމާއި ގުޅޭ ކޯސްތައް ކިޔަވާ ދަރިވަރުންނަށް މާލީ އެހީދިނުމުގެ އެއްބަސްވުމެއް
Raajje

އެމްއެންޔޫގައި ހިންގާ ނޫސްވެރިކަމާއި ގުޅޭ ކޯސްތައް ކިޔަވާ ދަރިވަރުންނަށް މާލީ އެހީދިނުމުގެ އެއްބަސްވުމެއް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) ގައި ހިންގާ ނޫސްވެރިކަމާއި ގުޅޭ ކޯސްތައް ކިޔަވާ ދަރިވަރުންނަށް މާލީ އެހީތެރިކަން ފޯރުކޮށް ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި ފަހުމުނާމާގައި ސޮއިކުރެވުނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމް.އެން.ޔޫ) އާއި ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާއި ބެހޭ ވުޒާރާއާއި ދެމެދުގައެވެ. މި އެއްބަސްވުމުގައި ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާއި ބެހޭ ވުޒާރާގެ ފަރާތުން އެ ވުޒާރާގެ ވަޒީރު، ޑރ. އިބްރާހިމް ވަހީދު (އަސްވާޑު) އެވެ. އ...

86 ތަނެއް ބަލައި ފާސްކޮށް 97 މީހަކު ހައްޔަރުކޮށްފި
Raajje

86 ތަނެއް ބަލައި ފާސްކޮށް 97 މީހަކު ހައްޔަރުކޮށްފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އެންގެވުމަކަށް ފުލުހުންގެ ޚިދުމަތުން މިއަދު މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންނާ ދެކޮޅަށް ފެށި ހާއްސަ އޮޕަރޭޝަން ”އޮޕަރޭޝަން އަލިމަގު”ގެ ތެރެއިން 86 ތަނެއް ބަލާފާސްކޮށް 97 މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނިގޮތުގައި މިއަދު ހެނދުނު 05:30 ގައި ފެށި މި އޮޕަރޭޝަންގައި 500 އަށްވުރެ ގިނަ ފުލުހުން ބައިވެރިވެ، ސްޕެޝަލައިޒްޑް ޑިޕާޓްމަންޓްތަކާއި ރީޖަންތަކުން ވިލަރެސްކުރެވިގެން އެކުލަވާލެވިފައިވާ ޓީމުތަކުން މުޅި ރާއްޖޭގެ 100 އަށްވުރެ ގިނަ ތަންތަނުގައި އެއްވަގުތެއްގަ...

އީ-ވިސާއަށް އެދި ހުށަހެޅޭނީ މި މަހުގެ 23 އިން ފެށިގެން
Raajje

އީ-ވިސާއަށް އެދި ހުށަހެޅޭނީ މި މަހުގެ 23 އިން ފެށިގެން

އީ-ވިސާ އަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނީ މި ނޮވެންބަރު މަހުގެ 23 ވަނަ ދުވަހުން ފެށިގެންކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ. މި ޚިދުމަތް ރަސްމީކޮށް 10 ނޮވެންބަރު 2025 ގައި ތަޢާރަފްކޮށްފައިވީނަމަވެސް، އީ-ވިސާގެ ޚިދުމަތަށް އެދި ހުށަހަޅާ ފަރާތްތަކަށް އެ މަރުޙަލާއަށް ތައްޔާރުވުމަށް ފުރުސަތު ދިނުމުގެ ގޮތުން، އެޕްލިކޭޝަންތައް ބަލައިގަތުން ފަށާނީ 23 ނޮވެންބަރު 2025 އިން ފެށިގެން ކަމަށް އިމިގްރޭޝަނުން ނެރުނު މެސެޖެއްގައި ބުނެފަވެއެވެ. އީ-ވިސާއަށް އެދި ހުށަހެޅުމަށް ޢަމަލުކުރަންޖެހޭ ގޮތުގ...

ރާއްޖެ-ފަލަސްތީނު މެޗުގެ ފުރަތަމަ ޓިކެޓް ބައްލަވައިގަތީ ރައީސް
Raajje

ރާއްޖެ-ފަލަސްތީނު މެޗުގެ ފުރަތަމަ ޓިކެޓް ބައްލަވައިގަތީ ރައީސް

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖެއާއި ފަލަސްޠީނުގެ 17 އަހަރުން ދަށުގެ ފުޓްބޯޅަ ޓީމާ ދެމެދު ކުޅެވޭ ފުޓްބޯޅަ މެޗުގެ ސްވެނިއާ ޓިކެޓް ބައްލަވައިގެންފިއެވެ. ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނިގޮތުގައި މި މެޗުގެ ޓިކެޓް އެންމެ ފުރަތަމަ ބައްލަވައިގަތީ ރައީސް މުޢިއްޒެވެ. މި ރަމްޒީ ޓިކެޓު ރައީސް މުޢިއްޒު އާއި ޙަވާލުކޮށްދެއްވީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި އެފް.އޭ.އެމްގެ ރައީސް އަޙުމަދު ތާރިޤު (ޓޮމް) އެވެ. ދިވެހިރާއްޖެއާއި ފަލަސ...