ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި މާލޭގެ 501 ތަނެއް ބަލާފާސްކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ، މާލޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގައި ގޭންގް ކްރައިމް ސަޕްރެޝަން ޑިޕާރޓްމަންޓުން ހާއްސަ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ.
މިގޮތުން ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި މާލޭގެ 501 ސަރަހައްދެއް ބަލައިފާސްކޮށް، 129 އިންޓަރެކްޝަން ހަދާފައިވާކަމަށް ފުލުހުން ބުންޏެވެ.
މި އޮޕަރޭޝަންގެ އިތުރު ފަތްސީލު ފުލުހުން އަދި ހާމައެއް ނުކުރެއެވެ.
ގޭންގް ކްރައިމް ސަޕްރެޝަން ޑިޕާރޓްމަންޓުން ހާއްސަ އޮޕަރޭޝަނެއް ހިންގާފައިވާރު، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އެންގެވުމަކަށް ފުލުހުންގެ ޚިދުމަތުން މިދިޔަ ބުރާސްފަތި (13 ނޮވެމްބަރު 2025)ގައި ވަނީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންނާ ދެކޮޅަށް ''އޮޕަރޭޝަން އަލިމަގު" ނަމުގައި ހާއްސަ އޮޕަރޭޝަނެއް ފަށާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!