ގިނަ އަދަދެއްގެ މީހުންނާއެކު ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ބޮޑު ޖަލްސާ މާލޭގެ އާޓިފިޝަލް ބީޗުގައި ފަށައިފިއެވެ.
''ދިވެހިންގެ ރާއްޖެ ޖަލްސާ'' ނަމުގައި މިހާރު ފަށާފައިވާ މި ޖަލްސާގައި އެތައް ސަތޭކަ ބަޔަކު އަންނަނީ ބައިވެރިވަމުންނެވެ.
މި ޖަލްސާގައި މުޅި އާޓިފީިޝަލް ބީޗު ސަރަހައްދު ވަނީ ސަރުކާރުގެ ސަޕޯޓަރުންނާ އެކު ފުރާލާފައެވެ.
ޕީއެންސީގެ ބޮޑުޖަލްސާ، ފޮޓޯ: ޕީއެންސީ
މި ޖަލްސާގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ޕީއެންސީގެ ސަޕޯޓަރުން އަންނަނީ ބައިވެރިވަމުންނެވެ.
މި ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި ސަރުކާރުގެ އިސްވެރިންނާއި، ކުންފުނިތަކުގެ އިސްވެރިން ވެސް އަންނަނީ ބައިވެރިވަމުންނެވެ.
ޕީއެންސީން މިރޭ ބޮޑު ޖަލްސާއެއް މާލޭގައި ބާއްވަމުން އަންނައިރު، ޕީ އެންސީގެ ސަރުކާރަށް މި މަހުގެ 17 ގައި ދެ އަހަރު ވާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!