ކުޅުދުއްފުށީ ޑަބްލިޔުޑީސީން ބާއްވާ ''ޑަބްލިޔުޑީސީ އެކްސްޕޯ''ގައި ބައިވެރިވުމުގެ ފުރުސަތު
ހދ. ކުޅުދުއްފުށީ ސިޓީގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާބ ކޮމެޓީ (ޑަބްލިޔުޑީސީ) އިން ބާއްވާ ”ޑަބްލިޔުޑީސީ އެކްސްޕޯ 2025”ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އެކަން ހާމަކޮށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ކޮށްފައިވާ ޢިއުލާނުގައި ބުނެފައިވާގޮތުން މި މަޢުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ 6 ޑިސެމްބަރު 2025 ވާ ހޮނިހިރު ދުވަހު ހެނދުނު 8:30 އިން ރޭގަނޑު 22:00 އަށެވެ. ނަމަވެސް ތާރީޚަށް ބަދަލުއައުމަކީ އެކަށީގެންވާ ކަމެއްކަމުގައި ސިޓީ ކައުންސިލުން ބުންޏެވެ. ކުޅުދުއްފުށީގެ ބީޗު ހޭންޑް ބޯލ...