ކުޅުދުއްފުށި ސިޓީ ކައުންސިލްގެ އިދާރާގެ އައު ރިސެޕްޝަން އޭރިއާ ތަރައްގީކޮށް ނިންމުމަށްފަހު ހުޅުވާލައިފިއެވެ.

ކުޅުދުއްފުށި ސިޓީ ކައުންސިލުން މިއަދު ބުނީ އެ ކައުންސިލް އިދާރާގެ އައު ރިސެޕްޝަން އޭރިއާ މިހާރު ވަނީ ތަރައްޤީކުރެވި، ރައްޔިތުންނަށް ބޭނުންކުރުމަށް ހުޅުވާލާފައިކަމަށެވެ.

Ad
rt

‘’އަޅުގަނޑުމެންގެ އަމާޒަކީ، މި އިދާރާއިން ފޯރުކޮށްދޭ ހިދުމަތްތަކަށް ފަސޭހައިން އެދިލައްވާ، ރައްޔިތުންނަށް އަވަސް އަދި ފުރިހަމަ ހިދުމަތްތަކެއް ފޯރުކޮށްދިނުން.’’ ސިޓީ ކައުންސިލުން ބުނެފަވެއެވެ.

މީގެ އިތުރުން ކުރިއަށް އޮތް ތަނުގައި، އިދާރީ ހިދުމަތްތައް ފުޅާކޮށް ޒަމާނީ ވަސީލަތްތަކާއި އެކު އިތުރަށް ތަރައްޤީކުރުމަކީ ވެސް ސިޓީ ކައުންސިލްގެ އަމާޒެއްކަމަށް އެ ކައުންސިލުން ބުންޏެވެ.