އަމިއްލަ އިސްނެގުމުގައި ހާމަކުރަން ލާޒިމުކުރާ ހުރިހާ މައުލޫމާތެއް ށ.ފޭދޫ ކައުންސިލުގެ ވެބްސައިޓުގައި ޝާއިއުކޮށްފިއެވެ.
އިންފޮމޭޝަން ކޮމިޝަނަރގެ އޮފީހުން ބުނީ އަމިއްލަ އިސްނެގުމުގައި ހާމަކުރަން ލާޒިމުކުރާ ހުރިހާ މައުލޫމާތެއް ށ.ފޭދޫ ކައުންސިލުގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާކަމަށެވެ. އެހެންވެ، އެ އޮފީހުން ވަނީ ފޭދޫ ކައުންސިލަށް މަރުޙަބާ ކިޔާފައެވެ.
އިންފޮމޭޝަން ކޮމިޝަނަރގެ އޮފީހުން ފާހަަގަކޮށްފައިވާގޮތުގައި ށ. ފޭދޫ ކައުންސިލަކީ އަމިއްލަ އިސްނެގުމުގައި ހާމަކުރަންޖެހޭ މަޢުލޫމާތު ފުރިހަމައަށް ޝާއިއުކުރި 5 ވަނަ ރަށު ކައުންސިލެވެ.
އެ އޮފީހުން ހާމަކުރިގޮތުގައި، ށ.ފޭދޫ ކައުންސިލުން މި މައުލޫމާތު ޝާޢިއުކުރުމާއެެކު، މުޅި ރާއްޖޭގެ ހުރިހާ ދައުލަތުގެ އިދާރާތަކުގެ ތެރެއިން 15 އިދާރާއަކުން ވަނީ މިހާތަނަށް މި މަޢުލޫމާތު ޝާޢިއުކޮށްފައެވެ.
މިގޮތަށް ޝާޢިއުކުރި އިދާރާ ކައުންސިލްތަކުގެ ތެރޭގައި ހއ. މުރައިދޫ ކައުންސިލާއި، ށ. މާއުނގޫދޫ ކައުންސިލާއި، ފެމިލީ ކޯޓާއި، މުލަކު އަތޮޅު ކައުންސިލްގެ އިދާރާއާއި، މުލަކު އަތޮޅު މުލަކު ކައުންސިލާއި އަދި ފ.މަގޫދޫ ކައުންސިލް ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!