ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް، އައްޑޫސިޓީގައި އޮންނަ ޝަންގުރިއްލާ ވިލިނގިލި ރިސޯޓް އެންޑް ސްޕާ ބޮޑު މަރާމާތަކަށް ފަހު މިއަދު އަލުން ހުޅުވައިފިއެވެ. މިއީ ކޮވިޑް-19 އާ ގުޅިގެން 2020 ވަނަ އަހަރު ބަންދުކުރި ފަހުން މި ރިސޯޓު ހުޅުވި ފުރަތަމަ ފަހަރެވެ.

މިއަދު މި ރިސޯޓު އަލުން ހުޅުވުމާއެކު، ރިސޯޓަށް ޒިޔާރަތްކުރި ފުރަތަމަ ފަތުރުވެރިޔާއަށް ވަނީ ހޫނު މަރުޙަބާއެއް ކިޔާފައެވެ. ޖުމްލަ 132 ވިލާ ހިމެނޭ މި ރިސޯޓަކީ ރާއްޖޭގެ އެންމެ މަތީ ފަންތީގެ ރިސޯޓުތަކުގެ ތެރޭގައި ހިމެނޭ އެއް ރިސޯޓެވެ.

Ad
rt

ޓޫރިޒަމް މިނިސްޓްރީން ފާހަގަކުރި ގޮތުގައި، މި ރިސޯޓް އަލުން ހުޅުވުމަކީ އައްޑޫގެ އިޤްތިޞާދަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. އަދި މީގެ ސަބަބުން އައްޑޫގެ ރައްޔިތުންނަށް ގިނަ ވަޒީފާގެ ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.

ޝަންގްރިއްލާ ވިލިނގިލި ބަންދުކޮށްފައިވަނީ ކޯވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން 2020 ވަނަ އަހަރުގެ އޭޕްރީލް މަހުއެވެ. އެ ރިސޯޓު ބަންދުކުރުމާއެކު 500 އަށްވުރެ ގިނަ މުވައްޒަފުންގެ ވަޒީފާ އެއިރު ވަނީ ގެއްލިފައެވެ.

މި ރިސޯޓު އަލުން އޮޕަރޭޝަނަށް ގެނެސްދިނުމަކީ ރައީސް މުއިއްޒުގެ 2023 ގެ ރިޔާސީ ކެމްޕެއިންގައި އައްޑޫ ރައްޔިތުންނަށް ވެވަޑައިގެންނެވި އެންމެ މުހިންމު އެއް ވައުދުފުޅެވެ.