އައު ޤާނޫނުގެ ދަށުން ފުރަތަމަ ފަހަރަށް ގޭންގެއް ކަމަށް ކަނޑައެޅުމަށް ކޯޓަށް
އައްޑޫސިޓީ ހިތަދޫގައި ހަރަކާތްތެރިވާ “ސްކޫޕު” ގްރޫޕަކީ އިންތިޒާމުވެގެން ކުށްކުރާ ގޭންގެއްގެ ގޮތުގައި ކަނޑައަޅައިދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅައިފިއެވެ. މިއީ ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ އައު ޤާނޫނުގެ ދަށުން ގޭންގެއް ކަމަށް ކަނޑައެޅުމަށް ކޯޓަށް ހުށަހެޅި ފުރަތަމަ މައްސަލައެވެ. ޕީޖީ އޮފީހުން ހައިކޯޓަށް ހުށަހެޅި މި މައްސަލާގައި، “ސްކޫޕު”، “ސްކޫޕު ކަންމަތި” ނުވަތަ “SKP” ގުރޫޕަކީ އިންތިޒާމުވ...