Skip to main content

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,448 Stories
2,690 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

އީދު ފާހަގަކުރުމުގެ ތެރެއިން ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ހަނިމާދޫ އިސްތިހާރުކުރަނީ
Thiladhunmathi News

އީދު ފާހަގަކުރުމުގެ ތެރެއިން ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ހަނިމާދޫ އިސްތިހާރުކުރަނީ

ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ހދ. ހަނިމާދޫ އިސްތިހާރުކުރުމަށާއި، ކުރިއަށް އޮތް 1447 ވަނަ އަހަރުގެ ފިތުރު އީދާއި އަޟުޙާ އީދު އެ ރަށުގައި ކުލަގަދަކޮށް ފާހަގަކުރުމަށް ބޭނުންވާ ފަރާތެއް ހޯދުމަށް ހަނިމާދޫ ކައުންސިލުން މިއަދު އިއުލާންކޮށްފިއެވެ. ހަނިމާދޫ ކައުންސިލުން ބުނީ “ހަނިމާދޫ އޭސް އަ ޑެސްޓިނޭޝަން” ގެ ނަމުގައި އެ ރަށުގެ ފަތުރުވެރިކަމުގެ ދާއިރާގެ ހުރިހާ ވިޔަފާރިތަކެއް އެއް ފުރާޅެއްގެ ދަށުން މާކެޓްކޮށް އިސްތިހާރުކުރުމަށް ބޭނުންވާ ކަމަށެވެ. މީގެ އިތުރުން މިކަމަށް ބޭނުންވާ ހާއްސަ ޕްލެޓްފޯމެއ...

ކުޅުދުއްފުށީގައި ޕެރާ ޓޭބަލް ޓެނިސް ކޯޗިން ކޭމްޕެއް
Thiladhunmathi News

ކުޅުދުއްފުށީގައި ޕެރާ ޓޭބަލް ޓެނިސް ކޯޗިން ކޭމްޕެއް

ކުޅުދުއްފުށީ ސިޓީ ގައި ޕެރާ ޓޭބަލް ޓެނިސް ކޯޗިން ކޭމްޕެއް ފަށައިފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނީ މިއީ އެކައުންސިލްގެ އެހީތެރިކަމާއެކު މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީ އާއި ޓޭބަލް ޓެނިސް އެސޯސިއޭޝަނާއި އަދި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ ގުޅިގެން ހިންގާ ޕެރާ ޓޭބަލް ޓެނިސް ކޯޗިން ކޭމްޕެއް ކަމަށެވެ. މި ކޭމްޕް ކުރިއަށްދާނީ މި މަހުގެ 17 އިން 21 ޖެނުއަރީ 2026 ގެ ނިޔަލަށެވެ. މި ހަރަކާތަކީ ކުޅުދުއްފުށި ސިޓީގައި ޝާމިލް ކުޅިވަރު (އިންކްލޫސިވް […]

ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ސުންގަޑި މިއަދު ހަމަވާނެ، މެންދުރާއި ހަމައަށް 639 ޝަކުވާ
Raajje

ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ސުންގަޑި މިއަދު ހަމަވާނެ، މެންދުރާއި ހަމައަށް 639 ޝަކުވާ

މިއަހަރުގެ އެޕްރީލް 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު މިއަދު ހަމަވާނެއެވެ. އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، މިއަދު މެންދުރު 12:00 ގެ ނިޔަލަށް ޖުމްލަ 639 ޝަކުވާ ވަނީ އެ ކޮމިޝަނަށް ލިބިފައެވެ. ލިބިފައިވާ ޝަކުވާތަކުގެ ތަފްސީލަށް ބަލާއިރު، އޭގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ...

ދޯނި ބަންޑުންޖަހާލި ހާދިސާގައި ނިޔާވީ ކެޕްޓަން، ބިދޭސީ މީހާ ހޯދުމުގެ މަސައްކަތްކުރިއަށް
Raajje

ދޯނި ބަންޑުންޖަހާލި ހާދިސާގައި ނިޔާވީ ކެޕްޓަން، ބިދޭސީ މީހާ ހޯދުމުގެ މަސައްކަތްކުރިއަށް

މިއަދު ހެނދުނު ކާފު އަތޮޅު އެނބޫދޫފިނޮޅު ކައިރިން “ބަލަމާ 6” ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެއް ބަންޑުން ޖަހާލައި ހިނގި ހިތާމަވެރި ހާދިސާގައި، ގެއްލުނު ދެ މީހުންތެރެއިން ބިދޭސީ މީހާ ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރަމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން މައުލޫމާތު ދިން ގޮތުގައި، ހަތަރު މީހުންނާއެކު ދަތުރުކުރި މި ދޯނި ބަންޑުން ޖަހާލި ކަމުގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހެނދުނު 07:27 ހާއިރުއެވެ. ހާދިސާ ހިނގި ވަގުތު ދޯނީގައި ތިބި ހަތަރު މީހުންގެ […]

56 ރަށަކަށް ބޭނުންވާ އެމްބިއުލާންސްތައް ރާއްޖެ ގެނެސްފި
Raajje

56 ރަށަކަށް ބޭނުންވާ އެމްބިއުލާންސްތައް ރާއްޖެ ގެނެސްފި

އަތޮޅުތެރޭގެ ރަށްތަކުގައި ހުރި ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކާއި ހޮސްޕިޓަލްތަކުގައި ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާ އެމްބިއުލާންސްތަކުގެ ބަދަލުގައި، އަލަށް ހޯދި 56 އެމްބިއުލާންސް ރާއްޖެ ގެނެސްފިއެވެ. ހެލްތް މިނިސްޓްރީން ބުނިގޮތުގައި މިއީ ރަށްރަށުގެ ޞިއްޙީ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިއްމު މަޝްރޫޢެކެވެ. ހެލްތް މިނިސްޓްރީން ބުނީ މި މަޝްރޫޢަކީ ޖުމްލަ 65.3 މިލިއަން ރުފިޔާ ހޭދަކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެއް ކަމަށެވެ. މި އެމްބިއުލާންސްތައް ގެނައުމަށް މޯލްޑިވްސ...

ޑިސެމްބަރު މަހު އެންސްޕާއިން ބޭސްފަރުވާގެ އެހީއަށް 54 މިލިއަން ރުފިޔާ
Raajje

ޑިސެމްބަރު މަހު އެންސްޕާއިން ބޭސްފަރުވާގެ އެހީއަށް 54 މިލިއަން ރުފިޔާ

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން މިދިޔަ ޑިސެމްބަރު މަހު ބޭސްފަރުވާގެ އެހީގެ ގޮތުގައި 54،002،067.27 ރުފިޔާ ހޭދަކޮށްފިއެވެ. އެންސްޕާއިން މިރޭ އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ ޑިސެމްބަރު މަހު ބޭސްފަރުވާގެ އެހީގެ ގޮތުގައި 54،002،067.27 ރުފިޔާ ޚަރަދުކޮށްފައިވާއިރު ރާއްޖެއިން ފަރުވާކުރުމަށް 35،073،224.96 ރުފިޔާގެ އެހީ ވަނީ ދީފައެވެ. އަދި ރާއްޖެއިން ބޭރުން ބޭސްކުރުމަށް 18،828،841.31 ރުފިޔާގެ އެހީ ވަނީ ދީފައެވެ. ބޭސްފަރުވާގެ ޚަރަދު ކުރުމަށް ދަތިވާ ފަރާތްތަކުން ރާއްޖޭގެ...

ކައުންސިލް/ޑަބްލިޔުޑީސީ އިންތިހާބަށް ކުރިމަތިލުމަށް ފޯމު ހުށަހެޅުމަށް ހުޅުވާލައިފި
Raajje

ކައުންސިލް/ޑަބްލިޔުޑީސީ އިންތިހާބަށް ކުރިމަތިލުމަށް ފޯމު ހުށަހެޅުމަށް ހުޅުވާލައިފި

2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ) ގެ އިންތިޚާބުގައި ވާދަކުރުމަށް އެދޭ ފަރާތްތަކަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު މިއަދު ހުޅުވާލައިފިއެވެ. މި އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު 2026 ފެބުރުވަރީ 01 ވާ އާދިއްތަ ދުވަހުގެ 15:30 އާ ހަމައަށް އޮންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތު ދެއެވެ. އިންތިޚާބުކުރާ މަޤާމުތަކާއި ދާއިރާތައް މި އިންތިޚާބުގައި ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގ...

ހޮސްޕިޓަލްތަކަށް ބޭނުންވާ ލޯންޗުތައް ގެނައުމުގެ މަސައްކަތް ކުރިއަށް، ތިން ލޯންޗް ރާއްޖެ ގެނެެސްފި
Raajje

ހޮސްޕިޓަލްތަކަށް ބޭނުންވާ ލޯންޗުތައް ގެނައުމުގެ މަސައްކަތް ކުރިއަށް، ތިން ލޯންޗް ރާއްޖެ ގެނެެސްފި

ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، އަތޮޅު ހޮސްޕިޓަލްތަކުން ދެވޭ ޚިދުމަތްތައް ރައްޔިތުންނަށް އެންމެ އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، އަތޮޅު ހޮސްޕިޓަލްތަކަށް ބޭނުންވާ 7 ލޯންޗެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް މިނިސްޓްރީ އޮފް ހެލްތުން ބުނެފިއެވެ. މީގެ ތެރެއިން ތިން ލޯންޗެއް މިހާރު ވަނީ ރާއްޖެ ގެނެސްފައެވެ. މި މަޝްރޫޢަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާއި ހެލްތު މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދާ “އޭޝިއާ ޕެސ...

ކުމުންދޫ ބަނދަރު ސަރަހައްދުގައި ތަރައްޤީކުރި މޮނިޔުމަންޓް ރަސްމީކޮށް ހުޅުވައިފި
Thiladhunmathi News

ކުމުންދޫ ބަނދަރު ސަރަހައްދުގައި ތަރައްޤީކުރި މޮނިޔުމަންޓް ރަސްމީކޮށް ހުޅުވައިފި

ހދ. ކުމުންދޫ ބަނދަރު ސަރަހައްދުގައި ތަރައްޤީކުރި މޮނިޔުމަންޓް ރަސްމީކޮށް އިއްޔެ ހަވީރު ހުޅުވައިފިއެވެ. އިއްޔެ ހަވީރު 17:00 ހާއިރު ކުމުންދޫ ބަނދަރުގައި ބޭއްވުނު ރަސްމިއްޔާތެއްގައި މި މޮނިއުމެންޓް ހުޅުއްވައިދެއްވީ ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުހައްމަދެވެ. މި މޮނިއުމަންޓަކީ ކުމުންދޫ ކައުންސިލުން ޚަރަދުކޮށްގެން ތަރައްގީކޮށްފައިވާ މޮނިއުމެންޓެކެވެ. މި މޮނިއުމެންޓްގައި ކުމުންދޫ ނަމުގައި ހިމެނޭ ތާނަ އަކުރުތައް ވަކިން ހަދާފައިވާއިރު، އަކުރުތައް މަތީގައި ބައިގައި ފިލިތައް ވެސް ކަނޑާނަގާފައިވެއެވެ...

މާލޭ މޭޔަރުކަމަށް ވާދަކުރަން އެމްޑީޕީގެ ޓިކެޓު އާދަމް އާޒިމަށް
Raajje

މާލޭ މޭޔަރުކަމަށް ވާދަކުރަން އެމްޑީޕީގެ ޓިކެޓު އާދަމް އާޒިމަށް

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގައި ވާދަކުރުމަށް، މާލޭ މޭޔަރުކަމުގެ އެމްޑީޕީ ޓިކެޓު، މިހާރުގެ މާލޭގެ މޭޔަރު އާދަމް އާޒިމް ކާމިޔާބުކުރައްވައިފިއެވެ. އެމްޑީޕީގެ މާލޭގެ މޭޔަރުކަމުގެ ޓިކެޓަށް އާދަމް އާޒިމާ ވާދަކުރެއްވީ މެދުހެންވޭރު ދާއިރާގެ ކުރީގެ މެންބަރު ޢަލީ ޢާޒިމެވެ. މި އިންތިޚާބުގެ މިހާރުގެ ނަތީޖާތައް ދައްކާގޮތުން ޖުމްލަ ސައްހަ ވޯޓުގެ 60 ޕަސެންޓަށްވުރެ މަތީ އަދަދެއް އާދަމް އާޒިމް ވަނީ ހޯއްދަވާފައެވެ. އެމްޑީޕީގ...

ހަނިމާދޫ ރައީސްކަމަށް ވާދަކުރަން އެމްޑީޕީގެ ޓިކެޓް ޢަލީ އަށް
Raajje

ހަނިމާދޫ ރައީސްކަމަށް ވާދަކުރަން އެމްޑީޕީގެ ޓިކެޓް ޢަލީ އަށް

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގައި އިދިކޮޅު އެމްޑީޕީގެ ޕްރައިމަރީގައި ހދ. ހަނިމާދޫ ކައުންސިލްގެ މިހާރުގެ ރައީސް އަބުދުއްސައްތާރު ހަސަންގެ މައްޗަށް މިހާރުގެ ކައުންސިލް މެމްބަރު އަލީ އިބްރާހީމް ކުރި ހޯދައިފިއެވެ. މިހާތަނަށް ލިބުނު މައުލޫމާތަށް ބަލާއިރު އެމްޑީޕީގެ ޓިކެޓްގައި ހަނިމާދޫ ކައުންސިލްގެ ރައީސްކަމަށް ވާދަކުރުމަށް ޢަލީ އަށް ޓިކެޓް ކަށަވަރުވީ މިއަދު ބޭއްވި ޕްރައިމަރީގައި 121 ވޯޓު ހޯދައިގެންނެވެ. މި ޕްރައިމ...

އެމްޑީޕީގެ ޕްރައިމަރީގެ ވޯޓުލުން ފަށައިފި
Raajje

އެމްޑީޕީގެ ޕްރައިމަރީގެ ވޯޓުލުން ފަށައިފި

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން މިއަދު ފަށައިފިއެވެ. ޖުމުލަ 154 ކެންޑިޑޭޓުން ވާދަކުރާ މި ޕްރައިމަރީގެ ވޯޓުލުން ފަށާފައިވަނީ މިއަދު މެންދުރުފަހު 14:30 ގައެވެ. ވޯޓުލުން މިރޭ 20:00 އާ ހަމައަށް ކުރިއަށްދާނެއެވެ. ބޮޑު ތިލަދުންމަތީގެ ފަސް ރަށެއްގައި ވޯޓުލުން ކުރިއަށްދަނީ މި އިންތިޚާބުގައި ބޮޑު ތިލަދުންމަތީގެ ފަސް ރަށެއްގައި ޕްރައި...

ހުޅުމާލޭ އެޕާޓްމަންޓެއްގައި ރަހީނުކޮށްފައިހުރި މީހަކު ސަލާމަތްކޮށް ހަތަރު މީހަކު ހައްޔަރުކޮށްފި
Raajje

ހުޅުމާލޭ އެޕާޓްމަންޓެއްގައި ރަހީނުކޮށްފައިހުރި މީހަކު ސަލާމަތްކޮށް ހަތަރު މީހަކު ހައްޔަރުކޮށްފި

ހުޅުމާލެ ފޭސް 2 ގެ އެމްޕީއެލް ޓަވަރުގެ އެޕާޓްމަންޓެއްގައި ދިވެހި ފިރިހެނަކު ރަހީނުކޮށް، ބިރުދައްކައިގެން ފައިސާ ހޯދަމުންދިޔަ މައްސަލައެއްގައި ހަތަރު މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ. މި ހާދިސާގައި ރަހީނުކޮށްފައި ހުރި މީހާ ފުލުހުން ވަނީ ބުދަ ދުވަހުގެ ރޭ ދަންވަރު ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ސަލާމަތްކޮށްފައެވެ. ފުލުހުން ހާމަކުރި ގޮތުގައި، ހުޅުމާލެ ފުލުހުން މި އޮޕަރޭޝަން ހިންގީ ކޯޓު އަމުރެއްގެ ދަށުން އެ އެޕާޓްމަންޓް ބަލައިފާސްކުރުމަށްފަހުއެވެ. ރަހީނުކޮށްފައި ހުރި މީހާ ސަލާމަތްކުރުމަށްފަހު، އޭނާ...

ނޭޝަނަލް އެންޓި ޑޯޕިންގ އެޖެންސީ އުފައްދަވައިފި
Raajje

ނޭޝަނަލް އެންޓި ޑޯޕިންގ އެޖެންސީ އުފައްދަވައިފި

“މޯލްޑިވްސް ނޭޝަނަލް އެންޓި ޑޯޕިންގ އެޖެންސީ” ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު އުފައްދަވައިފިއެވެ. މި އެޖެންސީއަކީ މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ވަނީ ހަމަޖައްސަވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވި ދެންނެވުމެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، މި އެޖެންސީ އުފެއްދެވީ ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނު (ޤާނޫނު ނަންބަރު 30/2015) ގެ 38 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މަޤުޞަދުތައް ޙާޞިލުކުރުމަ...

ރައީސް ހޮވާ އިންތިޚާބުގައި ވޯޓު ފޮށި ބަހައްޓަން ޕާޓީގެ ގަވައިދު ޖާގައެއްނުދޭ: އަދާލަތު
Raajje

ރައީސް ހޮވާ އިންތިޚާބުގައި ވޯޓު ފޮށި ބަހައްޓަން ޕާޓީގެ ގަވައިދު ޖާގައެއްނުދޭ: އަދާލަތު

އަދާލަތު ޕާޓީގެ ރައީސަކު ހޮވުމަށް ބާއްވާ އިންތިޚާބުގައި ވޯޓު ފޮށި ބެހެއްޓުމަށް އެ ޕާޓީގެ މިހާރު އޮތް ގަވާއިދު ތަން ނުދޭކަމަށް އެ ޕާޓީން މިއަދު ހާމަކޮށްފިއެވެ. މި އިންތިޚާބަކީ އެ ޕާޓީގެ އެތެރޭގެ ޑިމޮކްރަސީ ވަރުގަދަކުރުމަށް ބާއްވާ މުހިންމު އިންތިޚާބެކެވެ. މި މަހުގެ 31 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިޚާބުގައި ވާދަކުރައްވަނީ ޑރ. އިކްރާމް އަބްދުއްސައްތާރާއި ޝެއިޚު މުހައްމަދު ޝިފާނެވެ. މި ދެ ބޭފުޅުންނަކީވެސް ޕާޓީގެ ތެރޭގައި ފާހަގަކޮށްލެވޭ ދެ ބޭފުޅުންނެވެ. އިންތިޚާބުގައި […]