Skip to main content

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,448 Stories
2,690 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

ޑްރަގާއެކު ދުވާފަރު ބަނދަރު ސަރަހައްދުން ދެ މީހަކު ހައްޔަރުކޮށްފި
News

ޑްރަގާއެކު ދުވާފަރު ބަނދަރު ސަރަހައްދުން ދެ މީހަކު ހައްޔަރުކޮށްފި

ރ. ދުވާފަރަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނިގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ރ. ދުވާފަރު / ދޫރެސްގެ، އިސްމާޢީލް މަޙުމަދޫ (53އ) އާއި އެ ރަށު ޕެލެސް، އީސާ އަޙްމަދު (40އ) އެވެ. ފުލުހުން ހާމަކުރި ގޮތުގައި މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މާލެއިން ދުވާފަރަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހުގެ 10 ވަނަ ދުވަހު ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ. […]

ޑްރަގް އޮޕަރޭޝަންގައި ހައްޔަރުކުރި މީހުންގެ ވަނަވަރު އާންމުކޮށްފި
Raajje

ޑްރަގް އޮޕަރޭޝަންގައި ހައްޔަރުކުރި މީހުންގެ ވަނަވަރު އާންމުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން މާލެ ސަރަހައްދާއި ގއ. އަތޮޅުގައި މިއަދު ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ހަތަރު މީހެއްގެ ވަނަވަރު ފުލުހުން މިރޭ އާންމުކޮށްފިއެވެ. މި އޮޕަރޭޝަނަކީ މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާ ފައިސާ ލޯންޑާކުރާ ނެޓްވޯކްތައް ހުއްޓުވުމަށް ފުލުހުން ކުރިއަށްގެންދާ ‘އޮޕަރޭޝަން އަލިމަގު’ ގެ ދަށުން ހިންގި ހަރަކާތެކެވެ. ހައްޔަރުކުރި މީހުންގެ ތަފްސީލް މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ގއ. ވިލިނގިއްޔަށް ނިސްބަތްވާ ހަތަރު ފިރިހެނުންނެވެ. އެއީ ޝެވޯނާ، ޝައްފާޙް ލަޠީ...

ރައީސްގެ ވައުދުފުޅާއި އެއްގޮތަށް ނޮޅިވަރަންފަރަށް ކުޑަކުދިންގެ ޑޮކްޓަރެއް
Thiladhunmathi News

ރައީސްގެ ވައުދުފުޅާއި އެއްގޮތަށް ނޮޅިވަރަންފަރަށް ކުޑަކުދިންގެ ޑޮކްޓަރެއް

ހދ. ނޮޅިވަރަންފަރުގެ ސިއްޙީ ޚިދުމަތް ހަރުދަނާކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅާ އެއްގޮތަށް، އެ ރަށު ސިއްޙީ މަރުކަޒަށް ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރަކު މިއަދު ހަމަޖައްސައިފިއެވެ. މިއީ 25 އޮގަސްޓް 2025 ގައި ރައީސުލްޖުމްހޫރިއްޔާ ނޮޅިވަރަންފަރަށް ކުރެއްވި ދަތުރުފުޅުގައި އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ރަށުގެ ސިއްޙީ ނިޒާމު ހަރުދަނާކުރުމަށް ވެވަޑައިގެންނެވި މުހިންމު ވަޢުދުފުޅެކެވެ. މި ވަޢުދުފުޅާ އެއްގޮތަށް 11 ޖެނުއަރީ 2026 އިން ފެށިގެން ކ...

ފުލުހުން މިއަދު ހިންގާ ޑްރަގް އޮޕަރޭޝަންގައި 4 މީހަކު ހައްޔަރުކޮށްފި
Raajje

ފުލުހުން މިއަދު ހިންގާ ޑްރަގް އޮޕަރޭޝަންގައި 4 މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން މިއަދު މާލެ ސަރަހައްދާއި ގއ. އަތޮޅުގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި 10 ތަނެއް ބަލައި ފާސްކޮށް، ހަތަރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ. މި އޮޕަރޭޝަނަކީ މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާ ފައިސާ ލޯންޑާކުރާ ނެޓްވޯކްތައް ހުއްޓުވުމަށް ފުލުހުން ކުރިއަށްގެންދާ ‘އޮޕަރޭޝަން އަލިމަގު’ ގެ ބައެކެވެ. ފުލުހުން ބުނި ގޮތުގައި މިއަދުގެ ހަރަކާތްތައް ހާއްސަކޮށްފައިވަނީ ގއ. އަތޮޅުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި އާއި މަނީ ލޯންޑަރިންގެ އަމ...

ކުޅުދުއްފުށީގައި ބޭއްވި ޑަބްލިޔުޑީސީ އެކްސްޕޯއަށް 1100 އަށްވުރެ ގިނަ މީހުން ޒިޔާރަތްކުރި
Thiladhunmathi News

ކުޅުދުއްފުށީގައި ބޭއްވި ޑަބްލިޔުޑީސީ އެކްސްޕޯއަށް 1100 އަށްވުރެ ގިނަ މީހުން ޒިޔާރަތްކުރި

ކުޅުދުއްފުށީ ސިޓީގައި ބޭއްވި “ޑަބްލިޔުޑީސީ އެކްސްޕޯ 2026” އަށް 1100 އަށްވުރެ ގިނަ މީހުން ޒިޔާރަތްކޮށްފައިވާކަމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ. ކުޅުދުއްފުށީ ސިޓީގައި ބޭއްވި “ޑަބްލިޔުޑީސީ އެކްސްޕޯ 2026″ގެ ތެރެއިން، ފޮޓޯ: ސިޓީ ކައުންސިލް މި އެކްސްޕޯއަކީ އެ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި ކުޅުދުއްފުށީ ސިޓީ ކައުންސިލް ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. މި މަހުގެ 10 ވަނަ ދުވަހު ބޭއްވި މި އެކްސްޕޯގައި ޖުމްލަ 25 ބައިވެރިން އެފަރާތްތަކުގެ އުފެއްދުންތަކާއ...

ވައި ނުސާފުވުމުން ވައިގެ ދަތުރުފަތުރު ކުރުމުގައި ރައްކާތެރިކަމުގެ ހާއްސަ ފިޔަވަޅުތަކެއް
Raajje

ވައި ނުސާފުވުމުން ވައިގެ ދަތުރުފަތުރު ކުރުމުގައި ރައްކާތެރިކަމުގެ ހާއްސަ ފިޔަވަޅުތަކެއް

ރާއްޖޭގެ ސަރަހައްދަށް ދުންފުނީގެ އަސަރުކޮށް، ދުރު ފެންނަ މިންވަރު ދަށްވުމާ ގުޅިގެން ވައިގެ ދަތުރުފަތުރުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މަތިންދާ ބޯޓު ދަތުރުކުރާ އުސޫލަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބަދަލު ގެނެސްފިއެވެ. މި ބަދަލަކީ ވައިގެ ނިއަމިކަމުގެ އުސޫލުތަކުގެ ދަށުން، ދުރު ފެންނަ މިންވަރު ދަށްވާ ހާލަތްތަކުގައި ކޮންމެހެން އަޅަންޖެހޭ ފިޔަވަޅެކެވެ. މި ހާލަތާ ގުޅިގެން އެމްއޭސީއެލް އިން ވަނީ އާންމުކޮށް އަމަލުކުރާ ‘ވިޝުއަލް ފްލައިޓް ރޫލްސް’ (VFR) ވަގުތީ ގޮތުނ...

މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް 107 މިލިޔަން ރުފިޔާ 
News

މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް 107 މިލިޔަން ރުފިޔާ 

2025 ވަނަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް 107 މިލިޔަން ރުފިޔާ ލިބިފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ 2024 ވަނަ އަހަރާ އަޅާބަލާއިރު 4.8 އިންސައްތަ އިތުރު އަދަދެކެވެ. މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެތަފާސްހިސާބުތަކަށް ބަލާއިރު، ނިމިދިޔަ އަހަރުގެ ތެރޭގައި މުދަލު ޒަކާތުގެ ގޮތުގައި އެންމެ ގިނަ ފައިސާ ލިބިފައިވަނީ މާރޗު މަހުގައެވެ. އެ މަހު އެކަނިވެސް 23 މިލިޔަން ރުފިޔާ ޒަކާތުގެ ގޮތުގައި ދައުލަތަށް ލިބިފައިވެއެވެ. ޒަކާތުގެ ނިސާބާއި އުސޫލުތައް މުދަލު […]

ނަރުދޫން ގޯތި ދޫކުރުމަށް ހުޅުވާލައިފި
Thiladhunmathi News

ނަރުދޫން ގޯތި ދޫކުރުމަށް ހުޅުވާލައިފި

ށ. ނަރުދޫން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމަށް ނިންމައި، އެކަމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުޞަތު އެ ރަށު ކައުންސިލުން މިއަދު ހުޅުވާލައިފިއެވެ. ނަރުދޫ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި މިފަހަރު ދޫކުރުމަށް ހަމަޖެހިފައިވަނީ 2500 އަކަފޫޓުގެ 25 ގޯއްޗެވެ. މި ގޯތިތައް ދޫކުރުމަށް ހަމަޖެހިފައިވަނީ އެ ރަށުގެ ލޭންޑް ޔޫސް ޕްލޭންގައި ގޯތި ދޫކުރުމަށް ޚާއްޞަކޮށްފައިވާ ސަރަޙައްދުތަކުންނެވެ. ގޯއްޗަށް އެދޭ ފޯމު ދޫކުރުމާއި ބަލައިގަތުން ކުރިއަށްދާނީ 2026 ޖަނަވަރީ 11 އިން ފެށިގެން 2026 ޖަނަވަރީ 29 […]

މުސްލިމެއްގެ ހަޔާތުގައި އެންމެ މުހިންމު އެއް ކަމަކީ މަތިވެރި އަޚްލާޤެއްގެ ވެރިއަކަށްވުން
Column

މުސްލިމެއްގެ ހަޔާތުގައި އެންމެ މުހިންމު އެއް ކަމަކީ މަތިވެރި އަޚްލާޤެއްގެ ވެރިއަކަށްވުން

މުސްލިމެއްގެ ހަޔާތުގައި އެންމެ މުހިންމު އެއް ކަމަކީ މަތިވެރި އަޚްލާޤެއްގެ ވެރިއަކަށް ވުމެވެ. އިސްލާމްދީން ފެށުނީއްސުރެ، ކީރިތި ރަސޫލާ ﷺ އެންމެ ބޮޑު އިސްކަމެއް ދެއްވީ މުސްލިމުންނަށް އެންމެ ރީތި އަދަބުތަކާއި ސިފަތައް އުނގަންނައިދެއްވައި ތަރުބިއްޔަތު ކުރެއްވުމަށެވެ. އެކަލޭގެފާނުގެ އަމަލީ ދިރިއުޅުއްވުމާއި އުޅުއްވުން ހުރީ ﷲ ތަޢާލާ އެކަލޭގެފާނަށް ބާވައިލެއްވި އުނގަންނައިދެއްވުންތަކާ އެއްގޮތަށެވެ. ކީރިތި ޤުރުއާނުގައި ﷲ ތަޢާލާ ވަނީ ރަސޫލާ ﷺ ގެ އަޚްލާޤީ ސިފަފުޅާ ބެހޭގޮތުން ވަޙީކުރައްވާފައެވެ. އެކަލާނގެ ވ...

ދިއްދޫގައި ބްލޫސްޕޭން ކެއަރ ތެރަޕީ ސެންޓަރުގެ ޚިދުމަތް މާދަމާ ފަށަނީ
Thiladhunmathi News

ދިއްދޫގައި ބްލޫސްޕޭން ކެއަރ ތެރަޕީ ސެންޓަރުގެ ޚިދުމަތް މާދަމާ ފަށަނީ

ހއ. ދިއްދޫގައި ބްލޫސްޕޭން ކެއަރ ތެރަޕީ ސެންޓަރުގެ ޚިދުމަތްތައް މާދަމާ ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވާ ކަމަށް އެ ސެންޓަރުން ބުނެފިއެވެ. ބްލޫސްޕޭން ކެއަރ އަކީ ބްލޫ ސްޕޭން ޕްރައިވެޓް ލިމިޓެޑުން ހިންގާ، ރާއްޖޭގައި ތެރަޕިއުޓިކް އަދި ރިހެބިލިޓޭޝަން ޚިދުމަތްތަކަށް ޚާއްސަ މަރުކަޒެކެވެ. ދިއްދޫ ގޮފިން ލިބޭނެ ޚިދުމަތްތަކާއި އަގުތައް ދިއްދޫގައި އަލަށް ފަށާ މި ޚިދުމަތްތަކުގެ ތެރޭގައި ހިމެނެނީ ސްޕީޗް ތެރަޕީ، އޮކިއުޕޭޝަނަލް ތެރަޕީ، ބިހޭވިއަރަލް ތެރަޕީ އަދި ކައުންސިލިން އެވެ. މީގެ ކޮންމެ ޚިދުމަތެއްގެ 45 […]

ދިއްދޫ ސާފުކުރުމުގެ ހަރަކާތެއް މާދަމާ ފަށަނީ
Thiladhunmathi News

ދިއްދޫ ސާފުކުރުމުގެ ހަރަކާތެއް މާދަމާ ފަށަނީ

ހއ. ދިއްދޫ ރަށުތެރެ ސާފުކުރުމުގެ ހަރަކާތެއް މާދަމާ ފަށާނެކަމަށް ދިއްދޫ ކައުންސިލުން ބުނެފިއެވެ. ދިއްދޫ ކައުންސިލުން ބުނިގޮތުގައި މިއީ، ދިއްދޫ ކައުންސިލާއި، ރަށުގެ ހުރިހާ މުއައްސަސާތަކަކާއި އަދި ރަށުގެ ރައްޔިތުން ގުޅިގެން ކުރިއަށް ގެންދަން ނިންމާފައިވާ ހަރަކާތެއްކަމަށެވެ. މިހަރަކާތް ފަށަން ނިންމާފައި ވަނީ މާދަމާ ހެނދުނު 6:00 ގައެވެ. މި ހަރަކާތް ފަށަން ނިންމާފައިވަނީ ދިއްދޫ ކައުންސިލް ކުރިމަތީގައި ބާއްވާ ރަސްމިއްޔާތަކާއެކުގައެވެ. އެހެންވެ، ދިއްދޫ ކައުންސިލުން ވަނީ މި ހަރަކާތުގައި ދިއްދޫގެ ރައްޔިތު...

''ކައުންސިލްތަކަކީ ސަރުކާރު ޖަވާބުދާރީކުރުވުމުގެ ބަދަލުގައި، ވެރިކަން ހިންގުމުގެ ބާރުގެ ތެރޭގައި ހިމެނޭ ފަށަލައެއް''
Raajje

''ކައުންސިލްތަކަކީ ސަރުކާރު ޖަވާބުދާރީކުރުވުމުގެ ބަދަލުގައި، ވެރިކަން ހިންގުމުގެ ބާރުގެ ތެރޭގައި ހިމެނޭ ފަށަލައެއް''

ކައުންސިލްތަކަކީ ސަރުކާރު ޖަވާބުދާރީކުރުވުމުގެ ބަދަލުގައި، ވެރިކަން ހިންގުމުގެ ބާރުގެ ތެރޭގައި ހިމެނޭ ފަށަލައެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީ.އެން.ސީ) ގެ އޮފީސް ހުޅުވުމަށް މިރޭ ބޭއްވި ޚާއްސަ ޙަފުލާގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި، ސަރުކާރު ޖަވާބުދާރީކުރުވުމުގެ ނަމުގައި ކައުންސިލްތަކަށް މީހުން އިންތިޚާބުކުރުމުން ތަރައްޤީގެ ބަދަލުގައި ސިޔާސީ މަސައްކަތްތައް އިސ...

''ދަރީން ނަމާދަށް އަހުލުވެރިކުރުވަން މަސައްކަތްނުކޮށް އިހުމާލުވެއްޖެ ނަމަ ދެމަފިރިން ފާފަވެރިވާނެ''
Column

''ދަރީން ނަމާދަށް އަހުލުވެރިކުރުވަން މަސައްކަތްނުކޮށް އިހުމާލުވެއްޖެ ނަމަ ދެމަފިރިން ފާފަވެރިވާނެ''

ކޮންމެ މުސްލިމް މައިންބަފައިންނެއްގެ ވެސް އެންމެ ބޮޑު އުންމީދަކީ އެބައިމީހުންގެ ދަރީންނަކީ ޞާލިޙު، ދީންވެރި އަދި ނަމާދަށް ލޯބިކުރާ ބަޔަކަށް ވުމެވެ. ނަމަވެސް މިކަމަކީ ހަމައެކަނި ދުލުން ބުނެލާ ބަހަކުން ނުވަތަ ވަކި އުމުރަކަށް ދިއުމުން އަމިއްލައަށް އުފެދޭނެ ކަމެއް ނޫނެވެ. ދަރީންގެ ހިތްތަކުގައި ނަމާދަށް ލޯބި ޖެއްސުމަށްޓަކައި އަޅަންޖެހޭ އެންމެ ފުރަތަމަ ބިންގަލަކީ، އެ ދަރީންގެ މައިންގެ ގޮތުގައި ދީންވެރި ތަޤުވާވެރި އަންހެނުން އިޚުތިޔާރުކުރުމެވެ. ދަރީން ނަމާދަށް އަހުލުވެރިކުރުވަން މަސައްކަތްނުކޮށް، އިހުމ...

ކުޅުދުއްފުށީ "ޑަބްލިޔުޑީސީ އެކްސްޕޯ"ގެ ތެރެއިން ޝައުގުވެރި އުފެއްދުންތައް ފެނިގެންދާނެ: މޭޔަރު އާތިފް
News

ކުޅުދުއްފުށީ "ޑަބްލިޔުޑީސީ އެކްސްޕޯ"ގެ ތެރެއިން ޝައުގުވެރި އުފެއްދުންތައް ފެނިގެންދާނެ: މޭޔަރު އާތިފް

ކުޅުދުއްފުށީ ސިޓީގައި ބާއްވާ “ޑަބްލިޔުޑީސީ އެކްސްޕޯ 2026″ގެ ތެރެއިން ޝައުގުވެރި އުފެއްދުންތަކަކާއި ވިޔަފާރިތަކެއް ފެނިގެންދާނެކަން ޔަގީންކުރަށްވާކަމަށް ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް މިއަދު ވިދާޅުވެއްޖެއެވެ. މި އެކްސްޕޯއަކީ ކުޅުދުއްފުށި ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި ކުޅުދުއްފުށީ ސިޓީ ކައުންސިލް ގުޅިގެން ބާއްވާ އެކްސްޕޯއެކެވެ. މި އެކްސްޕޯއާއި ގުޅިގެން މޭޔަރު އާތިފް ދެއްވި މެސެޖެއްގައި ވިދާޅުވީ، މި އެކްސްޕޯ ގެ މަގުސަދަކީ ކުޅުދުއްފުށީ ވިޔަފާރިތަކާއި އަދި އަމ...

ދީނާ ހިލާފު ކަންކަމަށް ގޮވައިލައި ހިތްވަރުދޭ ސިޔާސީ ފިކުރުތަކަށް ފުރުސަތު ދީގެން ނުވާނެ: ރައީސް
Raajje

ދީނާ ހިލާފު ކަންކަމަށް ގޮވައިލައި ހިތްވަރުދޭ ސިޔާސީ ފިކުރުތަކަށް ފުރުސަތު ދީގެން ނުވާނެ: ރައީސް

ދީނާ ހިލާފު ކަންކަމަށް ހިތްވަރުދީ އެ ކަންކަމަށް ގޮވާލާ ސިޔާސީ ފިކުރުތަކަށް ސަތޭކަ ޕަސެންޓު އިސްލާމީ މުޖުތަމައެއްގައި ފުރުސަތު ދީގެން ނުވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ. ރައީސް މިހެން ވިދާޅުވީ ސަރުކާރު ހިންގާ ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މައި އޮފީސް ރަސްމީކޮށް ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި އިސްލާމީ މުޖުތަމައެއްގައި ދީނާ ހިލާފު ކަންކަމަށް ފުރުސަތު ނުދިނުމަށް ބާރުއަޅުއްވައި، އެފަދަ ފިކ...