ހދ. ކުމުންދޫ ބަނދަރު ސަރަހައްދުގައި ތަރައްޤީކުރި މޮނިޔުމަންޓް ރަސްމީކޮށް އިއްޔެ ހަވީރު ހުޅުވައިފިއެވެ.

އިއްޔެ ހަވީރު 17:00 ހާއިރު ކުމުންދޫ ބަނދަރުގައި ބޭއްވުނު ރަސްމިއްޔާތެއްގައި މި މޮނިއުމެންޓް ހުޅުއްވައިދެއްވީ ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުހައްމަދެވެ.

Ad
rt

މި މޮނިއުމަންޓަކީ ކުމުންދޫ ކައުންސިލުން ޚަރަދުކޮށްގެން ތަރައްގީކޮށްފައިވާ މޮނިއުމެންޓެކެވެ.

ކުމުންދޫ ކައުންސިލުން އެރަށު ބަނދަރުގައި ހެދި މޮނިއުމަންޓް ރައީސް އަމީން ހުޅުއްވައިދެއްވަނީ، ފޮޓޯ: ކުމުންދޫ ކައުންސިލް

މި މޮނިއުމެންޓްގައި ކުމުންދޫ ނަމުގައި ހިމެނޭ ތާނަ އަކުރުތައް ވަކިން ހަދާފައިވާއިރު، އަކުރުތައް މަތީގައި ބައިގައި ފިލިތައް ވެސް ކަނޑާނަގާފައިވެއެވެ.

ކުމުންދޫ ބަނދަރު ސަރަހައްދުގައި ކައުންސިލުން ބެންޗު ބަހައްޓާފައި، ފޮޓޯ: ކައުންސިލް

ކުމުންދޫ ކައުންސިލުން ބުނިގޮތުގައި މޮނިޔުމަންޓް ރަސްމީކޮށް ހުޅުވުމުގެ އިތުރުން އެރަށު ބަނދަރު ސަރަހައްދުގައި ވަނީ ގިނަ އަދަދެއްގެ ބެންޗްތަށް ވެސް ބަހައްޓާފައެވެ.