Skip to main content

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,448 Stories
2,687 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

ރަހީނުކޮށްފައި ހުރި މީހަކު ސަލާމަތްކޮށް ތުހުމަތުގައި ވަގަށް އުޅޭ ބިދޭސީއަކު ހައްޔަރު
Raajje

ރަހީނުކޮށްފައި ހުރި މީހަކު ސަލާމަތްކޮށް ތުހުމަތުގައި ވަގަށް އުޅޭ ބިދޭސީއަކު ހައްޔަރު

ހުއްދަނޫން ގޮތުގައި މީހަކު ހިފަހައްޓާފައިވާ މައްސަލައެއްގައި، ރަހީނުކޮށްފައި ހުރި މީހަކު ސަލާމަތްކޮށް އެ މައްސަލައިގެ ތުހުމަތުގައި ބިދޭސީއަކު ފުލުހުން ހައްޔަރުކޮށްފިއެވެ. މި ހާދިސާ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ 19 ފެބްރުއަރީ 2026 ވަނަ ދުވަހުގެ ރޭ ދަންވަރު 01:22 އެހައިކަންހާއިރުއެވެ. ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން އެ އިދާރާއިން ކުރި ތަހުގީގުގެ ތެރެއިން، ރަހީނުކޮށްފައި ހުރި މީހާ މާލޭގައި ހުރި ތަން ވަނީ ދެނެގަނެފައެވެ. ފުލުހުން އެތަނަށް ބާރުގެ ބޭނުންކޮށްގެން ވަދެ، ހިފަހައްޓާފައި ހުރި މީހާ...

ދިއްދޫގައި ޙާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކެއް ހިމެނޭ އާއިލާއަކަށް އުފާވެރިކަން
Thiladhunmathi News

ދިއްދޫގައި ޙާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކެއް ހިމެނޭ އާއިލާއަކަށް އުފާވެރިކަން

ހއ. ދިއްދޫގައި ޙާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކެއް ހިމެނޭ އާއިލާއެއްގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރުމަށްޓަކައި އެ އާއިލާ ދިރިއުޅޭ ގެ މަރާމާތުކުރުމުގެ މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މި އޯގާތެރި މަސައްކަތަކީ “ދި ފައުންޑޭޝަން” އާއި “އެހީ ޖަމިއްޔާ” ގެ އިތުރުން ދިއްދޫގެ ދީލަތި އެހީތެރިންގެ ބުރަ މަސައްކަތުން ކުރިއަށް ގެންދިޔަ މަޝްރޫޢެކެވެ. ދި ފައުންޑޭޝަނުން ބުނިގޮތުގައި މި މަޝްރޫޢުގެ ދަށުން ދިއްދޫގެ ޕޫލްރަސަމް ގޭގެ އާބާތުރަ ފިލުވުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. އެގޮތުން...

ހުޅުމާލެ ވަން އެވެނިއުގެ އެޕާޓްމަންޓެއްގެ ބަދިގޭގައި އަލިފާނުގެ ހާދިސާއެއް
Raajje

ހުޅުމާލެ ވަން އެވެނިއުގެ އެޕާޓްމަންޓެއްގެ ބަދިގޭގައި އަލިފާނުގެ ހާދިސާއެއް

ހުޅުމާލޭގައި ހުންނަ ވަން އެވެނިއު އިމާރާތުގެ އެޕާޓްމަންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި، އެތަނުގެ ބަދިގެއަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ އެ އިމާރާތުގެ ހަތްވަނަ ފަންގިފިލާގައި ހުރި އެޕާޓްމަންޓެއްގައެވެ. ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެން.ޑީ.އެމް.އޭ) އިން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ހާދިސާގައި އެޕާޓްމަންޓުގެ ބަދިގެއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ނަމަވެސް މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމުގެ ރިޕޯޓެއް މިހާތަނަށް...

ފަރީދުގެ ހަނދާނުގައި ބަންގްލަދޭޝްގައި ބިނާކުރި މިސްކިތް ހުޅުވައިފި
Raajje

ފަރީދުގެ ހަނދާނުގައި ބަންގްލަދޭޝްގައި ބިނާކުރި މިސްކިތް ހުޅުވައިފި

ދިވެހިރާއްޖޭގެ ދީނީ އިލްމުވެރިޔާ އަލްމަރްހޫމް ފަޟީލަތުއްޝައިޚް އިބްރާހީމް ފަރީދު އަޙްމަދުގެ ހަނދާނުގައި ބަންގްލަދޭޝްގައި ބިނާކުރި މިސްކިތް ރަސްމީކޮށް މިއަދު ހުޅުވައިފިއެވެ. “މަސްޖިދު ޝައިޚް އިބްރާހީމް ފަރީދު” ގެ ނަމުން ނަންދެވިފައިވާ މި މިސްކިތަކީ ދިވެހި ރައްޔިތުންގެ ދީލަތި އެހީއާއެކު ބިނާކުރެވުނު މިސްކިތެކެވެ. މިކަމާ ގުޅޭގޮތުން ޝައިޚްގެ ދަރިކަލުން އަބްދުﷲ ފަރީދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މާތް ﷲ ގެ ރަޙްމަތާއި ވާގިފުޅާއެކު ބައްޕާފުޅުގެ ހަނދާނުގައި ބިނާކުރި މިސްކިތް ހުޅުވިފައިވާ...

ކުޑަކުދިންގެ އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯ/ވީޑިއޯ ގެންގުޅުނު މައްސަލައެއްގައި މީހަކު ހައްޔަރު
Raajje

ކުޑަކުދިންގެ އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯ/ވީޑިއޯ ގެންގުޅުނު މައްސަލައެއްގައި މީހަކު ހައްޔަރު

ކުޑަކުދިންގެ އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ “ގޫގުލް ޑްރައިވް” އަށް އަޕްލޯޑްކުރުމާއި، އިލެކްޓްރޯނިކް އެކި ވަސީލަތްތަކުގައި އެފަދަ ތަކެތި ރައްކާކޮށް، ގެންގުޅުނު ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ފުލުހުން މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބ. ކުޑަރިކިލު، ހުޅެވި، ޢަލީ ނާޖިޙު އަޙްމަދު (29އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ 2026 ފެބްރުއަރީ 13 ވަނަ ދުވަހު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. މި މައްސަލައިގައި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަ...

ޢާއިލާއަށް ޚަބަރުނުވާތާ ހަފުތާއެއް ވެފައިވާ މީހަކު ހޯދުމަށް އާންމުންގެ އެހީތެރިކަމަށް އެދިއްޖެ
Raajje

ޢާއިލާއަށް ޚަބަރުނުވާތާ ހަފުތާއެއް ވެފައިވާ މީހަކު ހޯދުމަށް އާންމުންގެ އެހީތެރިކަމަށް އެދިއްޖެ

މާލެއިން މީހަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން، އެ މީހާ ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ޚިދުމަތުން ފަށައިފިއެވެ. މި މައްސަލާގައި ފުލުހުން ހޯދަމުންދަނީ ހ. ފެވަރިޓްވިލާ، މާލެ، އިބްރާހީމް އިމްތިޔާޒް ޢަލީ (30އ) އެވެ. ފުލުހުން ބުނި ގޮތުގައި، އިބްރާހީމް އިމްތިޔާޒް ޢަލީ އެންމެ ފަހުން ފެނިފައިވަނީ 2026 ފެބްރުއަރީ 13 ވީ ހުކުރު ދުވަހުގެ މެންދުރު 12:00 އާއި 13:00 އާ ދެމެދުގެ ވަގުތެއްގައި އޭނާ ދިރިއުޅޭ ގޭގައި ހުއްޓައެވެ. ނަމަވެސް އެ ދުވަހު […]

ފިއްތުންތަކާއެކު ވެސް އަގްސާ މިސްކިތުގައި 80،000 އެއްހާ ފަލަސްޠީނު ރައްޔިތުން ހުކުރު ނަމާދު ކޮށްފި
International

ފިއްތުންތަކާއެކު ވެސް އަގްސާ މިސްކިތުގައި 80،000 އެއްހާ ފަލަސްޠީނު ރައްޔިތުން ހުކުރު ނަމާދު ކޮށްފި

އިސްރާއީލުގެ ހަރުކަށި ފިޔަވަޅުތަކާއި ގިނަ ހުރަސްތަކެއް ކުރިމަތިކުރުވި ނަމަވެސް، މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ ފުރަތަމަ ހުކުރު ނަމާދުގައި ބައިވެރިވުމަށް އަލް-އަގްސާ މިސްކިތަށް 80،000 އެއްހާ ފަލަސްޠީނު ރައްޔިތުން ޖަމާވެއްޖެއެވެ. 2026 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަސް ފެބްރުއަރީ 18 ގައި ފަލަސްތީނުގައި ފެށިފައިވާއިރު، މިއަދަކީ މި ރަމަޟާން މަހުގެ ފުރަތަމަ ހުކުރު ދުވަހެވެ. ސައުދީ އަރަބިއްޔާ ހިމެނޭހެން ގިނަ އިސްލާމީ ޤައުމުތަކުގައި ވެސް ރޯދަ ހިފަން ފަށާފައިވަނީ ފެބްރުއަރީ 18 ގައެވެ. މި...

ކޭއާރުއެޗުގައި އަންހެނުންނަށް ހާއްސަ "ކަނބާވެނި" ކްލިނިކް ހުޅުވައިފި
Thiladhunmathi News

ކޭއާރުއެޗުގައި އަންހެނުންނަށް ހާއްސަ "ކަނބާވެނި" ކްލިނިކް ހުޅުވައިފި

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގެ “އުފަންވެނި” ސެންޓަރުގައި އަންހެނުންގެ ޞިއްޙަތަށް ޚާއްޞަކޮށްގެން ގާއިމްކުރި “ކަންބާވެނި” ކްލިނިކް މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ. މި ކްލިނިކް ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް ހެލްތު އޮނަރަބަލް ޢަބްދުﷲ ނާޒިމް އިބްރާހީމެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ހާމަކުރި ގޮތުގައި، މިއީ ރާއްޖޭގެ އުތުރުގެ ސަރަޙައްދުތަކުގައި އަންހެނުންނަށް ފޯރުކޮށްދޭ ޞިއްޙީ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް، ހަރުދަނާކުރުމަށްޓަކައި ކުރެވުނު މުހިންމު މަސައްކަތެކެވެ. މި އައު...

 ޗާގޯސް އެއްބަސްވުމަށް އެމެރިކާއިން ދިން ތާއީދު އަނބުރާ ގެންގޮސްފި
International

 ޗާގޯސް އެއްބަސްވުމަށް އެމެރިކާއިން ދިން ތާއީދު އަނބުރާ ގެންގޮސްފި

އީރާނަށް ހަމަލާދިނުމަށް ޑިއޭގޯ ގާސިއާގައި އޮންނަ އަސްކަރީ މަރުކަޒު ބޭނުންކުރުމުގެ ހުއްދަ އިނގިރޭސިވިލާތުން ނުދިނުމާ ގުޅިގެން، ޗާގޯސް ޖަޒީރާގެ އެއްބަސްވުމަށް ދެމުންދިޔަ ތާއީދު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަނބުރާ ގެންދަވައިފިއެވެ. މި މައްސަލައިގައި ޓްރަމްޕްގެ “ޓްރުތް ސޯޝަލް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިނގިރޭސި ބޮޑުވަޒީރު ކިއަރ ސްޓާމަރ ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއާ ހަވާލުކުރަން ނިންމެވުމަކީ ހެއްދެވި “ބޮޑު ގޯހެއް” ކަމަށެވެ. އިރާނުގެ ނިއުކްލިއާ މަޝްރޫޢާ ގުޅިގެން އެ ގައުމުން އެއ...

''މިއީ ތަޤުވާވެރިވުމާއި ތައުބާގެ މައްސަރު، ފާފައެެއް ކުރެވިފައިވާނަމަ ތައުބާވާންޖެހޭނެ''
Column

''މިއީ ތަޤުވާވެރިވުމާއި ތައުބާގެ މައްސަރު، ފާފައެެއް ކުރެވިފައިވާނަމަ ތައުބާވާންޖެހޭނެ''

ބަރަކާތްތެރި ރަމަޟާން މަހުގެ ދުވަސްތައް ގުނަމުންދާއިރު، މިއީ ތަޤުވާވެރިވުމާއި ތައުބާވުމުގެ މަތިވެރި މައްސަރެއްކަން ހަނދާންކޮށްދީ، މިއަދުގެ ހުކުރު ޚުޠުބާގައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ވަނީ އަގުހުރި ނަސޭހަތްތަކެއް ދީފައެވެ. ޚުޠުބާގައި ބާރުއަޅާފައިވަނީ ކުރެވިފައިވާ ފާފައަކީ ކުޑަ ފާފައަކަށް ވިއަސް ނުވަތަ ބޮޑު ފާފައަކަށް ވިއަސް، އިޚުލާޞްތެރިކަމާއެކު މާތް ﷲގެ ޙަޟުރަތުގައި ތައުބާވުމުގެ މުހިންމުކަމުގެ މައްޗަށެވެ. ”ތައުބާވުމަކީ ކޮންމެ މީހަކު ވެސް އެ މީހަކަށް ކުރެވިފައިވާ އެންމެހައި ފާފައިން އެއްކިބާވ...

ދެކުނު ކޮރެއާގެ ކުރީގެ ރައީސް ޔޫން އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފި
International

ދެކުނު ކޮރެއާގެ ކުރީގެ ރައީސް ޔޫން އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފި

ދެކުނު ކޮރެއާގެ ކުރީގެ ރައީސް ޔޫން ސުކް ޔޯލް، ބަޣާވާތެއް ރޭއްވެވި ކަމުގެ ކުށް ސާބިތުވެ، އޭނާ އުމުރަށް ޖަލަށްލުމަށް އެ ގައުމުގެ ކޯޓުން ހުކުމްކޮށްފިއެވެ. ސޯލް ސެންޓްރަލް ޑިސްޓްރިކްޓް ކޯޓުން މި ތާރީޚީ ހުކުމް އިއްވާފައިވަނީ 19 ފެބްރުއަރީ 2026 ގައެވެ. ޔޫންގެ މައްޗަށް މި ހުކުމް އިއްވީ 3 ޑިސެމްބަރު 2024 ގައި އޭނާ އިއުލާންކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ހިންގި ބަޣާވާތުގެ މައްސަލައިގައެވެ. އެ ފަހަރު އިއުލާންކުރި ކުއްލި ނުރައްކަލުގެ ހާލަތު […]

މި އަހަރުގެ ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފި
Raajje

މި އަހަރުގެ ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފި

މި އަހަރުގެ ރަމަޟާން މަހުގެ ފިތުރު ޒަކާތް ބަލައިގަތުމުގެ މަސައްކަތް މޯލްޑިވްސް ޒަކާތު ހައުސް އިން އިއްޔެ ފަށައިފިއެވެ. ޒަކާތް ދެއްކުމުގެ އިންތިޒާމުތައް އޮންލައިންކޮށް އަދި ކައުންޓަރުތަކުން ވެސް މިހާރު ވަނީ ހަމަޖައްސާފައެވެ. އޮންލައިންކޮށް ޒަކާތް ދެއްކުން ޒަކާތު ހައުސް އިން ބުނީ އިއްޔެ އިން ފެށިގެން ރޯދަމަހުގެ 27 ވަނަ ދުވަހުގެ ހެނދުނު 6:00 އާ ހަމައަށް އޮންލައިންކޮށް ހަތް ޕްލެޓްފޯމަކުން ޒަކާތް ދެއްކޭނެ ކަމަށެވެ. ޒަކާތް ދެއްކޭނެ ޕްލެޓްފޯމްތަކުގެ ތެރޭގައި ދިރާގު ޕޭ، އުރީދޫ […]

ޝިޔާމް އުފަން ރަށުގައި ދިވެހި ފަންނުވެރިކަން ދައްކުވައިދޭ މިސްކިތެއް ބިނާކޮށްދީފި
Raajje

ޝިޔާމް އުފަން ރަށުގައި ދިވެހި ފަންނުވެރިކަން ދައްކުވައިދޭ މިސްކިތެއް ބިނާކޮށްދީފި

މޯލްޑިވްސް ޑިވެލޮޕްމަންޓު އެލަޔަންސް (އެމްޑީއޭ)ގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަޙުމަދު ސިޔާމް މުޙައްމަދުގެ އަމިއްލަ ޚަރަދުގައި ނ. ކުޑަފަރީގައި ބިނާކުރި އާ މިސްކިތް މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ. 150 މީހުންގެ ޖާގައިގެ މި މިސްކިތަކީ ދިވެހިވަންތަ ފަރުމާތަކަކަށް ބިނާކޮށްފައިވާ ހިތްގައިމު މިސްކިތެކެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، މި މިސްކިތަކީ ދިވެހީންގެ ޤަދީމީ ތާރީޚާއި ސަގާފަތާއި މަސައްކަތްތެރިކަން ވަރަށް ފާޅުކަން ބޮޑު ގޮތެއް...

މި ރޯދަ މަހު ޖުމްލަ 19 މިސްކިތެއް ހުޅުވޭނެ: ޝަހީމް
Raajje

މި ރޯދަ މަހު ޖުމްލަ 19 މިސްކިތެއް ހުޅުވޭނެ: ޝަހީމް

މި އަހަރުގެ ރަމަޟާން މަހުގެ ތެރޭގައި ޖުމްލަ 19 މިސްކިތެއް ހުޅުވޭނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިކަން ހާމަކުރެއްވީ ރޭ މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައެވެ. ވަޒީރު ވިދާޅުވި ގޮތުގައި މިހާތަނަށް 15 މިސްކިތެއް ހުޅުވިފައިވާއިރު، ރޯދަ މަހުގެ ތެރޭގައި އިތުރު މިސްކިތްތައް ހުޅުވި ޖުމްލަ 19 މިސްކިތް ބޭނުންކުރަން ފެށޭނެއެވެ. މީގެ ތެރޭގައި ސަރުކާރުން ބިނާކުރި މިސްކިތްތަކުގެ އިތުރުން އަމިއްލަ ފަރާތްތަކުން ބިނާކޮށްފައިވާ މިސްކިތްތައް […]

ނުރައްކާތެރި މިންވަރަށް ވައި ނުސާފު، ކުޅުދުއްފުއްޓާއި ވިލިނގިލި ހިމެނޭ ސަރަހައްދު ރެޑް އެލާޓްގައި
Thiladhunmathi News

ނުރައްކާތެރި މިންވަރަށް ވައި ނުސާފު، ކުޅުދުއްފުއްޓާއި ވިލިނގިލި ހިމެނޭ ސަރަހައްދު ރެޑް އެލާޓްގައި

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މިއަދު ވެސް ދުންފުނީގެ (Haze) އަސަރުކޮށް، ވައި ނުރައްކާތެރި މިންވަރަކަށް ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސަސްގެ ތަފާސް ހިސާބުތަކާ ހަވާލާދީ އެޗްޕީއޭ އިން ބުނީ، ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މިކަމުގެ އަސަރު ކުރާނެ ކަމަށެވެ. ވައިގެ ކޮލިޓީ ހުރި މިންވަރު އެޗްޕީއޭ އިން އާންމުކުރި މައުލޫމާތަށް ބަލާއިރު، ވިލިމާލޭގައި ހުންނަ ގައުމީ ޔުނިވާސިޓީގެ ސެންޓަ ފޯ...