Skip to main content

ޝިއުނާ އާދަމް

Contributor
🇲🇻 ތިލަދުން Desk
2,141 Stories
1,761 Reads

Published on ތިލަދުން (Thiladhun) by ޝިއުނާ އާދަމް

ކޯވިޑަށް ޕޮޒިޓިވްވި ބިދޭސީއެއް ފިލައިގެން އުޅެނިކޮށް ހައްޔަރުކޮށްފި
Raajje

ކޯވިޑަށް ޕޮޒިޓިވްވި ބިދޭސީއެއް ފިލައިގެން އުޅެނިކޮށް ހައްޔަރުކޮށްފި

ކޯވިޑް-19 އަށް ޕޮޒިޓިވްވި ބިދޭސީއަކު ފިލައިގެން އުޅެނިކޮށް މިއަދު ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނީ ކޯވިޑަށް ޕޮޒިޓިވްވި މީހަކު ފިލައިގެން އުޅެނިކޮށް އޭނާ ހޯދުމަށްފަހު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އޭނާ ހޯދަން އާޓިފިޝަލް ބީޗް ސަރަހައްދަށް އެޗްޕީއޭގެ ޓީމާއެކު ފުލުހުން ދިއުމުން އެ ސަރަހައްދަށް ގިނަ އަދަދެއްގެ ބިދޭސީން ވަނީ އެއްވެފައެވެ. މީގެ ކުރިންވެސް ކޯވިޑަށް ޕޮޒިޓިވްވި ބައެއް ބިދޭސީން ފިލި މައްސަލަ ވަނީ ފެންމަތި ވެފައެވެ. ރާއްޖެއިން މިހާތަނަށް 2553 މީހުން ކޯވިޑަށް ޕޮޒިޓިވް ވެފައިވާއިރު، […]

ޓޫރިޒަމްގެ ޕޮލިސީ ޑައިރެކްޓަރު ހައްސާނު މަގާމުން ވަކިކޮށްފި
Raajje

ޓޫރިޒަމްގެ ޕޮލިސީ ޑައިރެކްޓަރު ހައްސާނު މަގާމުން ވަކިކޮށްފި

ޓޫރިޒަމް މިނިސްޓްރީގެ ސީނިޔާ ޕޮލިސީ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ހައްސާން ފުއާދުވެސް މަގާމުން ވަކިކޮށްފިއެވެ. ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު މިއަދު ބައެއް މީޑިއާތަކަށް ވިދާޅުވީ ހައްސާން ވަކިކުރީ މިނިސްޓަރު އަލީ ވަހީދުވެސް ވަކިކުރި މައްސަލައާ ގުޅިގެން ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ދެއްވާފައެއް ނުވެއެވެ. ހައްސާން ވަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައިވެސް ޓޫރިޒަމް މިނިސްޓްރީގައި ސިޔާސީ މަގާމެއް ފުރުއްވާފައެވެ. އަދި އޭނާ ވަނީ ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީ...

ނ. އަތޮޅު ހޮސްޕިޓަލުގައި ކާމިޔާބު ކަމާއި އެކު ބޮޑު އޮޕަރޭޝަނެއް ކޮށްފި
Raajje

ނ. އަތޮޅު ހޮސްޕިޓަލުގައި ކާމިޔާބު ކަމާއި އެކު ބޮޑު އޮޕަރޭޝަނެއް ކޮށްފި

ނ. އަތޮޅު ހޮސްޕިޓަލުގައި ކާމިޔާބު ކަމާއެކު ލެޕްރޮޓޮމީ އޮޕަރޭޝަނެއް ކޮށްފިކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ. ނ. އަތޮޅު ހޮސްޕިޓަލުން ބުނީ އެ ހޮސްޕިޓަލުގައި ލެޕްރޮޓޮމީ އޮޕަރޭޝަނެއް، އެ ހޮސްޕިޓަލްގެ ޑޮކްޓަރުންގެ ޓީމަކުން ކާމިޔާބު ކަމާއި އެކު ކޮށްފިކަމަށެވެ. މި އޮޕަރޭޝަނުގައި އަންހެނެއްގެ ބަނޑުގެ ތިރިން ކަފާލައި އޯވަރީ އަށް ދިމާވެފައިވާ މައްސަލަ ރަނގަޅުކޮށް އަލުން އޯވަރީ އޭގެ މަހައްލަށް ރުޖޫއަކޮށްފައި ވާކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ. އެ ހޮސްޕިޓަލުން ވަނީ މި ކާމިޔާބީ ފާހަގަކޮށް އެކަމުގައި ބައިވެރިވި...

ލިޔުންތެރިންގެ މަސައްކަތަކީ ތަޢުލީމާއި އުފެއްދުންތެރިކަމާއި މުނިފޫހިފިލުވުމުގެ ބިންގާ: މިނިސްޓަރު ޔުމްނާ‎
Raajje

ލިޔުންތެރިންގެ މަސައްކަތަކީ ތަޢުލީމާއި އުފެއްދުންތެރިކަމާއި މުނިފޫހިފިލުވުމުގެ ބިންގާ: މިނިސްޓަރު ޔުމްނާ‎

‏ލިޔުންތެރިންގެ އަގުހުރި މަސައްކަތަކީ ތަޢުލީމާއި އުފެއްދުންތެރިކަމާއި މުނިފޫހިފިލުވުމުގެ ބިންގާ ކަމަށް ފަންނާއި ސަގާފަތާއި ތަރިކައިގެ މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ. 2020 ވަނަ އަހަރުގެ ލިޔުންތެރިންގެ ދުވަހާއި ގުޅިގެން އެކަމަނާ ވަނީ ވިދާޅުވީ މިއަދު ފާހަގަ ކުރެވޭ ލިޔުންތެރިންގެ ދުވަހުގެ ތަހުނިޔާ އެކިއެކި ބާވަތުގެ ލިޔުންތައް ލިޔުއްވާ އެންމެހައި ލިޔުންތެރިންނަށް ދަންނަވަނަވާ ކަމަށެވެ. އަދި ލިޔުންތެރިންގެ އަގުހުރި މަސައްކަތަކީ ތަޢުލީމާއި އުފެއްދުންތެރިކަމާއި މުނިފޫހިފިލުވުމުގެ ބިންގާ ކަމ...

ގެތަކާއި ހަމައަށް ރަށް ގިރަމުން ދާއިރު މަޑަކުން ނުތިބެވޭނެ، ހައްލު ހޯދައިދޭން ޖެހޭ: މެމްބަރު ޝާހިދު
Thiladhunmathi News

ގެތަކާއި ހަމައަށް ރަށް ގިރަމުން ދާއިރު މަޑަކުން ނުތިބެވޭނެ، ހައްލު ހޯދައިދޭން ޖެހޭ: މެމްބަރު ޝާހިދު

ށ. ފުނަދޫ ގިރަމުންގޮސް މީހުން ދިރިއުޅޭ ގެތަކާއި ހަމައަށް ގިރައި، ގޭގެއަށާއި މީހުންނަށް ގެއްލުންވާން ފެށީމާ މަޑުން ނުތިބެވޭނެ ކަމަށާއި، އެރަށް ގިރަމުންދާ މައްސަލައަށް ހައްލު ބޭނުންވާކަމަށް ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު ވިދާޅުވެއްޖެއެވެ. މެމްބަރު ޝާހިދު މިހެން ވިދާޅުވީ މިއަދު އޮތް ރައްޔިތުންގެ މަޖިލިސްގެ 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 16 ވަނަ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 170 ވަނަ މާއްދާގެ ދަށުން، ތިނަދޫ ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ސަނީފް ހުށަހަޅުއްވާފައިވާ […...

ޖިންސީ އަނިޔާގެ ލިބުނު ކުއްޖާގެ މަންމަ އިހުމާލުވެފައިވާ ކަމަށްބުނެ މާފުށީގައި މުޒާހަރާ ކޮށްފި
Raajje

ޖިންސީ އަނިޔާގެ ލިބުނު ކުއްޖާގެ މަންމަ އިހުމާލުވެފައިވާ ކަމަށްބުނެ މާފުށީގައި މުޒާހަރާ ކޮށްފި

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި، އިތުބާރު ކުރެވޭ މަގާމެއްގައި ހުރި މީހަކު އިހުމާލު ވެފައިވާ ކަމަށް ތުހުމަތުކޮށް އޭނާއާ މެދު ފިޔަވަޅު އަޅަން ގޮވާލައި، މާފުށީގައި ބަޔަކު އިހުތިޖާޖްކޮށްފިއެވެ. ފުލުހުން ބުނީ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލާގައި އިތުބާރުކުރެވޭ މަގާމެއްގައި ހުރި މީހެއްގެ އިހުމާލުވާކަމަށް އެ މީހާއާ މެދު ފިޔަވަޅު އެޅުމަށް ގޮވާލައި މާފުށީގައި ބަޔަކު އިހުތިޖާޖު ކުރަމުންދާ ކަމަށެވެ. ފުލުހުން ގެންދަނީ އިހުތިޖާޖު ހިނގާ ސަަރަހައްދުގައި ސަލާމަތީ ކަންތައްތައް ބަލަހައްޓަ...

ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަޞްދީޤު ކުރައްވައިފި
Raajje

ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަޞްދީޤު ކުރައްވައިފި

ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ތަޞްދީޤް ކުރައްވައިފިއެވެ. ޤާނޫނު ނަންބަރު 2016/12 ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލަކީ މިދިޔަ ޖޫން މަހުގެ 29 ވީ ހޯމަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 12 ވަނަ ޖަލްސާއިން ފާސްކުރަށްވާ ފައިވާ ބިލެކެވެ. މި ޤާނޫނު ވުޖޫދުވުމާއި ގުޅިގެން ޤާނޫނަށް ގެނެސްފައިވާ އިޞްލާޙާއެކު އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް […]

އެމްއެންޑީއެފްގެ އެޖުޓަންޓް ޖެނެރަލްގެ މަޤާމަށް ކާނަލް މުޙައްމަދު އިބްރާހީމް
Raajje

އެމްއެންޑީއެފްގެ އެޖުޓަންޓް ޖެނެރަލްގެ މަޤާމަށް ކާނަލް މުޙައްމަދު އިބްރާހީމް

އެމްއެންޑީއެފް އެޖުޓަންޓް ޖެނެރަލްގެ މަޤާމަށް ކާނަލް މުޙައްމަދު އިބްރާހީމް އައްޔަންކުރައްވައިފިއެވެ. އެމްއެންޑީއެފުން ބުނީ ކާނަލް މުޙައްމަދު އިބްރާހީމް އެ މަޤާމަށް އައްޔަން ކުރެއްވީ ކަމަކަށްޓަކައި މިއަދު ބަންޑާރަކޮށީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ކަމަށެވެ. އަދި އެ މަޤާމު ހަވާލު ކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދު ﷲ ޝަމާލެވެ. އެ ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސްގެ އިތުރުން ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަބްދުއްރަޙީމް އަބްދުއްލަތީފް ބައިވެރި...

ކެލާ އާއި ނޭކުރެންދޫގެ ކަނޑޫގަސްތައް މަރުވާ ސަބަބު ހޯދުމަށް ސަރުކާރުގެ ޓީމެއް އުތުރަށް
Raajje

ކެލާ އާއި ނޭކުރެންދޫގެ ކަނޑޫގަސްތައް މަރުވާ ސަބަބު ހޯދުމަށް ސަރުކާރުގެ ޓީމެއް އުތުރަށް

ހއ. ކެލާ އަދި ހދ. ނޭކުރެންދޫގެ ކަނޑޫފަލުން ގިނަ ޢަދަދެއްގެ ކަނޑޫ ގަސްތައް މަރުވާ ސަބަބު ދެނެގަތުމަށްޓަކައި ސަރުކާރުގެ ޓީމެއް އުތުރަށް ދަތުރުކޮށް، މަސައްކަތް ފަށައިފިއެވެ. މި ދެރަށުގެ ކަނޑޫފަލުގެ ކަނޑޫ ގަސްތައް މަރުވާ ސަބަބު ދެނެގަތުމަށް އުތުރަށް ދަތުރުކުރި ޓީމުގައި ހިމެނެނީ އީޕީއޭއާއި، ފިޝަރީޒް މިނިސްޓްރީގެ އޮފިޝަލުންނެވެ. މި ޓީމު މިހާރު ވަނީ ކެލާއަށް ގޮސް މަސައްކަތް ފަށާފައެވެ. ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ ކެލާ އާއި ނޭކުރެންދޫ ކަނޑޫފަލުން ގިނަ ޢަދަދެއްގެ ކަނޑޫގަސްތައް މަރުވަމުން ދާތީ، […]

ރިޒް ކުންފުންޏަށް ތުހުމަތު ކުރެވޭ ބޮޑެތި މައްސަލަތަކެއް ބަލަނީ
Raajje

ރިޒް ކުންފުންޏަށް ތުހުމަތު ކުރެވޭ ބޮޑެތި މައްސަލަތަކެއް ބަލަނީ

ބ. ބޮޑު ފިނޮޅުގައި ރިސޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތާއި ހަވާލުވެފައިވާ އާރުއައިއެކްސް(ރިޒް) ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް، ތުހުމަތު ކުރެވޭ މައްސަލަތަކެއްގެ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނީ ރިޒް ކުންފުނީގެ މައްޗަށް ބިދޭސީންނަށް މަޖުބޫރުކޮށް އެކްސްޕްލޮއިޓޭޝަންގެ އަމަލުތައް ހިންގައި، މީހުން ޓްރެފިކް ކުރުމަށް މަގުފަހިވާ ގޮތަށް އަމަލުކޮށް، ބިދޭސީ މަސައްކަތްތެރިންގެ ފަރާތުން އެކުންފުނިން ދައުލަތަށް ދައްކަންޖެހޭ ފީއާއި ފައިސާ ނުދައްކާ މަސައްކަތްތެރިންގެ ހައްގުތ...

ފުރަބަންދުގައި ދެއްކެވި ސާބިތުކަމަށް ރައީސްގެ ޝުކުރު ފުލުހުންނަށް!
Raajje

ފުރަބަންދުގައި ދެއްކެވި ސާބިތުކަމަށް ރައީސްގެ ޝުކުރު ފުލުހުންނަށް!

ފުރަބަންދުގައި އާއިލާތަކާ ވަކިން ގައުމީ ހިދުމަތުގައި ފުލުހުން ދެއްކި ސާބިތުކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް، ދިވެހި ފުލުހުންނަށް ޝުކުރު އަދާކުރައްވައިފިއެވެ. އެމަނިކުފާނު ފުލުހުންނަށް ޝުކުރު އަދާ ކުރެއްވީ، އިއްޔެ ހަވީރު ދިވެހި ފުލުހުންގެ މަރުކަޒެއް ކަމަށްވާ އިސްކަންދަރު ކޮށްޓަށް ޒިޔާރަތްކުރައްވައި، ފުލުހުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަ ފުޅުގައެވެ. ފުލުހުންނާ މުހާތަބު ކުރައްވައި ރައީސް ދެއްކެވި ވާހަކަފުޅުގައި، މިއަހަރު ފެށުނީއްސުރެ ކޯވިޑް-19 އާ  ދެކޮޅަށް ފުލުހުން...

ކުޑަކުދިން ބަލަހައްޓާ މަރުކަޒު "ފިޔަވަތި"ގެ މުވައްޒަފަކަށް ކޯވިޑް ޖެހި، 21 ކުއްޖަކު ކަރަންޓީންއަށް!
Raajje

ކުޑަކުދިން ބަލަހައްޓާ މަރުކަޒު "ފިޔަވަތި"ގެ މުވައްޒަފަކަށް ކޯވިޑް ޖެހި، 21 ކުއްޖަކު ކަރަންޓީންއަށް!

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުޑަކުދިން ބެލެހެއްޓުމަށް ހުޅުމާލޭގައި ޤާއިމްކޮށްފައިހުންނަ މަރުކަޒު “ފިޔަވަތި”ގެ މުވައްޒަފަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ. ހެލްތު އިމަޖެންސީ އޮޮޕަރޭޝަން ސެންޓަރުގައި ރޭ ބޭއްވި މީޑިއާ ބްރީފިންގައި އެ ސެންޓަރުގެ ތަރުޖަމާނު އަދި އެޗްޕީއޭގެ ސީނިއާ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ފިޔަވަތީގެ މުވައްޒަފަށް ކޯވިޑްޖެހުމުން އެތަނުގެ 11 މުވައްޒަފަކާއި 21 ކުދިން ކަރަންޓީނުކޮށްފައިވާ ކަަމަށެވެ. އެ...

ކޮމަންޑޫން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ 126 ރަބަރު ޕަކެޓް ހޯދައިފި
Raajje

ކޮމަންޑޫން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ 126 ރަބަރު ޕަކެޓް ހޯދައިފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ށ. ކޮމަންޑޫން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 126 ކުޑަ ރަބަރު ޕެކެޓު ހޯދައި ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފިއެވެ. މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ މި ރަބަރު ޕެކެޓްތައް ހޯދައި، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ މިއަދު ކޮމަންޑޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައެވެ. ފުލުހުން ބުނީ އެ ތަކެތި ހޯދާފައިވަނީ ކޮމަންޑޫ ޕޮލިސް ސްޓޭޝަނަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިޖުލައި މަހުގެ 5 ވަނަ ދުވަހު (މިއަ...

ކުރީގެ މެމްބަރު އަމީތު ޖަޕާނުގައި ހުންނަ ރާއްޖޭގެ ޑެޕިއުޓީ އެމްބެސެޑަރުގެ މަގާމަށް!
Raajje

ކުރީގެ މެމްބަރު އަމީތު ޖަޕާނުގައި ހުންނަ ރާއްޖޭގެ ޑެޕިއުޓީ އެމްބެސެޑަރުގެ މަގާމަށް!

ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަ އެމްބެސަޑަރުގެ ނައިބުގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަމީތު އައްޔަނު ކުރަށްވައިފިއެވެ. އަމީތު ޑެޕިއުޓީ އެމްބެސަޑަރުގެ މަގާމަށް އައްޔަނު ކޮށްފައިވަނީ 29 ޖޫންގައި އެވެ. އަމީތަކީ މިހާރުގެ ހެލްތު މިނިސްޓަރު ޢަބުދު ﷲ އަމީންގެ ކޮށްކޮއެކެވެ. އަމީތަކީ ނިމިދިޔަ 18 ވަނަ މަޖިލީހުގައި އޭރު ވެރިކަމުގައި އޮތް ޕީޕީއެމުން ފެޔަށް ޖެހިވަޑައިގަނެ، އޭރު ހިނގަމުން ދިޔަ އިސްލާހީ ހަރަކާތާއި ގުޅިވަޑައިގަތުމުގެ ސަބަބުން ގޮނ...

ކޯޓުން ބޭރުގައި ކުއްޖަކާއި ކައިވެނިކޮށް، ބަލިވެއިން މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި މީހާ ޝަރީއަތް ނިމެންދެން ބަންދު ކޮށްފި
Raajje

ކޯޓުން ބޭރުގައި ކުއްޖަކާއި ކައިވެނިކޮށް، ބަލިވެއިން މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި މީހާ ޝަރީއަތް ނިމެންދެން ބަންދު ކޮށްފި

ޝަރުއީ އުސޫލުތަކާ ހިލާފަށް ކޯޓުން ބޭރުގައި އުމުރުން 17 އަހަރުގެ ކުއްޖަކާ ކައިވެނިކޮށް، އެ ކުއްޖާ ބަލިވެއިން މައްސަލައާ ގުޅިގެން ކުއްޖާއާ މެދު ޖިންސީ ގޯނާކޮށް ކުއްޖާ ރޭޕްކޮށްފައިވާ ކަމުގެ ތުހުމަތުގައި، ކޯޓު އަމުރެއްގެ ދަށުން 2020 ޖުލައި 03 ވަނަ ދުވަހު ހައްޔަރުކޮށްފައިވާ ހއ. ފިއްލަދޫ / ޝޭޑޯޒް، އުމުރުރުން 23 އަހަރުގެ، އަހުމަދު ޢައްޠަފް ޝަރީއަތުން ގޮތެއް ނިމެންދެން ބަންދުގައި ބެހެއްޓުމަށް މ. މުލި މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފިއެވެ. ފުލުހުން ބުނީ މިމައްސަލައާ ގުޅިގެން 2020 ޖުލައި 04 […]