ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަ އެމްބެސަޑަރުގެ ނައިބުގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަމީތު އައްޔަނު ކުރަށްވައިފިއެވެ.

އަމީތު ޑެޕިއުޓީ އެމްބެސަޑަރުގެ މަގާމަށް އައްޔަނު ކޮށްފައިވަނީ 29 ޖޫންގައި އެވެ. އަމީތަކީ މިހާރުގެ ހެލްތު މިނިސްޓަރު ޢަބުދު ﷲ އަމީންގެ ކޮށްކޮއެކެވެ.

Ad
rt

އަމީތަކީ ނިމިދިޔަ 18 ވަނަ މަޖިލީހުގައި އޭރު ވެރިކަމުގައި އޮތް ޕީޕީއެމުން ފެޔަށް ޖެހިވަޑައިގަނެ، އޭރު ހިނގަމުން ދިޔަ އިސްލާހީ ހަރަކާތާއި ގުޅިވަޑައިގަތުމުގެ ސަބަބުން ގޮނޑި ގެއްލުވާލި 12 މެމްބަރުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ މެމްބަރެކެވެ.

އެ 12 މެމްބަރުން ވަނީ އިދިކޮޅާއި ގުޅިވަޑައިގަތުމުގެ ސަބަބުން، އަހަރަކަށް ވުރެ ގިނަ ދުވަހު ގޮނޑިގެއްލުނު ކަމުގެ ވާނުވާގައި ތިއްބަވަން ޖެހިވަޑައިގެންފައެވެ. އަދި އެމެމްބަރުން ވަނީ އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ސަރުކާރު ގެނައުމަށް ކޯލިޝަންގެ ތެރެއިން އިސް ސަފުގައި ގިނަ މަސައްކަތްތަކެއް ކުރަށްވާފައެވެ.

އެންމެ ފަހުން އޮތް 19 މަޖިލީހުގެ އިންތިހާބުގައި އަމީތު ވަނީ ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި، ކުރިންވެސް ހުންނެވި މަޑުއްވަރީ ދާއިރާއަށް ކުރިމަތި ލަށްވާފައެވެ.

އެމްބެސަޑަރުގެ ނައިބުގެ މަގާމަކީ ޑެޕިއުޓީ މިނިސްޓަރުންގެ ލެވަލްގެ މަގާމެކެވެ. ޖަޕާނަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުުންނަވާ އެމްބެސެޑަރަކީ އިބްރާހިމް އުވައިސް އެވެ.