ލިޔުންތެރިންގެ މަސައްކަތަކީ ތަޢުލީމާއި އުފެއްދުންތެރިކަމާއި މުނިފޫހިފިލުވުމުގެ ބިންގާ: މިނިސްޓަރު ޔުމްނާ‎

medium_200304

‏ލިޔުންތެރިންގެ އަގުހުރި މަސައްކަތަކީ ތަޢުލީމާއި އުފެއްދުންތެރިކަމާއި މުނިފޫހިފިލުވުމުގެ ބިންގާ ކަމަށް ފަންނާއި ސަގާފަތާއި ތަރިކައިގެ މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

2020 ވަނަ އަހަރުގެ ލިޔުންތެރިންގެ ދުވަހާއި ގުޅިގެން އެކަމަނާ ވަނީ ވިދާޅުވީ މިއަދު ފާހަގަ ކުރެވޭ ލިޔުންތެރިންގެ ދުވަހުގެ ތަހުނިޔާ އެކިއެކި ބާވަތުގެ ލިޔުންތައް ލިޔުއްވާ އެންމެހައި ލިޔުންތެރިންނަށް ދަންނަވަނަވާ ކަމަށެވެ. އަދި ލިޔުންތެރިންގެ އަގުހުރި މަސައްކަތަކީ ތަޢުލީމާއި އުފެއްދުންތެރިކަމާއި މުނިފޫހިފިލުވުމުގެ ބިންގާ ކަމަށް އެކަމަނާ ވަނީ ވިދާޅުވެފައެވެ.‎

މިނިސްޓަރު ޔުމްނާ ވިދާޅުވީ ލިޔުންތެރިކަމަކީ ކުޅަދާނަ ހުނަރަކަށް ވާއިރު، ދިވެހިން ފަދަ އަމިއްލަ ބަހަކާއި އަކުރެއް ލިބިފައިވާ ކުޑަ މުޖުތަމަޢުއެއްގެ ތާރީޚާއި، އާދަކާދަތަކާއި، ސަގާފަތް ރައްކާކޮށް އައު ޖީލުތަކަށް އެކަންކަން އުނގަންނައިދިނުމުގައި ލިޔުންތެރިން އަދާކުރަނީ އަގު ނުކުރެވޭނެ ފަދަ ރޯލެއްކަމަށެވެ.

"ލިޔުންތެރިންގެ އަގުހުރި މަސައްކަތަކީ ތަޢުލީމާއި އުފެއްދުންތެރިކަމާއި މުނިފޫހިފިލުވުމުގެ ބިންގާ"

މިނިސްޓަރު ޔުމްނާ މައުމޫން

‏ޒަމާނަށް އަންނަ ބަދަލުތަކާއި އެކު، ތަފާތު އެކި ބާވަތްތަކުގެ ލިޔުންތައް ދިރާސާކޮށް، ދިވެހި ލިޔުންތެރިކަންވެސް އެ މަގުން ތަރައްޤީ ކުރުމަށް މަސައްކަތް ކޮށްދެއްވުމަށް ލިޔުންތެރިންނަށް ކިބައިން މިނިސްޓަރު ވަނީ އިލްތިމާސްކުރަށްވާފައެވެ.

‏އެކަމަނާ އިތުރަށް ވިދާޅުވީ ދިވެހި ބަހުން ޝާއިޢު ކުރެވޭ ލިޔުންތެރި އުފެއްދުންތަކުގެ ބާވަތްތަކުގެ ތެރެއިން މަދުން އުފެއްދޭ ބާވަތްތަކުގެ ލިޔުންތައް އިތުރަށް އުފައްދަވައި އާންމުކޮށްދެއްވުމަކީ އެކަމަނާ ލިޔުންތެރިންގެ ކިބައިން އެދޭ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.

މިއަދު ފާހަގަކުރަމުން މިދަނީ ރާއްޖޭގެ 27 ވަނަ ލިޔުންތެރީންގެ ދުވަހެވެ. ރާއްޖޭގެ ލިޔުންތެރިންގެ ދުވަސް ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 8 ވަނަ ދުވަހުއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި