ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި، އިތުބާރު ކުރެވޭ މަގާމެއްގައި ހުރި މީހަކު އިހުމާލު ވެފައިވާ ކަމަށް ތުހުމަތުކޮށް އޭނާއާ މެދު ފިޔަވަޅު އަޅަން ގޮވާލައި، މާފުށީގައި ބަޔަކު އިހުތިޖާޖްކޮށްފިއެވެ.
ފުލުހުން ބުނީ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލާގައި އިތުބާރުކުރެވޭ މަގާމެއްގައި ހުރި މީހެއްގެ އިހުމާލުވާކަމަށް އެ މީހާއާ މެދު ފިޔަވަޅު އެޅުމަށް ގޮވާލައި މާފުށީގައި ބަޔަކު އިހުތިޖާޖު ކުރަމުންދާ ކަމަށެވެ.
ފުލުހުން ގެންދަނީ އިހުތިޖާޖު ހިނގާ ސަަރަހައްދުގައި ސަލާމަތީ ކަންތައްތައް ބަލަހައްޓަމުން ކަމަށާއި، އެ އިހުތިޖާޖުގައި ހަމަނުޖެހުމެއް ހިނގާފައި ނުވާ ކަމަށް ވެސް ފުލުހުން ބުންޏެެވެ.
އެ އިހުތިޖާޖުގެ ބައެއް ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު، އެ ސަރަހައްދަށް އާއްމުންގެ ގިނަ ބައަކު ވަނީ އެއްވެފަ އެވެ.
މާފުށީގައި އުމުރުން 10 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގެ ތުހުމަތުގައި މި މަހުގެ ކުރީކޮޅު 57 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ އެއީ އެ 10 އަހަރުގެ ކުއްޖާގެ ދޮންބައްޕައެވެ.
ޖިންސީ ގޯނާ ލިބުނު އަންހެން ކުއްޖާ މިހާރު ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު އެ އަންހެން ކުއްޖާގެ މަންމަ އަދިވެސް ހުރީ މާފުށީގައެވެ.
ފަހަކަށް އައިސް ރާއްޖޭގައި އަންނަނީ ގިނަ ޢަދަދެއްގެ ޖިންސީ ގޯނާކުރުމާއި، ރޭޕް ކުރުމުގެ މައްސަލަތައް ފެންމަތި ވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!