ކޯވިޑް-19 އަށް ޕޮޒިޓިވްވި ބިދޭސީއަކު ފިލައިގެން އުޅެނިކޮށް މިއަދު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ކޯވިޑަށް ޕޮޒިޓިވްވި މީހަކު ފިލައިގެން އުޅެނިކޮށް އޭނާ ހޯދުމަށްފަހު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

Ad
rt

އޭނާ ހޯދަން އާޓިފިޝަލް ބީޗް ސަރަހައްދަށް އެޗްޕީއޭގެ ޓީމާއެކު ފުލުހުން ދިއުމުން އެ ސަރަހައްދަށް ގިނަ އަދަދެއްގެ ބިދޭސީން ވަނީ އެއްވެފައެވެ.

މީގެ ކުރިންވެސް ކޯވިޑަށް ޕޮޒިޓިވްވި ބައެއް ބިދޭސީން ފިލި މައްސަލަ ވަނީ ފެންމަތި ވެފައެވެ.

ރާއްޖެއިން މިހާތަނަށް 2553 މީހުން ކޯވިޑަށް ޕޮޒިޓިވް ވެފައިވާއިރު، އޭގެ ތެރެއިން 1610 މީހުންނަކީ ބިދޭސީންނެވެ.

މިއަދު އަލަށް 36 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި އިތުރު 47 މީހަކު އެ ބަލިން ރަނގަޅުވެފައިވާ ކަމަށް އެޗްޕީއޭ އިން ވަނީ މިރޭ ހާމަކުރަށްވާފައެވެ.

ރާއްޖެއިން މިހާތަނަށް 2،227 މީހުން މިބަލިން ރަނގަޅު ވެފައިވާއިރު، މި ބަލި ޖެހުނު 13 މީހަކު މިހާތަނަށް ވަނީ މަރުވެފަ އެވެ.

މިއަދަކީ ރާއްޖޭން ކޯވިޑް-19 ފެނުނުތާ 124 ވަނަ ދުވަހެވެ.