ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުޑަކުދިން ބެލެހެއްޓުމަށް ހުޅުމާލޭގައި ޤާއިމްކޮށްފައިހުންނަ މަރުކަޒު "ފިޔަވަތި"ގެ މުވައްޒަފަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

ހެލްތު އިމަޖެންސީ އޮޮޕަރޭޝަން ސެންޓަރުގައި ރޭ ބޭއްވި މީޑިއާ ބްރީފިންގައި އެ ސެންޓަރުގެ ތަރުޖަމާނު އަދި އެޗްޕީއޭގެ ސީނިއާ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ފިޔަވަތީގެ މުވައްޒަފަށް ކޯވިޑްޖެހުމުން އެތަނުގެ 11 މުވައްޒަފަކާއި 21 ކުދިން ކަރަންޓީނުކޮށްފައިވާ ކަަމަށެވެ.

Ad
rt

އެ މީހުންނާއިި ކުދިން ކަރަންޓީނުކޮށްފައި ވަނީ ފިޔަވަަތީގައި، އެކަމަށް ހާއްސަކޮށްފައިވާ ވަކި ކޮޓަރިތަކެެއްގައި ކަމަށްވެސް ނަޒުލާ ވިދާޅުވިއެވެ.

ކަރަންޓީންކުރި ކުދިންގެ ތެރޭގައި ހިމެނެނީ އުމުރުން 6 އަހަރާއި 11 އަހަރާ ދެމެދުގެ ކުދިންކަމަށްވެސް ނަޒްލާ ވިދާޅުވިއެވެ.

ނަޒްލާ ވިދާޅުވީ ފިޔަވަތީގެ މުވައްޒަފަަކަށް ކޯވިޑް-19 ޖެހުނުކަން އެނގުނީ އައިޖީއެމްއެޗުން ޕޮޒިޓިވްވި މީހެއްގެ ކޮންޓެކްޓަކަށް ވެގެން ޓެސްޓްކުރުމުން ކަމަށެވެ. ފިޔަވަތީގެ މުވައްޒަފު ކޮންޓެކްޓަކަށްވީ އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައި އޮތް އޭނާގެ އާއިލާގެ މީހަކަށް ބަލި ޖެހުމުންނެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި މި ވަގުތު 150 ކުޑަ ކުދިން ތިބިއިރު، އޭގެތެރެއިން 12 އަހަރުން ދަށުގެ ސަތޭކައެއްހާ ކުދިން ބަލަހައްޓަމުންދަނީ ފިޔަވަތީގައެވެ.

ރާއްޖެއިން އިއްޔެ ވަނީ 33 މީހުން އަލަށް ކޯވިޑް-19 އަށް ޕޮޒިޓިވްވެ، 19 މީހަކު ބަލިން ރަނގަޅުވެފައި އެވެ. މިހާތަނަށް ރާއްޖެއިން މިބަލި ޖެހިފައި ވަނީ 2,468 މީހުންނަށެވެ. ރާއްޖެއިން މިހާތަނަށް ރަނގަޅުވި މީހުންގެ ޖުމްލަ އަދަދަކީ 2،049 އެވެ. މިވަގުތު ފަރުވާގައި ތިބީ 403 މީހުންނެވެ.

ރާއްޖެއިން މިހާތަނަށް 56،2138 މީހުން ކޯވިޑް-19 އަށް ޓެސްޓް ކޮށްފައިވާއިރު މިހާތަނަށް މި ބަލީގައި 11 މީހަކު ވަނީ މަރުވެފަ އެވެ.