ނައިފަރު މޮނިޓަރިން ހާލަތަށް ގެނެސް، އަރައި ފޭބުން މަނާ ކޮށްފި
ޅ. (ފާދިއްޕޮޅު) ނައިފަރު މޮނިޓަރިން ހާލަތަށް ގެނެސް، އެރަށަށް މީހުން އަރައި ފޭބުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މަނާ ކޮށްފިއެވެ. އެރަށް މޮނިޓަރިން ހާލަތައް ގެނެސް އެޗްޕީއޭއިން ނައިފަރު ކައުންސިލްގެ އިދާރާއަށް ފޮނުވި ލިޔުމުގައި މޮނިޓަރ ކުރެވޭ ސަބަބު ކަމުގައި ބުނެފައި ވަނީ ކޯވިޑު-19 އާއި ގުޅިގެން، ޞިއްޙީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް ކަމަށެވެ. އަޅާ ފިޔަވަޅު ގޮތުގައި އަންގާފައި ވަނީ “ރަށުގައި މިވަގުތު ތިބި އެއްވެސް މީހަކު ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަކިގޮތެއް އަން...